16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ވޮލީ އެސޯސިއޭޝަން

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

  • ވޮލީގެ ނައިބްރައީސް އިއްޒަތު ވަހީދު އަތުން ވަނީ ބާރުތަކެއް އަތުލާފަ
  • ވޮލީއެސޯސިއޭޝަންގެ ހިންގުމުގެ ކަންތައްތައް ދަނީ އެކްޒެކްޓިވް ކޮމިޓީގެ ފުރިހަމަ ބާރާއެކު: ލަތީބެ
  • އެކްޒެކްޓިވް ކޮމިޓީގެ ތެރޭގައި އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން ހައްލުކުރާނަން: ލަތީބެ
ލީވާން އަލީ | MrLeevaan

| 5 ފެބުރުވަރީ 2017 | އާދީއްތަ 00:30 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ވޮލީ އެސޯސިއޭޝަންގެ ރައީސް އާއި އެގްޒެކެޓިވް ކޮމެޓީގެ ބައެއް މެމްބަރުން -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރަސްމީ ހުރިހާ ލިޔެކިޔުންތަކެއްގައި ޖެނުއަރީ 31 ވަނަ ދުވަހުން ފެށިގެން ސޮއިކުރާނީ ހަމައެކަނި އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) އަދި ޖެނެރަލް ސެކެޓްރީއަށް ކަމަށް ނިންމައިފި އެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ އާ އިންތިހާބެއް ބާއްވާ އާ އެގްޒެކެޓިވް ކޮމެޓީއެއް އެކުލަވާލާފައިވާއިރު، މާގިނަދުވަސްނުވަނީސް އެ އެސޯސިއޭޝަންގެ އެކްސޯގެ ބައެއް މެމްބަރުންނާއި ރައީސް ލަތީބެއާ ވަނީ މައްސަލަޖެހިފަ އެވެ.

ވޮލީ އެސޯސިއޭޝަނަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން އަންނައިރު، ނައިބް ރައީސް އިއްޒަތު ވަހީދު އަތުން ވަނީ ބާރުތަކެއް އަތުލާފައެވެ. އެހެން ނަމަވެސް މިދިޔަ ބުދަ ދުވަހު ވީއޭއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަތީބެ ވިދާޅުވީ، ވޮލީބޯލް އެސޯސިއޭޝަންގެ ހިންގުމުގެ ކަންތައްތައް ދަނީ އެކްޒެކްޓިވް ކޮމިޓީގެ ފުރިހަމަ ބާރާއެކު ކަމަށާއި އެހެން ކަމުން ވޮލީ ކުޅެން ތިބި ޒުވާނުންގެ ހައްގުގައި މި މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ރަނގަޅު ލީޑަރުންނަކީ މައްސަލައެއް ޖެހުނު ނަމަވެސް އެކަން ހައްލުކޮށްގެން ފަހަތަށް ބެލުމެއް ނެތި ކުރިއަށްދާ މީހުން ކަމަށެވެ. މިހާރު އެ އެސޯސިއޭޝަންގެ އެކްޒެކްޓިވް ކޮމިޓީގެ ތެރޭގައި އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން ހައްލުކުރުމަށްފަހު އަލުން އެކުގައި ކާމިޔާބީއާ ހަމައަށް މަސައްކަތް ކުރުމަށް ނުކުންނަންޖެހޭ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

ރާއްޖެއެމްވީ އަށް ލިބިފައިވާ ސާކިއުލާއެއްގައިވާ ގޮތުން އެ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުންތަކުގައި ރައީސް ނުވަތަ ޖެނެރަލް ސެކެޓްރީ އަށް ސޮއިކުރެވޭ ގޮތް ވަނީ ހަދާފައެވެ. އެ ސާކިއުލާގައި ޖުމްލަ ހަ މެމްބަރުން ސޮއިކޮށްފައިވާއިރު، ތިން މެމްބަރުން ސޮއިކޮށްފައެއް ނުވެއެވެ.

ސާކިއުލާގައި ސޮއިކޮށްފައިވަނީ ރައީސް މުހައްމަދު ލަތީފު، މުހައްމަދު ރަނޭޝް، ހަސަން އަގްލީން، ހަސަން ފަލާހު، އަހުމަދު އަދީލް އަދި އަހުމަދު ނަޝީދުއެވެ. ސާކިއުލާގައި ސޮއިނުކުރީ ނައިބްރައީސް އިއްޒަތު ވަހީދު، މައުމޫން މުހައްމަދު އަދި މުހައްމަދު ނަޝީދު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް