18 ސެޕްޓެންބަރ 2018 | އަންގާރަ | 13 އުތުރަ
08 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ކަސާނޯ

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

 • ރޯމާ ދޫކޮށްލުމަށްފަހު ރެއާލް އަށް ބަދަލުނުވުމަށް ޓޮޓީ އެދުނު: ކަސާނޯ
 • ރެއާލް އަށް ބަދަލުވުމުގެ ކުރިން ޔުވަންޓަސް އަށް ބަދަލުވާން ބޭނުންވި: ކަސާނޯ
 • ޓޮޓީ ދިން ނަސޭހަތް ގަބޫލުކުރި ނަމަ ކެރިޔަރު ވަރަށް ތަފާތުވާނެ: ކަސާނޯ
ލީވާން އަލީ | MrLeevaan

| 4 ފެބުރުވަރީ 2017 | ހޮނިހިރު 23:46 | |

މަގުބޫލް

 1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
 2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
 3. ރައީސް އެވެ، ގޭންގުތަކުގެ ސައިންޓިފިކް ދިރާސާ މިއޮތީ!
 4. އައު ރަންވޭގައި ހުސް ފްލައިޓް ނުޖައްސާ ޤައުމީ ޓީމް ގޮވައިގެން ފްލައިޓް ޖެއްސުމަށް މަހުލޫފް ގޮވާލައިފި
 5. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
 6. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
 7. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
 8. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް


ރޯމާ އަށް ކުރިން ކުޅުނު ކަސާނޯ -- ޓްވިޓަރ

އިޓަލީގެ ރޯމާ އަށް ކުޅެމުން އަންނަ ފްރެންސިސް ޓޮޓީގެ ބަސް ނާހާ ރެއާލް މެޑްރިޑަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯސް ކަމަށް ރެއާލް އަށް ކުރިން ކުޅުނު އެންޓޯނިއޯ ކަސާނޯ ބުނެފި އެވެ.

އިޓަލީގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކަސާނޯ ބުނީ ޓޮޓީ އަކީ އޭނާއާ ވަރަށް ގުޅޭ ކުޅުންތެރިޔެއް ކަމަށާއި، ރޯމާ ދޫކޮށްލުމަށްފަހު ރެއާލް އަށް ބަދަލުނުވުމަށް ޓޮޓީ އެދުނު ކަމަށެވެ.

ކަސާނޯ ބުނީ އޭނާ ރެއާލްއަށް ބަދަލުވުމުގެ ކުރިން ޔުވަންޓަސް އިންވެސް ހުށަހެޅި ކަމަށެވެ. އެގޮތުން އެޖެންޓް ކައިރީވެސް އެ ކްލަބަށް ބަދަލުވާން ބޭނުންވާ ވާހަކަ ބުނި ކަމަށާއި، އެހެންނަމަވެސް އެންމެ ފަހުވަގުތު ބަދަލުވީ ރެއާލް އަށް ކަމަށެވެ.

މީގެއިތުރުން ކަސާނޯ ބުނީ އޭރު ޓޮޓީ ދިން ނަސޭހަތް ގަބޫލުކުރި ނަމަ އޭނާގެ ކެރިޔަރު ވަރަށް ތަފާތުވާނެ ކަމަށާއި، މިހާރަށްވުރެ މާ ބޮޑަށް ވެސް ކާމިޔާބުވާނެ ކަމަށެވެ.

އިޓަލީގެ ބާރި އިން ކެރިޔަރު ފެށި މިހާރު އުމުރުން 34 އަހަރުގެ ކަސާނޯ ވަނީ ސަމްޕްޑޯރިއާ، އޭސީ މިލާން، އިންޓަމިލާން އަދި ޕާމާ އަށްވެސް ކުޅެފައެވެ. މީގެއިތުރުން އޭނާ ވަނީ އިޓަލީ ގައުމީ ޓީމުގައިވެސް ހިމެނި އެޓީމަށް 30 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ.

ކަސާނޯ ހޯދި ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ ރޯމާއާއެކު އިޓާލިއަން ސުޕާކަޕް، ރެއާލްއާއެކު ސްޕެނިޝް ލަލީގާ އަދި އޭސީ މިލާނާ އެކު އިޓާލިއަން ލީގާއި އިޓާލިއަން ސުޕާކަޕް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް