20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ބޮލީވުޑް

އަޔުޝްމަންގެ އެންމެ ކާމިޔާބު ފިލްމަކަށް ބަދާއީ ހޯ

  • މި ފިލްމަށް ވަނީ ފުރަތަމަ ހަފްތާގައި 61.85 ކްރޯޑް ރުޕީސް ލިބިފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 26 އޮކްޓޯބަރ 2018 | ހުކުރު 13:05 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


ބަދާއީ ހޯގެ ޕޯސްޓަރު -- އާކައިވް

ބޮލީވުޑްގެ ތަރި އަޔުޝްމަން ކުރާނާގެ އެންމެ ފަހުން ރިލީޒްކުރި ދެ ފިލްމް ކަމަށްވާ "ބަދާއީ ހޯ" އަދި "އަންދާދުން" ވެގެން ގޮސްފައި ވަނީ ބޮކްސް އޮފީހުގައި ކާމިޔާބު ދެ ފިލްމަށެވެ.

މި މަހުގެ 18 ވަނަ ދުވަހު ރިލީޒް ކުރި "ބަދާއީ ހޯ" އަށް ވަނީ ފުރަތަމަ ހަފްތާގައި 61.85 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ. އެހެންކަމުން މި ފިލްމް ވެގެން ގޮސްފައި ވަނީ އަޔުޝްމަން ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން އެންމެ ބޮޑު ހިޓަކަށް ވެގެން ދިޔަ ފިލްމަށެވެ.

ސްރީ ރާމް ރަގަވަން ޑައިރެކްޓް ކޮށްފައިވާ "އަންދާދުން" އަށް ލިބުނު އާމްދަނީ ވެސް ވަނީ ބޮކްސް އޮފީހުގައި 60 ކްރޯޑަށް ވުރެ މައްޗަށް އަރާފައެވެ.

އަޔުޝްމަން ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން ކުރިން އެންމެ ބޮދު ހިޓަކަށް ވެފައި ވަނީ "ސުބް މަންގަލް ސާވްދާން" އެވެ. އެފިލްމަށް ލިބިފައި ވަނީ 43 ކްރޯޑް ރުޕީސްއެވެ.

ފިލްމް "ބަދާއީ ހޯ" އަކީ އާއިލާއެއްގެ ތެރޭގައި ހިނގައިދާ މަޖާކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. މިފިލްމުގައި އަޔުޝްމަންގެ އިތުރުން ދެން ފެނިގެން ދަނީ ސަނާޔާ މަލޯތްރާ، ނީނާ ގުޕްތާ އާއި ސުރޭޚާ ސިކްރީ، ގަޖްރާޖް ރާއޯ އަދި ޝީބާ ޗައްދާއެވެ. މި ފިލްމް ޑައިރެކްޓް ކޮށްފައި ވަނީ އަމިތް ޝަރްމާއެވެ.

އޮކްޓޫބަރު 5 ގައި ރިލީޒްކުރި "އަންދާދުން" ގައި އަޔުޝްމަންގެ އިތުރުން މުހިންމު ރޯލްތަކުން ފެނިގެންދަނީ ތައްބޫ އާއި ރާދިކާ އަޕްޓޭއެވެ. ގާތްގަތުގައި ރިލީޒްކުރި ދެ ފިލްމަށް ވެސް ބޮޑު ކާމިޔާބީއެއް ލިބިފައިވާ އިރު އަޔުޝްމަން ހުރީ ވަރަށް އުފަލުންނެވެ. މި ދެ ފިލްމްގައި ވެސް އަޔުޝްމަންގެ އަޑުން ކިޔާފައިވާ ލަވަ ވެސް ހިމެނެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް