19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ކެނެޑާ

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

  • މިދިޔަ ޖެނުއަރީ ފަހުކޮޅު ކެނެޑާގެ ކުބެކް ސިޓީ ގެ މިސްކިތަކަށް ބަޑި ހިފައިގެން ހުރި ޒުވާނަކު ވަދެ ހަ މީހުން ވަނީ މަރާލާފަ
އަހުމަދު އަނޫޝު | IamAhmedAnoosh

| 4 ފެބުރުވަރީ 2017 | ހޮނިހިރު 20:28 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ކެނެޑާގެ މިސްކިތަށް ދިން ހަމަލާއަށް ފަހު ފުލުހުން ފޯރިމަރަނީ -- ރާއްޖެއެމްވީ ފޮޓޯ : އިސްމާއިލް ރިޔާޒް

ކެނެޑާގެ މުސްލިމުން ވަރަށް ބޮޑަށް ބިރުގެންފައިވާ ކަމަށާއި މުސްލިމުންގެ ހިތްތައް ކުދިކުދިވެފައިވާ ކަމަށް ކެނެޑާގެ މުސްލިމުންގެ ހައްގުތަކަށް ވަކާލާތުކުރާ "ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް" ޖަމާއަތުން ބުނެފިއެވެ.

 

"ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް"ގެ ކޮމިއުނިކޭޝަންސް ޑައިރެކްޓާ އާމިރާ އަލްގަވާބީއާ ހަވާލާދީ އެމެރިކާގެ ލޮސް އެންޖެލިީސް ޓައިމްސް އިން މިހެން ބުނެފައިވަނީ، ލޮސް އެންޖެލީސް ޓައިމްސް އަށް އަލްގަވާބީ ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައެވެ. އަލްގަވާބީ އިތުރަށް ވިދާޅުވީ މީހަކު މިސްކިތަކަށް ވަދެ ހަމަނުޖެހުން ހިންގައި މައުސޫމް ހަ މީހެއްގެ ފުރާނަ ދުއްވާލުމަކީ ހިތްހަލާކުވި ކަމެއް ކަމަށެވެ.

 

މިދިޔަ ޖެނުއަރީ ފަހުކޮޅު ކެނެޑާގެ ކުބެކް ސިޓީގެ މިސްކިތަކަށް ބަޑި ހިފައިގެން ހުރި ޒުވާނަކު ވަދެ ހަ މީހުން މަރާލާ 19 މީހުން ޒަޚަމްވި ހާދިސާ އިން ދޭހަވެގެން ދަނީ، ރިޕޯޓުތައް ބުނާ ގޮތުން މުސްލިމުންނާ ދެކޮޅު ވިސްނުން ކެނެޑާގައި އިތުރުވަމުންދާ ދިޔުން ކަމަށެވެ.

 

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރުޑޯ ވިދާޅުވެފައިވަނީ މިސްކިތަށް ދެވުނު ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށާއި އަދި އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް