24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ބޮލީވުޑް

ކަޕިލް ޝަރްމާގެ ކައިވެނި ޑިސެމްބަރު 12 ގައި

  • ކައިވެނި ކުރަނީ ގިނީ ގެ އުފަން ރަށުގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 24 އޮކްޓޯބަރ 2018 | ބުދަ 09:20 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


ކަޕިލް ޝަރްމާ އޭނާ ހޯސްޓް ކުރި ޝޯގައި -- ގޫގުލް

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ އަންނަ ޑިސެމްބަރު މަހު ކައިވެނިކުރަން ނިންމައިފި އެވެ.

ކަޕިލް އޭނާގެ ޒަމާންވީ ލޯބިވެރިޔާ ގިނީ ޗަތުރަތު އާއި ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ޖަލަންދަރުގައެވެ. ޖަލަންދަތަކީ ގިނީގެ އުފަން ރަށެވެ.

"ކައިވެނި އޮތީ ޑިސެމްބަރު 12 ގައި ޖަލަންދަރުގައި. އެއީ ގިނީގެ އުފަންރަށް. އަހަރުމެން ބޭނުންވަނީ ކައިވެނީގެ ހަފްލާ ވަރަށް ކުޑަކޮށް ބާއްވަން. އެކަމަކު ގިނީ އަކީ އެ އާއިލާގައި ހުރި ހަމައެކަނި އަންހެން ދަރިފުޅު. އެހެންވެ އޭނާގެ އާއިލާ ބޭނުންވަނީ ކައިވެނީގެ ހަފްލާ ކުލަގަދަކޮށް ބާއްވަން. އަހަރެންގެ މަންމަ ވެސް ބޭނުންވޭ ކައިވެނީގެ ހަފުލާ ވަރަށް ބޮޑުކޮށް ވަރަށް ކުލަގަދަކޮށް ބާއްވަން،" ކަޕިލް ބުންޏެވެ.

ކަޕިލް ބުނެފައިވަނީ މި ކައިވެންޏާއި މެދު އޭނާ ހުރީ ވަރަށް އުފަލުން ކަމަށާއި އޭނާ އަށް ވުރެ ބޮޑަށް އޭނާގެ މަންމަގެ މޫނުމަތިން ފެންނަ ހިނިތުންވުން ފެނުމުން މާ ހިތްހަމަ ޖެހޭ ކަމަށެވެ.

މި ކައިވެނީގެ ރިސެޕްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 14 ގައެވެ.

ކަޕިލް ކައިވެންޏަށް ތައްޔާރުވާން ފަށާފައި މި ވަނީ ހުއްޓާލައިފައިވާ އޭނާގެ ކާމިޔާބު ޓީވީ ޝޯ "ދަ ކަޕިލް ޝަރްމާ ޝޯ" ގެ އާ ސީޒަނަކާ އެކު ވަރަށް އަވަހަށް ބެލުންތެރިންނާ ބައްދަލު ކުރާނެ ވާހަކަ ވެސް ހިއްސާކޮށްފައި ވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް