18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ބޮލީވުޑް

އަރުޖުން އާއި މަލައިކާ އެކުގައި ސްޓޭޖަށް އަރައިފި

  • މި ދެތަރިން އެކުގައި ފެނިގެން ގޮސްފައިވަނީ ވަރަށް މަދު ފަހަރެއްގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 24 އޮކްޓޯބަރ 2018 | ބުދަ 09:02 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  5. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  6. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  7. ޕްރިޔަންކާ އިނީ ބަލިވެ؟
  8. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!


އަރުޖުން ކަޕޫރު -- ގޫގުލް

ބޮލީވުޑްގެ ތަރި އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ އެކުގައި އަތުގައި ހިފައިގެން ސްޓޭޖަށް އަރައިފި އެވެ.

މަލައިކާ އާއި އަރުބާޒް ޚާންގެ ކައިވެނި ރޫނުޅު ފަހުން މި ދެތަރިން ޑޭޓް ކުރާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް މި ދެތަރިން އެކުގައި ފެނިގެން ގޮސްފައިވަނީ ވަރަށް މަދު ފަހަރެއްގައެވެ.

މިއަހަރުގެ އޮގަސްޓް މަހު ބޭއްވި ލަކްމޭ ފެޝަން ވީކް ގައި އިއްތިފާގަކުން ނަމަވެސް މި ދެތަރިންނަށް ކައިރީގައި އިށީންދެވިފައި ތިއްބާ ވަނީ މުޅި ދިނިޔެ އަށް ފެނިގެން ގޮސްފައެވެ.

އެއަށް ފަހު މި ދެމީހުން އެކުގައި ފެނިގެން ގޮސްފައި މިވަނީ ޓީވީ ޝޯ "އިންޑިއާސް ގޮޓް ޓެލެންޓް" އިންނެވެ. މި ޝޯގެ ޖަޖުންގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ ކަރަން ޖޯހަރާއި، ކިރޮން ކޭރް އަދި އަދި މަލައިކާ އެވެ. އަރުޖުން އާއި ޕަރިނީތީ މި ޝޯގައި ބައިވެރި ވެފައި ވަނީ އެމީހުންގެ ފިލްމް "ނަމަސްތޭ އިންގްލެންޑް" ޕްރޮމޯޝަންސް ގައެވެ.

 މި ޝޯގައި އެ ދެމީހުން ސްޓޭޖަށް އައުމަށް އެދުމުން އަރުޖުން ފެނިގެން ގޮސްފައިވަނީ މަލައިކާގެ އަތުގައި ހިފައިގެން ސްޓޭޖަށް އެރި މަންޒަރެވެ. އަދި އެމީހުން ވަނީ އެ ޝޯގައި ބައިވެރިވި ނެށުންތެރިއެއްގެ ފަރާތުން އާ ޑާންސް ސްޓެޕްތަކެއް ދަސްކޮށް އެކުގައި ނަށާފައެވެ.

މިދުވަސްކޮޅު އަރުޖުން ދަނީ އޭނާގެ އަންނަން އޮތް ފިލްމް "ނަމަސްތޭ އިންގްލެންޑް" ޕްރޮމޯޝަން މަސައްކަތް ތަކުގައި އަވަދިނެތި އުޅެމުންނެވެ. މަލައިކާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ވިޝާލް ބަރްދްވާޖް ޑައިރެކްޓް ކޮށްފައިވާ ފިލްމް "ޕަޓާކާ" ގެ ލަވައަކުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް