19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ފަތިސް 04:45
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:19
މަޣްރިބް 18:14
ޢިޝާ 19:27

ނިރު އެކްސެލެރޭޓަރ

ނިރު އެކްސެލެރޭޓަރގެ ދެވަނަ ފިޔަވަހި އުރީދޫން ފަށައިފި!

  • ވިޔަފާރި ތަރައްޤީ ކުރުމަށް އެހީތެރިވެދޭ
  • މި ޕްރޮގްރާމްގައި 4 ކުންފުންޏަކުން ބައިވެރިވެފައިވޭ
  • މިއީ ބާރަ ހަފްތާގެ ޓްރެއިނިންގް ޕްރޮގްރާމްއެއް
ރިޒުނާ ޒަރީރު | RiznaZareer

| 24 އޮކްޓޯބަރ 2018 | ބުދަ 06:02 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  6. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  7. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  8. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި


ނިރު އެކްސެލެރޭޓަރގެ ދެވަނަ ފިޔަވަހި ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- އުރީދޫ

ދިވެހި މުޖުތަމަޢަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ، ރާއްޖެ އިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން އުރީދޫން ކުރިއަށް ގެންދާ ނިރު އެކްސެލެރޭޓަރ ޕްރޮގްރާމްގެ ދެ ވަނަ ފިޔަވަހި ފަށައިފިއެވެ.

އުރީދޫ އާއި ޑައިލޮގް އެކްސިއާޓަރ ޕލސ. ގެ އައިޑިއާމާޓް ގުޅިގެން ކުރިއަށް ގެންދިޔަ ނިރު ހެކަތަންގައި ވާދަކޮށް ހޮވުނު ހަތަރު ޓީމްގެ ބައިވެރިވުމާއި އެކު، ބާރަ ހަފްތާގެ އިންޓެންސިވް މެންޓަޝިޕް ޕްރޮގްރާމެއް މިހާރު ވަނީ ފަށައިފައެވެ.

ނިރުގެ ބައިވެރިންނަށް ކުރިއަށް ގެންދާ ޓްރެއިނިންގެ އިތުރުން، އެކްސެލެރޭޓަރަށް ހޮވާލެވުނު ޓީމްތަކަށް ސީޑް ފަންޑިންގް، މަސައްކަތް ކުރާނެ ކޯ-ވޯކިން ސްޕޭސް، ވިޔަފާރި ބިނާ ކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި އެކްސްޕާޓުންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

މި ޓްރެއިނިން ޕްރޮގްރާމާއި ގުޅިގެން އުރީދޫގެ ސީއީއޯ، ނަޖީބް ހާން ވިދާޅުވީ ނިރު އެކްސެލެރޭޓަރ ޕްރޮގްރާމަށް ހޮވިފައިވާ ހަތަރު ޓީމަށް ނިރު ހެޑްކުއާޓަރޒް އިން މަރުޙަބާ ކިޔާ ކަމަށާއި އެ ބައިވެރިންގެ ވިޔަފާރިތައް ބިނާ ކުރުމަށް ކުރި އަށް ހުރި ދުވަސްތަކުގެ ތެރޭގައި އެހީތެރިވެދޭނެ މެންޓަރޝިޕް ޕްރޮގްރާމް ފެށިގެންދިއުމާއި އެކު، މިއީ ވަރަށް ހާއްސަ ދުވަހެއް ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ހަޔާތަށް އިތުރު ފަސޭހަކަމާއި ކުރިއެރުން ގެނެސްދޭނެ ޑިޖިޓަލް ސޮލިއުޝަންތަކެއް ބިނާކުރުމަށް މި ހުނަރުވެރި ޓީމްތަކުން ކުރާ ބުރަ މަސައްކަތަށް، އެހީތެރިކަން ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ޝަރަފެއް." ނަޖީބް ހާން ވިދާޅުވިއެވެ.

ނިރު އެކްސެލެރޭޓާރގައި ބައިވެރިވުމަށް ފުރުސަތު ލިބިފައިވާ ހަތަރު ޓީމަކީ:

  • ކައުރީ: މާލީ ކަންކަމާއި ބެހޭ ސުވާލުތަކަށް، ފަސޭހަ އިން ދޭހަވާނޭ ގޮތަށް ޖަވާބު ފޯރުކޮށްދޭ ޗެޓްބޮޓެއް.
  • ކުނބު: ފަސޭހަކަމާއި އެކު އުޅަނދުތައް ހޯދައި، ދަތުރުތަކަށް ޓިކެޓްނަގައި، އުޅަނދުތައް ކުއްޔަށް ނެގުމަށް ބޭނުންކުރާނެ ސެންޓްރަލައިޒް ކޮށްފައިވާ ސީ ޓްރާންސްފާ މެނޭޖްމަންޓް ސިސްޓަމެއް.
  • ޖަވާބު އެކެޑެމީ: ޖޯގްރަފީގެ ސަބަބުން ކިޔެވުމުގެ ފުރުސަތު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، އޮންލައިންކޮށް ދިވެހިބަހުން ކިޔަވައިދޭ ޕްލެޓްފޯމެއް.
  • ފްލޯބޯ: އިންޓެގްރޭޓެޑް ލޮޖިސްޓިކްސް އަދި ސަޕްލައި ސޮލިއުޝަންތައް ފޯރުކޮށްދޭ ބީ2ބީ ޕްލެޓްފޯމެއް.

ބާރަ ހަފްތާގެ ޓްރެއިނިންގް ޕްރޮގްރާމް ނިމުމަކަށް އައުމުން، އިތުރު އިންވެސްޓްމަންޓް ފުރުސަތުތަކަށް ޕިޗްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށާއި އަދި ނިރު އެކްސެލެރޭޓަރު ފުރިހަމަކުރުމަށް ފަހުވެސް، ދިގުމުއްދަތަށް ދެމިގެންދާނެ މުހިންމު ފައިދާތަކާއި ޕާޓްނާޝިޕް ފުރުސަތުތައް ބައިވެރިންނަށް ލިބިގެންދާނެ ކަމަށް އޫރިދޫއިން ބުންޏެވެ.

ޑިޖިޓަލް ދުނިޔޭގައި ބައިވެރިވުން އިތުރުކޮށް، ޑިޖިޓަލް އާލާތްތައް މެދުވެރިކޮށް ކުރިއެރުން ހޯދުމަށް ދިވެހިންނަށް އެއްބާރުލުން ދިނުމަށްޓަކައި، ނިރު އެކްސެލެރޭޓާރ، ސްމާޓް ސިޓީޒް ޕްރޮޖެކްޓް، މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް، ޑިޖިޓަލް ލިޓަރަސީ ޕްރޮގްރާމް ފަދަ ގިނަ ހަރަކާތްތަކެއް އުރީދޫ އިން ކުރިއަށްގެންދެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް