
| 23 އޮކްޓޯބަރ 2018 | އަންގާރަ 18:02 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އާންމުކޮށް ބޭނުންކުރާ ގިނަ ހިދުމަތްތަކަށް އެއް ތަނަކުން ބިލްދެއްކޭނެ ހިދުމަތް ޤާއިމުކުރުމަށް އުފެއްދި ދިވެހި ފުރަތަމަ މޮބައިލް އެޕްލިކޭޝަން "ޕޭޔާރ" ލޯންޗުކޮށްފިއެވެ.
ޕޭޔާރ އެޕްލިކޭޝަން ތަރައްގީ ކުރި ޕޭޔާރ ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ އަލީ ހާރިސް ވިދާޅުވީ އެ އެޕްލިކޭޝަނުގެ މަގުސަދަކީ ހުރިހާ ޕޭމަންޓެއް އެއްތަނަކަށް ގެނެސް ފަސޭހަކަމާ އެކު ހިދުމަތްތަކަށް ފައިސާ ދެއްކޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އެގޮތުން ރާސްޓަސް، ރީލޯޑް، އޫރިދޫގެ ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރަށް ލަވަފޮށި، އައިޓިއުންސް، ގޫގަލް ޕްލޭ، ޕްލޭސްޓޭޝަން ނެޓްވޯކް އަދި ސްޕޮޓިފައިގެ ގިފްޓް ކާޑުތައް ލިބެން ހުންނާނެ ކަމަށެވެ. ކުރިޔަށް އޮތްތަނުގައި ޕޭޔާރ މެދުވެރިކޮށް ކަރަންޓް، ފެން ބިލް ދެއްކުމުގެ ހިދުމަތާއި އަދިވެސް އެހެނިހެން ގިނަ ހިދުމަތްތަކެއް ތައާރަފު ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިހާރު ވެސް ވަކިވަކިން އޮންލައިންކޮށް ބިލްދެއްކޭ އެޕްލިކޭޝަންތައް ހުރި ކަމުގައިވި ނަމަވެސް، ކޮންމެ ހިދުމަތަކަށް ވަކި އެޕްލިކޭޝަނެއް އެޅުމުގެ ބަދަލުގައި އެ ހުރިހާ ހިދުމަތަކަށް ޕޭޔާރ މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް ޕޭޔާރ ކުންފުނިން ވަނީ ބުނެފައެވެ. އަދި ޕޭޔަރގައި އެއް ފަހަރު ދައްކަން ބޭނުންވާ ބިލް އެޑްކުރުމަށް ފަހު ކޮންމެ މަހަކު ބިލް ތައްޔާރުވުމުން ނޮޓިފިކޭޝަން ލިބޭނެ ކަމަށާއި މާކެޓްގައި ހުރި އެޕްލިކޭޝަންތަކާއި ހިލާފަށް އެއް އެކައުންޓަށް ވުރެ ގިނަ އެކައުންޓްތައް މެނޭޖްކޮށް، އެއްފަހަރާ އެތައް ބިލެއް ދެއްކުމުގެ ހިދުމަށް ޕޭޔާރ މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ވެސް އެ ފަރާތުން ބުނެއެވެ.
އެ ކުންފުނީގެ އަމާޒަކީ މުސްތަގުބަލުގައި ޕޭޔާރ ޕޭމަންޓް ހިދުމަތުގެ އިތުރަށް ފުޅާކޮށް، ފައިނޭޝަލް އެވެއާނެސް އިތުރުކޮށް، މަހެއްގެ މައްޗަށް ހިނގާ ހަރަދުތައް ޓްރެކް ކުރެވޭ ފަދަ އެޕްލިކޭޝަނަކަށް ޕޭޔާރ ވެގެންދިޔުމެވެ.
ޕޭޔާރގެ ސަބަބުން ދިވެހިންގެ ދިރިއުޅުން އިތުރަށް ފަސޭހަކޮށް ބިލްދައްކަން ކިއުގައި ޖެހުމުގެ ސަގާފަތް ނައްތާލައި ބިލްތައް ދައްކަން އެތައް އެޕްލިކޭޝަނެއް އެޅުމުގެ ބޭނުން ކެނޑިގެންދާނެ ކަމަށް ޕޭޔާރ ކުންފުނިން ބުންޏެވެ. ގޫގަލް ޕްލޭސްޓޯރުންނާއި އަދި އެޕަލް އެޕްސްޓޯރުން ޕޭޔަރ އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް