20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:14
ޢިޝާ 19:27

އިގްތިސާދީ ރިވިއު

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

  • ރާއްޖޭގެ އިގްތިސާދުގައި ޑިސެމްބަރު މަސް ނިމުނު އިރު ހުރީ 30.5 ބިލިއަން ރުފިޔާ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 4 ފެބުރުވަރީ 2017 | ހޮނިހިރު 18:42 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


އެމްއެމްއޭ -- ގޫގުލް

ފާއިތުވި ޑިސެންބަރު މަސް ނިމުނުއިރު، ރާއްޖޭގެ އިޤްތިސާދުގައި ހުރި ޖުމްލަ ފައިސާ އަދަދަކީ 30.5 ބިލިއަން ރުފިޔާ ކަމަށް އެމްއެމްއޭ އިން ހާމަކޮށްފި އެވެ.

 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކޮށްފައިވާ އިގްތިސާދީ މުރާޖާ ރިޕޯޓުގައި ވަނީ އަހަރުން އަހަރަށް ބަލާއިރު ރާއްޖޭގެ އިގްތިސާދުގައި ޖުމްލަ ފައިސާ އިތުރުވި މިންވަރު 2016 ވަނަ އަހަރުގެ ނޮވެންބަރު މަސް ނިމުނު އިރު ތިން ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ. މިދިޔަ ޑިސެމްބަރު މަހު އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެހެން ނަމަވެސް އިތުރުވެފައިވަނީ ކިހާވަރެއް ކަމެއް އެމްއެމްއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

 

މީގެ މައިގަނޑު ސަބަބަކީ ބޭންކިންގް ނިޒާމުގެ ނެޓް ފޮރިން އެސެޓްސް ދަށްވެފައިވީ ނަމަވެސް ނެޓް ޑޮމެސްޓިކް އެސެޓްސް އިތުރުވެފައިވުން ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

 

އަހަރުން އަހަރަށް ބަލާއިރު، ބޭންކިންގް ނިޒާމުގެ ނެޓް ފޮރިން އެސެޓްސް ދަށް ވެފައިވަނީ އެމްއެމްއޭ އަދި ވިޔަފާރި ބޭންކުތަކުގެ ނެޓް ފޮރިން އެސެޓްސް ދަށްވުމާ ގުޅިގެން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

 

ބޭންކިންގް ނިޒާމުގެ ނެޓް ޑޮމެސްޓިކް އެސެޓްސް އިތުރުވި މައިގަނޑު ސަބަބަކީ ބެންކިންގް ދާއިރާއިން ސެކިއުރިޓީސްގައި އިންވެސްޓްކޮށްފައިވާ އަދަދު އިތުރުވެފައިވާތީ ކަމަށް ވެސް އެމްއެމްއޭ އިން ހާމަކުރެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް