20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ކޮފީ ވިތު ކަރަން

ދީޕިކާ އާއި ރަންވީރު އަދި އާލިއާ އާއި ރަންބީރު އެކުގައި ރާއްޖެ އަންނަނީ؟

  • މި ދަތުރު ރާވާފައި ވަނީ އާދިއްތަ ދުވަހު އެއާ ކުރި 'ކޮފީ ވިތު ކަރަން'ގެ ހަ ވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑުގެ ތެރެއިންނެވެ.
އައިޝަތު ޝާނީ | Shaaknee

| 23 އޮކްޓޯބަރ 2018 | އަންގާރަ 11:14 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


އާލިއާ ބަޓް، ކަރަން ޖޯހަރު އަދި ދީޕިކާ ޕަޑުކޯން -- ކޮފީ ވިތު ކަރަން

އިންޑިއާގެ ފިލްމީ ތަރިން އަދި ކުރީގެ ލޯބިވެރިން، ދީޕިކާ ޕަޑުކޯން އާއި ރަންބީރް ކަޕޫރު، އެމީހުންގެ މިހާރުގެ ލޯބިވެރިން ރަންވީރު ސިންގް އާއި އާލިއާ ބަޓްއާއެކު ރާއްޖެ އަންނަން ނިންމައިފިއެވެ.

މި ދަތުރު ރާވާފައި ވަނީ އާދިއްތަ ދުވަހު އެއާ ކުރި 'ކޮފީ ވިތު ކަރަން'ގެ ހަ ވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑުގެ ތެރެއިންނެވެ.

މި އެޕިސޯޑުން ފެނިގެން ދިޔައީ ދީޕިކާ އާއި އާލިއާ އެވެ. ރަންބީރް އާއި އާލިއާ މިހާރު ރަށްޓެހިވެގެން އުޅޭއިރު، ދީޕިކާ އާއި ރަންބީރް އަކީ ކުރީގެ ދެ ލޯބިވެރިންނެވެ. 2008 ވަނަ އަހަރު މި ދެ މީހުން ރަށްޓެހިވެފައިވާ އިރު، ރުޅިވެފައި ވަނީ އޭގެ އަހަރެއްހާ ދުވަސް ފަހުންނެވެ.

ދީޕިކާ، 32، އާއި އާލިއާ 25، އަކީ ގާތް އެކުވެރިންގޮތަށް ފެނިގެންދާއިރު، ޝޯވގެ ހޯސްޓް ކަރަން ޖޯހަރު ވަނީ ދެ ޖޯޑުގެ ގުޅުމާ މެދު ގިނަ ސުވާލުތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި، ދެ ޖޯޑް އެކުގައި ޗުއްޓީ ހޭދަކޮށްލާތަން ފެނިދާނެތޯ އޭނާ އަހާފައިވެއެވެ.

އެއީ އެކަށީގެންވާ ކަމެއްކަމަށް ދެ މީހުން ވެސް ބުނެފައި ވާއިރު، ކަރަން ބުނީ އެ ދަތުރު ރާވާނީ އޭނާ ކަމަށާއި، އެ ހަތަރު މީހުން ދާނީ ރާއްޖެ އަށް ކަމަށާއި އެކުގައި އޭނާ އާއި ދަރިން ވެސް ދާނެކަމަށެވެ.

އޭގެ ޖަވާބުގައި އާލިއާ ބުނެފައި ވަނީ "ޝޮޕިންގ ފަދަ ކަންތައް ކުރެވޭ ކަހަލަ ސިޓީއަކަށް ދާން" ރޭވުމަށެވެ. ނަމަވެސް ދީޕިކާ ބުނީ، ރާއްޖެ އަށް ޗުއްޓީ އަށް ދާން އޭނާ ތައްޔާރުކަމަށެވެ.

އަދި ދެ މީހުންވެސް އެ ވާހަކަ ނިންމާލީ ދަތުރަށް "ބިކިނީ ބޮޑީ" ތައްޔާރު ކުރާނެކަމަށް ބުނުމަށްފަހުއެވެ.

މި ދެ ޖޯޑާއި ކަރަންއާއި ދަރިން ޗުއްޓީއަށް އެކުގައި ރާއްޖެ އަންނަން ރާވާނީ އަންނަ އަހަރަށްކަމަށް ކަރަން ބުނެފައިވެއެވެ. ސަބަބަކީ މި އަހަރު ބާކީ އޮތް ދެ މަހަކީ ދީޕިކާއާއި ރަންވީރްއަށް މުހިއްމު ދުވަސްތަކަކަށް ވާތީކަމަށެވެ.

އެ އެޕިސޯޑް ރިކޯޑް ކުރި އިރު މިކަންތައް އިއުލާންކޮށްފައި ނުވި ނަމަވެސް، މިހާރު މި ދެމީހުންވަނީ އަންނަ މަހުގެ 14 އަދި 15ގައި ކައިވެނި ކުރަން ނިންމާފައިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާންކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް