18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޖީއެމް ފޯރަމް

ހަތަރު ވަނަ ޖީއެމް ފޯރަމް އަންނަ އަހަރުގެ އޭޕްރީލް މަހު

  • މީގެ ކުރިން ތިން ޖީއެމް ފޯރަމް ވަނީ ބާއްވާފައި
  • ޖީއެމް ފޯރަމަކީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި އެދާއިރާގެ ތަޖުރިބާކާރު އިސްވެރިންނާއި އެކު ކުރިއަށްގެންދާ ފޯރަމެއް
ސިމާހާ ނަސީމް | sim_kamana

| 22 އޮކްޓޯބަރ 2018 | ހޯމަ 18:43 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  5. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  6. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  7. ޕްރިޔަންކާ އިނީ ބަލިވެ؟
  8. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!


މި އަހަރުގެ ޖީއެމް ފޯރަމްގެ ތެރެއިން -- ހޮޓެލިއަރ މޯލްޑިވްސް

ހޮޓެލިއަރ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ޖީއެމް ފޯރަމްގެ ހަތަރު ވަނަ ބައްދަލުވުން އަންނަ އަހަރުގެ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު، ބަނޑޮސް ރިސޯޓުގައި ބާއްވަން ނިންމައިފިއެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް އަންނަ އަހަރުގެ ޖީއެމް ފޯރަމްގައި ވެސް ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުން ހުރި ކަންތައްތަކާއި ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވޭނެއެވެ.

އަންނަ އަހަރު ބާއްވާ ޖީއެމް ފޯރަމްގެ ހަތަރު ވަނަ ބައްދަލުވުމުގައި ފަތުރުވެރިކަން ކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި މަސައްކަތްތެރިންގެ ހުނަރާއި އެ ދާއިރާގައި ހުރި ތައުލީމީ ފުރުސަތުތަކުގެ އިތުރުން ދާއިރާގައި މަސައްކަތް ކުރާ އަންހެން ކަނބަލުންގެ ދައުރާއި ބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުގެ އިތުރުން ދާއިރާއާ ގުޅުންހުރި ދިރާސާތައް ހިންގާ ފަރާތްތަކަށް ވެސް ޖީއެމް ފޯރަމްގައި ބައިވެރިވެވޭނެ ކަމަށާއި ޕްރެޒެންޓޭޝަންތަކާއި ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހޮޓެލިއަރ މޯލްޑިވްސް އިން ބުނެއެވެ. އަދި ހޮޓެލިއަރ މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އަހަރުގެ ކުރީ ކޮޅުގައި ހުޅުވާލާނެ ކަމަށް ވެސް އެ ފަރާތުން ބުނެއެވެ.

ރާއްޖޭގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ޖީއެމް ފޯރަމަކީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި އެދާއިރާގެ ތަޖުރިބާކާރު އިސްވެރިންނާއި އެކު ކުރިއަށްގެންދާ ފޯރަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް