25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރިޔާސީ އިންތިޚާބް 2018

ސުޕްރީމް ކޯޓުގެ ހުކުމާއެކު މާޔޫސްކަމުން ހިނިތުންވުމަކަށް!

  • ރައްޔިތުންނަށް އިންސާފު ލިބިއްޖެ ކަމަށް އެ މީހުން ޤަބޫލުކުރޭ
ހައްވާ މުހައްމަދު | @hawwimd

| 21 އޮކްޓޯބަރ 2018 | އާދީއްތަ 16:37 | |

މަގުބޫލް

  1. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  2. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  3. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  4. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  5. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  6. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  7. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ސުޕްރީމް ކޯޓް ބޭރުގައި ރައްޔިތުން އުފާފާޅުކުރަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

މުޅި ދިވެހިރާއްޖޭގެ ރައްޔިތުން އިންތިޒާރު ކުރަމުން ދިޔައީ ރިޔާސީ އިންތިޚާބު ނަތީޖާ ބާތިލް ކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އަންނާނެ ވަގުތަކަށެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމުގެ ކަންތައްތައް ދާ ގޮތުން ރައްޔިތުންނަށް އިންސާފެއް ލިބިގެންދާނެ ކަމާއި މެދު ގިނަ ބަޔަކު ތިބީ ޝައްކެއްގެ މަތީީގައެވެ.

ސުޕްރީމް ކޯޓްގައި އާދީއްތަ ދުވަހު އެކެއް ޖެހިއިރަށް އެ މައްސަލަ ތާވަލް ކުރެވުމާއެކު މުޅި ގައުމު އިންތިޒާރުގައި ތިބީ ހުކުމް އިއްވާނެ ވަގުތަކަށެވެ. އެއްބަޔަކު ކޯޓު ސަރަހައްދުގަ އެވެ. އަނެއް ބަޔަކު ޓީވީ ފެންނަ ފަށުގަ އެވެ. ނުވަތަ ސޯޝަލް މީޑިއާއިން ލައިވް އަޕްޑޭޓް ބެލުމުގަ އެވެ. 

އިންތިޚާބުގެ ބާތިލުކުރަންޖެހޭ ސަބަބެއް އޮތް ކަމަށް އަޣުލަބިއްޔަތު ރައްޔިތުން ގަބޫލު ނުކުރިޔަސް، މީގެ ކުރިން ކޯޓުތަކުން އަމަލުކޮށްފައިވާ ގޮތުން، ރައީސް ޔާމީން ހުށަހެޅުއްވި އިންތިޚާބު ބާތިލުކުރުމުގެ މައްސަލަ ނިންމާނެ ގޮތަކާމެދު ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. އިންތިޚާބު ބާތިލުކޮށްފާނެ ކަމަށް ގަބޫލުކުރި މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް އެންމެ ފަހުން ނިމުން އައީ ރައްޔިތުން އެދޭ ގޮތަށެވެ. 

އިންސާފަށް ލޯބިކުރާ ދިވެހިންނަށް ހަޤީޤަތުގައިވެސް އިންސާފު ލިބިއްޖެ ކަމުގެ ޝުއޫރުތަށް އެ މީހުން އަންނަނީ ބަންޑުކޮށްލަމުންނެވެ. ފެނިގެން ދިޔައީ މުޅި މީސްމީޑިޔާގައި ސިޔާސީ ފަރާތްތަކުންނާއި، އާންމު ރައްޔިތުން އެއް ހަމައެއްގައި އެމީހުންގެ ޝުއޫރުތަ ބަންޑުންކޮށްލަމުން ދިޔަ މަންޒަރެއެވެ.

ކޯޓްގެ ނިންމުމުން ދިވެހިންނަށް އުފާލިބިއްޖެ ކަމުގެ އިހްސާސް އޭނާގެ މީސްމީޑިޔާ އެކުންޓުގައި ހިއްސާކުރައްވަމުން ހަސަން ބުނެފައިވަނީ 21 އޮކްޓޯބަރުގައި ކޯޓްއިން އުފާ ލިބިއްޖެ ކަމަށެވެ.

23 ސެޕްޓެމްބަރުގައި ބޭއްވުނު ރިޔާސީ އިންތިކާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން މައްސަލައެއް ސުޕްރީމް ކޯޓްއަށް ހުށަހެޅުއްވުމާއެކު ގިނަ ރައްޔިތުންނަށް ލިބިގެން ދިޔަ މާޔޫސް ކަމަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔައީ ސުޕްރީމް ކޯޓުގެ ހުކުމާއެކުއެވެ. ސުޕްރީމް ކޯޓްގެ ހުކުމާއި ގުޅިގެން ލީލާ ޝުއޫރު ހިއްސާކޮށްލަމުން ބުނެފައިވަނީ މިއަދު ފެނިގެން ދިޔައީ ދިވެހިންނަކީ ސުލްހަ މަސަލަސް ކަމާއި ފަރުދީ މިންވަރަށް ލޯބިކުރާ މިންވަރު ކަމަށެވެ.

ޤައުމެއްގެ އެންމެ ބާރުގަދަ މީހުންނަކީ އެ މީހުންގެ ރައްޔިތުންކަމާއި ރައްޔިތުންގެ މަސައްކަތަށް ކާމިޔާބު ލިބިއްޖެ ކަމަށް ޓުވީޓް ކުރައްވަމުން މަޝްހޫރު ސޯޝަލް މީޑިޔާ އެކްޓިވިސްޓު ޝައްމޫން ޖަލީލް ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ރައްޔިތުން މޮޅުވެއްޖެ ކަމަށެވެ.

ހާސްކަންމަތީ ތިބި ރައްޔިތުންނަށް އަދި ކިރިޔާ ހަމަޖެހިލެވުނީ ކަމަށް ބުނަމުން ހުސެއިން މުނައްވަރު ބުނެފައިވަނީ އަދި ކިރިޔާ ހަމަޖެހިލެވުނީ ކަމަށާއި،ހައްގަށް ނަސްރު ލިބިގެން ހިގައްޖެ ކަމަށެވެ.

ސުޕްރީމް ކޯޓްގެ މި ނިންމުމާއެކު އެކަކު އަނެކަކަށް ފާޑުކިޔާ ރުޅިވެރިކަން މި ވަގުތު އިސްކުރުން ބުއްދިވެރި ނޫން ކަމަށް ބުނަމުން ބަދުރުއްދީން ބުނެފައިވަނީ ދެން އެކަކު އަނެކަކަށް ފުރައްސާރަކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މިފާހަގަކުރީ ބައެއް ފަރާތްތަކުގެ ޝުއޫރެވެ. މުޖުތަމައުގެ އެކި ފަންތިތަކާއި ގިންތިތަކުގެ މީހުން ދަނީ މި ލިބުނު އުފާ ހިއްސާކުރަމުންނެވެ. އަނިޔާވެރިކަން ނިމިއްޖެ ކަމުގެ ހިތްހަމަޖެހުމާއެކު އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް