25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

އަލީ ފާސިރު

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

  • މިދިޔަ ސީޒަނުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއާއެކު ރަންބޫޓުވެސް ލިބުނީ ސެންޓޭ އަށް
  • ސެންޓޭ އަށް މަރުހަބާކީ އާއިލާ މެމްބަރުން، ރަހްމަތްތެރިން އަދި ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން
  • ސެންޓޭގެ ޝަރަފުގައި ހާއްސަ ހަފްލާއެއް ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ވަނީ ބާއްވާފަ
ލީވާން އަލީ | MrLeevaan

| 4 ފެބުރުވަރީ 2017 | ހޮނިހިރު 03:34 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


އަލީ ފާސިރު އެނބުރި އޭދަފުއްޓަށް ދިއުމުން ހޫނު މަރުހަބާއެއް ވަނީ ކިޔާފަ -- ޓްވިޓަރ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސް އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ފާސިރު (ސެންޓޭ) އެނބުރި އޭނާގެ އުފަން ރަށް ބ.އޭދަފުއްޓަށް ދިއުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އޭނާ އޭދަފުއްޓަށް ދިއުމުން ރަތް ދޫލާގައި ހޫނު މަރުހަބާއެއް ކިޔާފައިވަނީ ސެންޓޭގެ އާއިލާ މެމްބަރުންގެ އިތުރުން ރަށުގެ ކުދިބޮޑު އެންމެން އަދި ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނެވެ.

ސެންޓޭ އަށް މަރުހަބާ ކިޔުމަށް އޭދަފުށީ ކްލަބް ކޮމްބިނޭޝަން ޖަމިއްޔާއިންނާއި ސެންޓޭގެ އާއިލާ އަދި ރަހްމަތްތެރިން ބާއްވާ ހާއްސަ ރަސްމިއްޔާތެއް ހުކުރު ދުވަހުގެ ރޭ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ވަނީ ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އަދި ސްޕޯޓްސް ކޮމިޝަނަރ އަހުމަދު ނަޝީދުގެ އިތުރުން ގައުމީ ޓީމުގެ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

މިއީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ސެންޓޭ ހޮވުނު ފުރަތަމަ ފަހަރެވެ. ސެންޓޭ އަށް އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ލިބުނުއިރު އޭނާ ވަނީ މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ޖުމްލަ 34 ގޯލު ކާމިޔާބުކޮށް މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ ގޯލްޑަން ޝޫޒް (ރަން ބޫޓު) ވެސް ހާސިލު ކޮށްފަ އެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ދިވެހި ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް