24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ކަނބަލުންގެ ލޯން

ކަނބަލުންގެ ލޯން 74 ފަރާތަކަށް ހަވާލުކޮށްފި

  • ކަނބަލުންގެ ލޯނަށް 500 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހެޅި
  • ލޯނު ސްކީމުގެ ޖުމްލަ އަދަދަކީ 20 މިލިއަން ރުފިޔާ
ސިމާހާ ނަސީމް | sim_kamana

| 20 އޮކްޓޯބަރ 2018 | ހޮނިހިރު 18:26 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝަރުހާން

ކަނބަލުންނަށް ޚާއްސަކޮށްގެން ހުޅުވާލި ލޯން ސްކީމުގައި ބައިވެރިވި ކަނަބލުންގެ ތެރެއިން 74 ކަނބަލަކަށް ލޯނު ހަވާލުކޮށްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރީން ބުނެފިއެވެ.

ކަނބަލުންނަށް ޚާއްސަކޮށްގެން އިކޮނަމިކް މިނިސްޓްރީން ކުރިއަށްގެންދާ މި ލޯނު ސްކީމަކީ ރާއްޖޭގައި އަމިއްލަ މަސައްކަތެއް ފަށަން ބޭނުންވާ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ސްކީމެކެވެ.

މީގެ ފަސް މަސް ކުރިން އިކޮނޮމިކް މިނިސްޓްރީގެ ގެޓްސެޓް ޕްރޮގްރާމް މެނޭޖަރ މަހީލް އަލީ ޖަލީލު ވިދާޅުވީ ކަނބަލުންގެ ލޯނަށް 500 އަށް ވުރެ ގިނަ މީހުން ފޯމް ހުށައަޅާފައިވާ ކަމަށާއި، 300 އަށް ވުރެ ގިނަ މީހުންނަށް ލޯނު ލިބޭނެ ކަމަށެވެ.

ކަނބަލުންނަށް ދޫކުރާ މި ލޯނު ސްކީމުގެ ޖުމްލަ އަދަދަކީ 20 މިލިއަން ރުފިޔާއެވެ. އަދި މި ލޯނު ދޫކުރަނީ 50،000ރ. އިން ފެށިގެން 100،000ރ. އާ ހަމައަށެވެ. މި ލޯނު ސްކީމު ލޯނު އަދަދު 50,000ރ. އަށް ވުރެ ދަށް ނަމަ ރަހުނެއް ބޭނުމެއް ނުވެއެވެ. އަދި 50،000ރ. އަށް ވުރެ މަތީ އަދަދުތަކުން ލޯނު ނަގާ ނަމަ 130 އިންސައްތަ އެކަށީގެންވާ ވަރުގެ އަގު ހުރި ރަހުނެއް ބަހައްޓަން ޖެހޭނެއެވެ.

ކަނބަލުންގެ ލޯން ސްކީމުގެ އިންޓްރެސްޓް ރޭޓުގެ ގޮތުގައި ނުވަ އިންސައްތަ ހަމަޖައްސާފައިވާ އިރު ގިނަ ވެގެން އަށް އަހަރުގެ ތެރޭގައި ލޯނު ދައްކައި ހަލާސްކުރަންޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކަނބަލުންގެ ލޯން ސްކީމުގެ އިތުރަށް ގެޓްސެޓް ލޯން، އެސްއެމްއީ ލޯން ވެސް އިކޮނޮމިކް މިނިސްޓްރީން އަންނަނީ ދޫކުރަމުންނެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ މި އަހަރުގެ ލޯން ޕްރޮގްރާމަށް 190 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް