19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ޔޫތު މިނިސްޓްރީ

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

  • ކުލަބް ޖަމްއީއްޔާ ނުވަތަ ޓީމަކަށް އެއްވެސް މުބާރާތެއްގައު ވާދަ ކުރެވޭނީ ރަޖިސްޓްރީ ކޮށްގެން
ސަހުބާން ފަހުމީ | sahubaan

| 4 ފެބުރުވަރީ 2017 | ހޮނިހިރު 00:37 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ނިއުރޭޑިއޯޓް -- ރާއްޖެއެމްވީ

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާ ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކޮށްފިއެވެ.

 

މި ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދެއް އެކުލަވާލުމުގެ މަގުސަދަކީ ދިވެހިރާއްޖޭގައި އެއްވެސް ކުޅިވަރެއް ނުވަތަ ޙަރަކާތަކަށް ނިސްބަތްވާ ކްލަބް ނުވަތަ ޓީމު ނުވަތަ ޖަމްޢިއްޔާއެއް ރަޖިސްޓަރީ ކުރުމާއި، ހިންގުމާއި، އެތަނަކަށް މުދަލާ ފައިސާ ހޯދުމާއި މުދަލާއި ފައިސާ ބެލެހެއްޓުމާއި، މުދަލާއި ފައިސާއިން މުޢާމަލާތް ކުރުމާއި އެ ތަނެއް އުވާލުމާއި މި ކަންކަމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި، އާންމު ގޮތެއްގައި ކުޅިވަރު ކްލަބެއް ނުވަތަ ޓީމެއް ނުވަތަ ޖަމްޢިއްޔާއެއް ތަބާވާންޖެހޭ ހަމަތައް ބަޔާންކުރުމެވެ. ހަމައެހެންމެ ގަވާއިދާ ހިލާފްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ގޮތްތައް ކަނޑައަޅައި ބަޔާން ކުރުމަކީ ވެސް މި ގަވާއިދު ހެދުމުގެ މަގުސަދެއް ކަމަށް ބުނެފައި ވެއެވެ.

 

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި އެއްވެސް ކުޅިވަރެއް ނުވަތަ ޙަރަކާތަކަށް ނިސްބަތްވާ ކްލަބް ނުވަތަ ޓީމެއް ނުވަތަ ޖަމްޢިއްޔާއެއް ވާދަވެރި އުސޫލުން ކުޅިވަރުގައި ބައިވެރިވުމަށްޓަކައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަޖިސްޓަރީކުރަންޖެހޭނެއެވެ.

 

ގަވާއިދުގެ ދަށުން ރަޖިިސްޓްރީ ކުރެވޭ ޖަމްއިއްޔާއެއް ކްލަބެއް އެ ކުޅިވަރެއް ނިސްބަތްވާ ދިވެހިރާއްޖެއިން ބޭރުގެ ޖަމްއިއްޔާއަކުން މެމްބާޝިޕް ހޯދިދާނެ ކަމަށް ގަވާއިދުގައި ބުނެފައި ވެއެވެ. މިގޮތަށް ހޯދޭ މެމްބާޝިޕްގެ މައުލޫމާތު 30 ދުވަހުގެ ތެރޭގައި ކޮމިޝަނަ އޮފް ސްޕޯޓްސް އަށް ހުށަހަޅަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައި ވެއެވެ.

 

ކުޅިވަރު ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުގައި މި ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރެވޭ ކުލަބްތަކާއި ޓީމްތަކާއި ޖަމްއީއްޔާތަކުގެ ދަފްތަރެއް ކޮމިޝަނާ އޮފް ސްޕޯޓްސް އެކުލަވާލައި ބަލަހައްޓަން ޖެހޭނެއެވެ. ހަމައެހެންމެ ޖަމްޢިއްޔާތަކުގެ ދަފުތަރަށް އަންނަ އުނިއިތުރު އެނގޭނޭހެން ޖަމްޢިއްޔާތަކުގެ ދަފުތަރުގައި ރަޖިސްޓަރީކުރެވިފައިވާ ޖަމްޢިއްޔާތަކުގެ މަޢުލޫމާތު، ކޮންމެ މީލާީދީ އަހަރެއްގެ މޭމަހުގެ 1 ވަނަ ދުވަހުގެ ކުރިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައި ވެއެވެ.

 

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ޖަމްޢިއްޔާއެއް ރަޖިސްޓަރީވުމުން އެ ޖަމްޢިއްޔާއެއްގެ މަޤުޞަދުތައް ހާސިލުކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނާއި، ގަވާއިދުތަކާއި، އެ ޖަމްޢިއްޔާއެއްގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރުމުގެ އިޚުތިޔާރު، އެ ޖަމްޢިއްޔާއަކަށް ލިބިގެންވެއެވެ. ނަމަވެސް ޖަމްޢިއްޔާއަކުން ކުރާ ކަމެއްގައި އެކަމަކާ ގުޅޭގޮތުން ސަރުކާރުގެ އިދާރާއަކުން ނަގަންޖެހޭ ހުއްދައެއް ވާނަމަ އެ ހުއްދައެއް އެ ޖަމްޢިއްޔާއަކުން ނަގަންވާނެ ކަމަށް ގަވާއިދުގައި ބުނެފައި ވެއެވެ.

އާ ގަވާއިދުގެ ދަށުން ކޮންމެ ޖަމްޢިއްޔާއަކުން ވެސް އެ ޖަމްޢިއްޔާއެއްގެ މެންބަރުން ތަބާވެ ޢަމަލުކުރާނެ ސުލޫކީ މިންގަނޑެއް އެކުލަވައިލައި އެ ޖަމްޢިއްޔާއަކުން ފާސްކުރަންވާނެއެވެ. މިގޮތުން ފާސްކުރެވޭ ސުލޫކީ މިންގަނޑު، އެ ޖަމްޢިއްޔާއެއް ރަޖިސްޓަރީކުރާތާ ދެ މަސްދުވަހުގެ ތެރޭގައި ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ،

 

މީގެ އިތުރުން ކުޅިވަރު ޖަމްޢިއްޔާއެއްގެ ގޮތުގައި މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރެވޭ ޖަމްޢިއްޔާތަކުގެ އިދާރީ ބޭނުމަށްޓަކައި އުފައްދާ ގުނަވަންތަކާއި ކޮމިޓީތައް ފިޔަވައި ޖަމްޢިއްޔާގެ ގޮފިތައް އުފައްދައި ހިންގަންވާނީ، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ހުއްދަ ލިބިގެން ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް