18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ބީއެމްއެލް

ބީއެމްއެލްއަށް ތިން ވަނަ ކުއާޓަރގައި 365 މިލިއަން ރުފިޔާގެ ފައިދާއެއް

  • މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރ އާ އަޅާބާލާއިރު %11 ގެ ކުރިއެރުމެއް
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 20 އޮކްޓޯބަރ 2018 | ހޮނިހިރު 01:06 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  5. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  6. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  7. ޕްރިޔަންކާ އިނީ ބަލިވެ؟
  8. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!


ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް -- ފޮޓޯ: މުހައްމަދު ޝަރުހާން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަހަރުގެ ތިން ވަނަ ކުއާޓަރގައި 365 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

ބީއެމްއެލްއިން ހާމަކޮށްފައިވާ 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރ ހިސާބުތައް ދައްކާގޮތުން އެ ބޭންކުން ވަނީ ހަރުދަނާ މާލީ ނަތީޖާތަކެއް ހޯދާފައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރ އާ އަޅާބަލާއިރު ޓެކްސް އަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 10 ޕަސެންޓް އިތުރުވެ، 365 މިލިއަން ރުފިޔާ އަށް އަރާފައެވެ. އަދި މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރ އާ އަޅާބާލާއިރު 11 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މިއަހަރުގެ މިހާތަނަށް ޓެކްސް އަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 1,053 މިލިއަން ރުފިޔާ އަށް އަރާފައެވެ. މިއީ މިދިޔަ އަހރުގެ މި މުއްދަތާ އަޅާބަލާއިރު 14 ޕަސެންޓްގެ ކުރިއެރުމެކެވެ.

ފަންޑިންގ ކޮސްޓް ބޮޑުވެފައިވީ ނަމަވެސް، ވިޔަފާރީގެ ހުރިހާ ދާއިރާ އަކުންވެސް ލިބުނު ކުރިއެރުމާއި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ކުޑަކުރުމުގެ ސަބަބުން މާލީ ނަތީޖާ މިވަނީ ލަފާކުރި މިންވަރަށް ވުރެ ރަނގަޅުވެފައިކަމަށް ބީއެމްއެލްއިން ބުނެއެވެ. މިއަހަރުގެ މިހާތަނަށް ހިންގުމުން ލިބުނު ފައިދާ ވަނީ 2017 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9 ޕަސެންޓް އިތުރުވެފައެވެ. މި ވޭތުވެދިޔަ އަހަރުތަކުގައި ދޫކުރެވުނު ލޯނުގެ ފެންވަރު ރަނގަޅުވެފައިވާ މިންގަނޑާ އެއްގޮތަށް އުފެއްދުންތެރި ނޫން ލޯނުގެ އަދަދުވަނީ 40 މިލިއަން ރުފިޔާ ދަށްކުރެވިފައެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ހިފަހެއްޓިފައެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރގައި ވަނީ މުޅި ރާއްޖެ ހިމެނޭ ގޮތަށް 22 ސީއެސްއާރު ޕްރޮގްރާމް ހިންގުމާއި ބޭންކިންގ ވިއުގަ އިތުރަށް ފުޅާކުރުމަށް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އަދި މި ކުއާޓަރގައި މޮބައިލް، އިންޓަރނެޓް އަދި ކާޑުގެ ޚިދުމަތްތަކަށް ވަނީ އިތުރު ފުރިހަމަކަމެއް ގެނެވިފައެވެ. އަދި މީގެ އިތުރުން މިދިޔަ އަހަރު ބޭންކަށް ލިބުނު ފައިދާގެ 30 ޕަސެންޓް މުޖުތަމައަށާއި ޓެކްނޮލްޖީއަށް އިންވެސްޓްކުރުމަށް ބޭންކުން ކަނޑައަޅާފައިވާ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ދާކަންވެސް ބޭންކުން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް