21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އާސެން ވެންގާ

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

  • އާސެނަލް އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުޅުންތެރިންނަށް އަނިޔާވުން
  • ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގައި ކަންޓޭގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު: ވެންގާ
  • ލެސްޓާގައި ހުއްޓާވެސް ކަންޓޭ ހޯދަން މަސައްކަތްކުރިން: ވެންގާ
ލީވާން އަލީ | MrLeevaan

| 3 ފެބުރުވަރީ 2017 | ހުކުރު 21:34 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް
  8. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!


އާސެނަލްގެ ކޯޗު އާސެން ވެންގާ -- ގޫގުލް

ޗެލްސީ އަށް ކުޅެމުން އަންނަ އެންގޯލޯ ކަންޓޭ ހޯދުމަށް އާސެނަލް އިން ދެފަހަރެއްގެ މަތިން މަސައްކަތްކުރި ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

 

ނޫސްވެރިންނަށް މައުލޫމާތު ދެމުން ވެންގާ ބުނީ މިދިޔަ ބުދަ ދުވަހު ޗެލްސީ އަތުން 1-1 ގެ ނަތީޖާއިން ލިވަޕޫލް އެއްވަރުވި މެޗުގައި ކަންޓޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ ކަމަށެވެ.

 

ވެންގާ ބުނީ ކަންޓޭ ކުރިން ކުޅުނު ލެސްޓާ ސިޓީ އޮތީ ޗެލްސީ މިދިޔަ ސީޒަނުގައި އޮތް މަގާމުގައި ކަމަށާއި، ޗެލްސީ އޮތީ މިދިޔަ ސީޒަނުގައި ލެސްޓާ އޮތް މަގާމުގައި ކަމަށެވެ. އެގޮތުން ވެންގާ ބުނީ އެއީ އިއްތިފާގެއް ނޫން ކަމަށެވެ.

 

ކަންޓޭ އަށް މީގެ ކުރިން ދެފަހަރެއްގެ މަތިން ބިޑްކޮށްފައިވާ ކަން ފާހަގަކުރަމުން ވެންގާ ބުނީ ފުރަތަމަ ފަހަރަށް ބިޑްކުރީ އޭނާ ލެސްޓާގައި ހުއްޓާ ކަމަށާއި، ދެވަނަ ފަހަރަށް ބިޑުކުރިއިރު، އޭނާ ލެސްޓާ ދޫކޮށްލާފައިވާ ކަމަށެވެ.

 

އާސެނަލް ލީގު ތަށްޓަށް ވާދަކުރަމުން އަންނައިރު، އެޓީމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުޅުންތެރިންނަށް އަނިޔާވުމެވެ. އެގޮތުން މިހާރު ވެސް ސަންޓީ ކަޒޯލާ އަދި އާރޮން ރަމްސީ ވަނީ ކުޅުމާ ދުރުގައެވެ. މީގެ އިތުރުން ގްރަނިޓް ޒާހާ ހުރީ ސަސްޕެންޝަންގައެވެ.

 

ޕްރިމިއާ ލީގެ ޕޮއިންޓް ތާވަލަށް ބަލާއިރު، އާސެނަލް އޮތީ ކުޅުނު 23 މެޗުން ލިބުނު 47 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގަ އެވެ. އާސެނަލްއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ދެވަނައިގައި ޓޮޓެންހަމް އޮތްއިރެ، އެއްވަނައިގައި 56 ޕޮއިންޓާއެކު އޮތީ ޗެލްސީ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް