20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރާއްޖެ ޓީވީ

މި ޚިދުމަތުން އެކަނި ވެސް އެކަމަނާގެ ތަފާތުކަން އެނގޭ!

  • ތިން މަސް ދުވަސް ވަން ދެން ރާއްޖެ ޓީއަށް ގުރުއާން ކިޔަވާނެ މީހަކު ފޮނުއްވި

| 18 އޮކްޓޯބަރ 2018 | ބުރާސްފަތި 18:25 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒުނާ (މ) -- ފޮޓޯ: މުހައްމަދު ޝަރުހާން

މީގެ ފަސް އަހަރު ކުރިން ރާއްޖެ ޓީވީ ރޯކޮށްލުމަކީ ހިންގި ބޮޑު ޓެރަރިޒަމްގެ އަމަލެކެވެ. ދިވެހި ތާރީޚުގައި މީޑިއާއަކަށް ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. އެންމެ ގެއްލުން ބޮޑުވެސް ހަމަލާއެވެ. ކުރިއަށް އޮތީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބެވެ. ރައްޔިތުންގެ އަޑު އެންމެ ރަނގަޅަށް ގެނެސް ދެމުންދިޔައީ މި ސްޓޭޝަނުންނެވެ. އެހެންވެ، އަނދައި އަޅިޔަށް ހަދައިލިޔަސް ދިވެހިރައްޔިތުން ބޭނުންވީ ވަގުތުން ޓްރާންސްމިޝަން ފެށޭނެ ގޮތެއް ހެދުމަށެވެ. ދިވެހިރައްޔިތުންގެ ހެޔޮ ދުއާ އާއި ހަމްދަރުދީ އަދި ދީލަތި އަތްތައް ހުޅުވާލިއެވެ. އަދި ކޮންމެ މީހަކަށް ވެސް އެ މީހަކަށް ވެވުނު ކަމެއް ކޮށްދިނެވެ.

އޮކްޓޯބަރު 7، 2013 ވަނަ ދުވަހު ރާއްޖެ ޓީވީ ރޯކޮށްލުމާ ގުޅިގެން ސްޓޭޝަންގެ އިސްވެރިންނާއި މުވައްޒަފުންނަށް އެކި ފަރާތްތަކުން ހިތްވަރު ދެމުން ގެންދެވިއެވެ. އެ ގޮތަށް ގުޅުއްވި ބޭފުޅެކެވެ. އެއީ އާދަޔާ ހިލާފު ކޯލެކެވެ. ރާއްޖެ ޓީވީ ރޯކޮށްލައިގެން މެނޭޖުމެންޓާއި މުވައްޒަފުންނަށް އަދި މުޅި ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ ހިތްދަތިކަން އެ ކަމަނާއަށް ވެސް ތަހައްމަލު ކުރެވެމުންދިޔައެވެ.

ހިތްދަތިކަން ލިބޭ ކޮންމެ ވަގުތަކަށް، ހަސަދަވެރިންގެ ހަސަދައިން، މަކަރުވެރިންގެ ކަރުވެރިކަމުން، ނުރައްކާތަކުން، އަދި ޖިންނި ޝައިތާނުންގެ ކިބައިން ސަލާމަތްވުމަށް އެންމެ ފުރިހަމަ ފަރުވާއަކީ ކީރިތި ގުރުވާންކަން އެ ކަމަނާ ގަބޫލުކުރައްވައެވެ. އެއީ ކާކުކަން މާގިނަ ބަޔަކަށް އޭރު ނޭނގިދާނެއެވެ. ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެއް ހިދުމަތް ކުރެއްވި އެ ކަމަނާއަކީ މިހާރުގެ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒުނާ އަހްމަދު (ފަޒޫ) އެވެ.

ވޭތުވެ ދިޔަ ފަސް އަހަރު އެ ވާހަކަތައް ނުދައްކައެވެ. ނަމަވެސް، ބުރާސްފަތި ދުވަހު އިންތިޚާބީ ރައީސް ސޯލިހް ރާއްޖެ ޓީވީއަށް ވަޑައިގެން މި ސްޓޭޝަންގެ މުވައްޒަފުންނާ ބައްދަލުކުރުމަށް ބޭއްވި ހަފުލާގައި، ފަޒޫގެ އެ ޚިދުމަތް ރާއްޖެ ޓީވީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސަލީމް ވަނީ ފުރަތަމަ ފަހަރަށް ވަނީ ހިއްސާ ކުރައްވައިފައެވެ.

"[ފަޒޫ] ގުޅުއްވާފައި ވިދާޅުވި ތިހުރިހާ ބިރުވެރިކަމެއް ނާމާން ކަމެއް ތިމަންނަ މިދަނީ އިހުސާސް ކުރަމުންނޭ. އަދި ތަންކޮޅެއް މަންޒަރުން ދުރުގައި ހުއްޓަސް. ތިކަމުގައި އޮތް އެންމެ ރަނގަޅު ހައްލަކީ ކޮންމެ ދުވަހަކު ގުރުއާން ކިޔެވުމޭ. އޭރު އަޅުގަނޑުމެންގެ އޮފީސް ހިނގަމުންދިޔައީ ދެ އިމާރާތެއްގައި ވަރަށް ދަތި ހާލުގައި. ކޮންމެ ދުވަހަކު ގުރުއާން ކިޔަވާ މީހަކު ހެނދުނު ދެ އިމާރާތުގައި ތިން މަސްދުވަސް ވަންދެން ގުރުއާން ކިޔަވަމުން ގެންދިޔަ،" އަހްމަދު ސަލީމް ވިދާޅުވިއެވެ.

ގައިމު ވެސް މި ޚިދުމަތް ފަޒޫ ކޮށްދެއްވިއިރު، އެކަމަނާއަކީ ދިވެހިރާއްޖޭގެ މަހާ ރެހެންދި އަށް ވާނެ ކަނބަލެއްކަން ހިތްޕުޅަށް އަރައިވަޑައި ނުވެސް ގަންނަވާނެއެވެ. އެ ކަމަނާއަކީ ތަފާތު ކަނބަލެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް