15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ގްރީން ސްޓްރީޓް

ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް

  • ގްރީން ސްޓްރީޓުން ގެނައި ޔޫކްރޭންގެ ޑިފެންޑަރާއި ފޯވާޑަކީވެސް އެގައުމުގެ އެންމެ މަތީ ފެންވަރުގައި ކުޅެފައިވާ ކުޅުންތެރިން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 3 ފެބުރުވަރީ 2017 | ހުކުރު 20:23 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


ޕެޓްރޯ ކޮވަލްޗަކް -- ގޫގުލް

ޔޫރަޕްގެ ގަދަ ބާރެއް ކަމަށްވާ ޔޫކްރޭންގެ ޝަކްޓާ ޑޮނެސްކޭގެ ޔޫތު ޓީމްގައި ހިމެނުނު މިޑްފީލްޑަރެއް ގްރީން ސްޓްރީޓަށް ގުޅިއްޖެއެވެ.

 

މީގެ އިތުރުން ތަޖިކިސްތާން ލީގްގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި އިސްތިގްލާލްގެ ޔޫކްރޭން ޑިފެންޑަރަކާއި އެގައުމުގެ ޒުވާން ފޯވާޑެއް ވެސް ވަނީ ބުރާސްފަތި ދުވަހު ގްރީންސްޓްރީޓާއި ގުޅިފައެވެ.

 

ގްރީން ސްޓްރީޓަށް ގެނައި އުމުރުން 20 އަހަރުގެ މިޑްފީލްޑަރ ޑިމިޓްރޯ ޒުދަނާވް ޝަކްޓާ ޑޮނެސްކޭގެ ޔޫތު ޓީމްގައި ހިމެނިފައިވަނީ 2012އަދި 2013 ވަނަ އަހަރުގެ ސީޒަންގައެވެ.

 

އޭގެ ފަހުން އޭނާގެ ސީނިއާ ކެރިއާ ފެށިފައިވަނީ 2013 ވަނަ އަހަރު ޔޫކްރޭންގެ ފުރަތަމަ ޑިވިޝަންގެ ކްލަބް އެފްސީ ސްޓަލް އިންނެވެ. އެޓީމްގައި 2013 ވަނަ އަހަރާއި 2014 ގައި ހޭދަކުރުމަށް ފަހު އޭނާ ބަދަލުވީ ޔޫކްރޭންގެ ޕްރިމިއާ ލީގްގެ ކްލަބް ޒޯރްޔާ އަށެވެ.

 

އެކްލަބްގައި 2015 ވަނައަހަރު ހޭދަކުރުމަށް ފަހު މިދިޔަ އަހަރުވެސް ޑިމިޓްރޯ ހޭދަކުރީ ޔޫކްރޭންގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ކްރަމަޓޯސްކްގައެވެ. ޑިމިޓްރޯގެ އިތުރުން ސްޓްރީޓުން ގެނައި ޔޫކްރޭންގެ ޑިފެންޑަރާއި ފޯވާޑަކީ ވެސް އެގައުމުގެ އެންމެ މަތީ ފެންވަރުގައި ކުޅެފައިވާ ކުޅުންތެރިންނެވެ.

 

ގްރީން ސްޓްރީޓާއި ގުޅުނު ޑިފެންޑަރު، އުމުރުން 32 އަހަރުގެ ޕެޓްރޯ ކޮވަލްޗަކް އަކީ ޔޫކްރޭންގެ ފުރަތަމަ ޑިވިޝަންގައި ގިނަ އަހަރުތަކެއް ވަންދެން ގިނަ ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. މީގެ އިތުރުން ބެލަރޫސްގެ އެއްވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ކޯނޯ މޮރެޓްސްއަށް އޭނާ ވަނީ ކުޅެފައެވެ. މިދިޔަ އަހަރު އޭނާ ކުޅުނީ ތަޖިކިސްތާން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަން ކްލަބް، އިސްތިގްލާލްގައެވެ.

 

ގްރީން ސްޓްރީޓާއި ގުޅުނު ފޯވާޑަކީ ޔޫކްރޭން ޕްރިމިއާ ލީގްގެ ޔޫތު ޓީމްތަކަށް ކުޅެފައިވާ އުމުރުން 22 އަހަރުގެ އިއްލިއާ ސޮބޮލްއެވެ. 2012 އިން ފެށިގެން ޔޫކްރޭންގެ މެޓަލާގެ 19 އަހަރުން ދަށުގެ ޓީމާއި އެކްލަބްގެ 21 އަހަރުން ދަށުގެ ޓީމަށް އިއްލިއާ ކުޅެފައިވެއެވެ. ފާއިތު ވި ދެ އަހަރު އޭނާ ކުޅެފައިވަނީ ޔޫކްރޭންގެ ސްޓަލް ކްލަބްގެ 21 އަހަރުން ދަށުގެ ޓީމަށެވެ.

 

މިތިން ކުޅުންތެރިންގެ އިތުރުން ގްރީން ސްޓްރީޓުން ވަނީ މިދިޔަ އަހަރު ނިއުއަށް ކުޅުނު ޖަޕާންގެ ގޯލް ކީޕަރ ޖުން ކުޗީވެސް އެޓީމަށް ގެނެސްފައެވެ. ގްރީން ސްޓްރީޓަށް އިރުޝާދު ދޭނީ އެޓީމް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން ކޯޗް ސޮބާހް މުހައްމަދު (ސޮބާ)އެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް