18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ރިޔާސީ އިންތިޚާބު 2018

މުޅި ގައުމު ސުޕްރީމް ކޯޓުގެ ހުކުމުގެ އިންތިޒާރުގައި

  • މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފައި
  • ކޯޓަށް މައްސަލަ ވެއްދީ އޮކްޓޯބަރު 10 ގައި

| 17 އޮކްޓޯބަރ 2018 | ބުދަ 09:06 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  5. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  6. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  7. ޕްރިޔަންކާ އިނީ ބަލިވެ؟
  8. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!


ސުޕްރީމް ކޯޓްގެ އަޑުއެހުމަށް ވަނުމަށް އަންގާރަ ދުވަހު ހަދާފައިވާ ކިޔޫއަށް މެމްބަރު މަހްލޫފު އެރުމުން އެ ސަރަހައްދުގައި ހަލަބޮލިވެފައި -- ފޮޓޯ: ޙުސައިން ޙަސަން

ރައްޔިތުންގެ ހުކުމް ބާތިލުކުރުމަށް ރިޔާސީ އިންތިޚާބުން ބޮޑު ބައްޔަކުން ބަލިވި ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވާއިރު، ހުރިހާ ދިވެހި ރައްޔިތުންގެ ސަމާލުކަން ހުއްޓިފައިވަނީ ސުޕްރީމް ކޯޓަށެވެ.

އިންތިޚާބުގެ ނަތީޖާ ރައީސް އަބްދުﷲ ޔާމީން ގަބޫލުކުރެއްވުމަށް ފަހު، ނަތީޖާ ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ މި އޮކްޓޯބަރު 10 ވަނަ ދުވަހު އެވެ. އިންތިޚާބުގައި އޮޅުވާލުންތައް ހުރިކަމަށާއި އެކަމުގެ ހެކި ހުރި ކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވަމުން ގެންދެވިއިރު، ތިން ދުވަހު ބޭއްވި އަޑުއެހުންތަކުގައި މައިގަނޑު ގޮތެއްގައި ހެކީގެ ގޮތުގައި ހުށަހަޅާފައި ވޯޓު ކަރުދާހުގައި ކެމިކަލެއް ބޭނުންކޮށްފައި ހުރުމުން ފާހަގަ ފޮހެވިގެން ދާ މައްސަލަ އާއި ފާހަގަ ޖަހާ އަނގޮޓި އާއި ދެލި ފޮހެވިގެންދާ ގަލަމުގެ މައްސަލައެވެ.

މިިއީ ހިޔާލީ ވާހަކަތަކެއް ކަމަށް ފާހަގަކުރައްވައި، ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން މި މައްސަލައިގައި ވަކާލާތުކުރައްވާ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ މި އިންތިޚާބުގައި މަދީ އުދުހޭ މުސައްލައެއް ކަމަށެވެ.

އިންތިޚާބު އޮޅުވާލާފައިވާކަން ސާބިތުކޮށް ދިނުމަށް ސިއްރު ހެކިންގެ ގޮތުގައި ތިން މީހެއްގެ ހެކި ބަސް ނެގުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުންް ހުށަހެޅުއްވި ނަމަވެސް، އެ ފުރުސަތެއް ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ނުދެއްވި އެވެ.

އަޑުއެހުންތައް އަންގާރަ ދުވަހު ނިންމާލާފައިވާއިރު، ދެން އޮތީ ހުކުމް ކުރުމުވެ.

ރައްޔިތުންގެ ހުކުމް ބާތިލުކުރަން ހުށަހަޅާފައިވާ މި މައްސަލައިގެ ހުކުމްކުރުން މިއަދަށް ތާވަލުކޮށްފާނެ ކަމަށް ބައެއް މީހުން ދެކެ އެވެ. އަނެއް ބަޔަކު ދެކެނީ ހުކުމް ކުރާނީ ބުރާސްފަތި ދުވަހުގެ ރޭއަށް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ ވޯޓުގެ 41.6 ޕަސެންޓެވެ. އިބޫއަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ. އެއީ ވޯޓުގެ 58.4 ޕަސެންޓެވެ. މި ތާރީޚީ އިންތިޚާބުގައި ޖުމްލަ 230،757 މީހުން ވޯޓުލާފައިވާއިރު ބާތިލް ވޯޓުގެ ގޮތުގައި 3132 ވޯޓު ގުނާފައިވެ އެވެ. ވަގުތީ ނަތީޖާ އާއި ރަސްމީ ނަތީޖާއާ އަޅާބަލާއިރު ދާއިމީ ނަތީޖާގައި އިތުރުވެފައި ވަނީ 80 ވޯޓެ ވެ. އެ ވޯޓުތަކަށް ބަދަލު އައީ ނަތީޖާ ޝީޓްގައި ވޯޓުގެ އަދަދު ލިޔުމުގައި އަރާފައިވާ އޮޅުންތަކެއްގެ ސަބަބުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ނަތީޖާއަށް ބަލާއިރު، 38000 ވޯޓުގެ ފަރަގަކުން އިބްރާހިމް މުހައްމަދު ސޯލިހް އިންތިޚާބު ކާމިޔާބުކުރައްވާފައި ވާއިރު،  ބާތިލު ވޯޓާއި ވޯޓް ނުލައި ތިބި އެންމެންގެ ވޯޓް އެއްކޮށް ލިޔަސް، އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ރައީސް އަބްދުﷲ ޔާމީނަށް ކުރިއެއް ނުހޯއްދެވޭނެ އެވެ. އެހެންވެ، އިންތިޚާބު ބާތިލުކުރެވޭނެ ސަބަބެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ. އަދި ނަތީޖާ ގަބޫލުކުރުމަކީ އިންތިޚާބާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ހައްގު ދޫކޮށްލުން ކަމަށާއި އެހެންވެ، މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވެސް ދެވިގެން ނުވާނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ދެކެވަޑައިގަންނަވަ އެވެ.

މި ފަހަރުގެ އިންތިޚާބު މޮނިޓަރކުރުމާއި އޮބްޒާވްކުރުމަށް ހަ ހާހަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވިއިރު، އިންތިޚާބަކީ ސައްހަ އިންތިޚާބެއް ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އިންތިޚާބާ ގުޅިގެން ޖުމުލަ 423 ޝަކުވާ ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިހާ ސާފުކޮށް އެނގެން އޮތް ކަމެއްގައި ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އަންނާނީ ކިހިނެއްތޯ ބެލުމަށް އެންމެ ތިބީ ކެތްމަދުވެފަ އެވެ. ގައުމީ ބޮޑު މަސްލަހަތެއް އޮތް މި މައްސަލައިގެ ހުކުމްކުރުން ދިގު ދެމިގެން ދިއުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް