18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ސިއްހަތާމެދު އިހުމާލުވެވިފައި

އަބްދުލް ހަމީދު އަބްދުލް ކަރީމް | luckyhamyd

| 3 ފެބުރުވަރީ 2017 | ހުކުރު 19:45 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  4. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  5. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  6. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  7. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  8. ރާއްޖޭގައި ގަވާއިދާ ޚިލާފަށް 63،000 ބިދޭސީން މަސައްކަތް ކުރޭ: އިމިގްރޭޝަންދޯންޏެއް އެހެލަނިކޮށް ތިން މީހަކަށް އަނިޔާވެއްޖެ. އިމާރާތެއްގެ ފާރު ތަޅާލުމުގެ ތެރޭގައި މީހަކު މަރުވެއްޖެ. ބްރިޖަށް މީހުން އުފުލާ ޑިންގީއެއް ބަންޑުންޖަހާލައި ދެމީހަކު ޒަހަމްވެއްޖެ. އިމާރާތެއްގެ ހަތްވަނަ ބުރިން ވެއްޓި ބިދޭސީއަކު މަރުވެއްޖެ. މަތިންދާބޯޓު ސިޑީގައި ހެލިކޮޕްޓަރުގެ ބުރަފަތި ޖެހި ބުރައިގެން ދިޔަ އެތިކޮޅުތައް އެއާޕޯޓު މުއައްޒަފެއްގެ ބަނޑަށްވަދެ ސީރިއަސް ހާލަތުގައި. ހުރަވީ ބިލްޑިންގުގެ ކޮންކްރީޓްގަނޑެއް ވެއްޓި މުއައްޒަފަކަށް އަނިޔާވެއްޖެ. އަލިފާން ނިއްވުމުގެ ތެރޭގައި އަނިޔާވި ސިފައިންގެ މީހާ ރާއްޖޭން ބޭރަށް ގެންދަނީ. ޑިއުޓީގައި ހުރި ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސުމުން ފުލުސްމީހާ މަރުވެއްޖެ. އެމްޕީއެލްގެ ކެރޭނެއްގެ ބައެއް ބުރައިގެން ގޮސް ދެމީހަކު މަރުވެއްޖެ.

މިއީ މި ފަހަކަށް އައިސް ރާއްޖޭގެ ނޫސްތަކުން ފެނިގެންދިޔަ ސުރުހީތަކެވެ. މަސައްކަތުގެ މާހައުލުގައި ހިނގާ އެކްސިޑެންޓުތަކުން މީހުން މަރުވެ، އަނެއްބަޔަކު ޒަހަމްވެ ސީރިއަސް އަނިޔާތަށް ލިބުން އަބަދާ އަބަދު މި ދިވެހި މުޖުތަމައުގައި ތަކުރާރުވަމުންދެއެވެ. މިކަންކަމާމެދު ފިޔަވަޅެއް އެޅޭތަނެއް ނުފެނެއެވެ. އިހުމާލުވާ ފަރާތްތަށް ޖަވާބުދާރީކުރެވޭތަނެއް، ޒިންމާކުރެވޭތަނެއް ނާދެއެވެ. މިފަދަ ހާދިސާތަކަކީ ވަރަށް އާދައިގެ ކަންކަމުގެ ގޮތުގައި ގަބޫލުކުރެވެން ފަށައިފިއެވެ. ޚާއްސަކޮށް މަސައްކަތުގައި އުޅެނިކޮށް މަރުވެ އަނިޔާވާ ބިދޭސީންގެ އަދަދު އިތުރުވަމުންދާއިރު އެކަމާ އަޅާލާނެ ފަރާތެއް ހުރިހެނެއް ހިއެއްނުވެއެވެ. އާދުވަހަކަށް އިރުއަރަނީ މިފަދަ ކޮންމެވެސް ހިތާމަވެރި ހަބަރަކާއެކުއެވެ.

މަސައްކަތުގެ މާހައުލުގައި، މަސައްކަތުގައި މަޝްޢޫލްވެގެން އުޅެނިކޮށް މަރުވާ އަދި އަނިޔާވެ ޒަހަމް ލިބޭ މީހުންގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ މީހުންނާއި ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ މުއައްޒަފުންނާއި، ބޮޑެތި އަމިއްލަ ކުންފުނިތައް އަދި މެދުފަންތީގެ ކުންފުނިތަކާއި އަމިއްލަ މަސައްކަތުގައި އުޅޭ ފަރާތްތަށްވެސް ހިމެނެއެވެ. މިއިން ކޮންމެ ފަރާތަކަށްވެސް މަސައްކަތުގެ މާހައުލުގައި ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއެކު މަސައްކަތްކުރުމުގެ ހައްގު އޮންނަންޖެހެއެވެ. ވަޒީފާ ދޭފަރާތުން، މުއައްޒަފުންގެ ރައްކާތެރިކަމާއި ސިއްހަތާމެދު އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ހުންނަންޖެހެއެވެ. އަދި މަސައްކަތުގައި މަޝްއޫލުވެ އުޅެނިކޮށް ލިބޭ ގެއްލުމަށް ބަދަލުދޭނެ ނިޒާމެއް ގާއިމްވެފައި އެބަ އޮންނަންޖެހެއެވެ. ހަމަ މިއާއެކު، މުއައްޒަފުންގެ ރައްކާތެރިކަމާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، މުއައްޒަފުންނަށް ލިބޭ ގެއްލުމަށް ޒިންމާދާރުކުރުވުމުގެ ސަގާފަތެއް އަށަގަންނުވަން އެބަ ޖެހެއެވެ.

މަސައްކަތުގެ ބާވަތުން، ބައެއް މަސައްކަތަކީ އިންތިހާއަށް ރިސްކު ބޮޑު، ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އިންތިހާއަށް ބޮޑު މަސައްކަތެވެ. މިގޮތުން އިމާރާތްކުރުމުގެ މަސައްކަތް، މެޝިން ބޭނުންކޮށްގެން ކުރާ މަސައްކަތްތައް، ކަރަންޓާގުޅުންހުރި މަސައްކަތް، ކެމިކަލާ ގުޅުންހުރި މަސައްކަތްތައް، މަސްވެރިކަމާއި ފީނުން އަދި ކަނޑުމަތީގެ ވަޒީފާތައް، އަދި އަލިފާ ނިއްވާ މީހުންނާއި ފުލުހުންފަދަ ނުރައްކާތެރި ހާލަތްތަކާގުޅުންހުރި މަސައްކަތްތައް ކުރާ ފަރާތްތަށް އަބަދުވެސް ތިބެނީ ނުރައްކާތެރި މިފަދަ ހާލަތްތަކަށް ހުށަހެޅިފައެވެ. މިފަދަ ފަރާތްތަކަށް ރައްކާތެރިކަން ގާއިމްކުރުމަކީ، މަސައްކަތުގެ މާހައުލުގައި ހިނގާ އެކްސިޑެންޓްތައް ހިނގުން މަދުކުރެވިގެންދާނެކަމެކެވެ.

މަސައްކަތުގެ މާހައުލުގެ ސިއްހަތާއި ރައްކާތެރިކަން ނުވަތަ އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީއަކީ މިއަދު، މަސައްކަތުގެ މާހައުލުގައި ކޮންމެހެން ގާއިމްވެފައިހުންނަންޖެހޭ ބަހާއެކެވެ. ތިމާގެ ބެލުމުގެ ދަށުގައި މަސައްކަތްކުރާ މުއައްޒަފުންގެ ސިއްހަތާއި ރައްކާތެރިކަމަކީ ތިމާ އެއާމެދު ޒިންމާވެ ޖަވާބުދާރީވާންޖެހޭ ކަމެކެވެ. ބައިނަލްއަގްވާމީ މަސައްކަތްތެރިންނާބެހޭ އިދާރާ، އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައި.އެލް.އޯ) ބުނާގޮތުން، މަސައްކަތުގެ މާހައުލާއި ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ގައުމީފެންވަރުގައި ގާނޫނު އެކުލަވާލައި ތަންފީޒުކުރަންޖެހެއެވެ. މިގޮތުން މިގާނޫނާއި ގަވާއިދުގެ ދަށުން، މުއައްޒަފުން ގެންގުޅޭ އެންމެހާ ފަރާތްތަކުންވެސް މުއައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅާކަން ކަށަވަރުކުރަންޖެހެއެވެ.

މިއަދު ދުނިޔޭގެ ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކުގައިވެސް މަސައްކަތުގެ މާހަލުގެ ސިއްހަތާ ރައްކާތެރިކަމާގުޅޭ ގާނޫނެއް އެކުލަވާލެވި، މަސައްކަތްތެރިންގެ ފުރާނައާއި ސިއްހަތު ރައްކާތެރިކުރުމަށް އެތައް މަސައްކަތެއް ކުރެވެމުން ދެއެވެ. މިގޮތުން ގިނަ ގައުމުތަކެއްގައި މަސައްކަތުގެ މާހައުލުގެ ސިއްހަތާ ރައްކާތެރިކަމާގުޅޭ އިދާރާއެއް ގާއިމްކުރެވި، މަސައްކަތުގެ މާހައުލުގައި ދިމާވާ އެކިއެކި ނުރައްކާތަކުން ރައްކާތެރިވުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި، ކުންފުނިތަކުންނާއި މުއައްޒަފުން ގެންގުޅޭ ފަރާތްތަކުން މަސައްކަތްކުރާ ތަންތަނުގެ ހާލަތު ބަލައި ވަޒަންކުރުމުގެ ހަރަކާތްތައް ހިންގައެވެ. މިގޮތުން، ކަނޑައެޅިފައިވާ ވަކި ބާވަތްތަކުގެ މަސައްކަތްތަކަށް، އަދި ވަކި ބާވަތްތަކެއްގެ މެޝިނަރީ އަދި ކެމިކަލް ހިމެނޭ މާހައުލުތަކުގައި މަސައްކަތްކުރާ މީހުންގެ ރައްކާތެރިކަމަށް ހާއްސަ ގަވާއިދުތަކާއި އުސޫލުތައް ހެދިފައި ހުރެއެވެ. އަދި ވަކި ބާވަތްތަކެއްގެ، އަދި ވަކިވަރަކަށްވުރެ ބޮޑު ކުންފުނިތަކުގައި އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ އޮފިސަރެއް ހުރުން މަޖުބޫރުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އިސްމާއިލް ރިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް