19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ފަތިސް 04:45
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:19
މަޣްރިބް 18:14
ޢިޝާ 19:27

ރިޔާސީ އިންތިޚާބު 2018

އިންތިޚާބު އޮބްޒާވްކުރަން 21،000 ލޯ، ދެން ޕީޕީއެމް އިން ކޮން ވާހަކައެއް!

 • ޑީއާރުޕީ: 509، އެމްޑީއޭ: 468، ޕީޕީއެމް: 372 އޮބްޒާވަރުން ހަރަކާތްތެރިވި
 • މިހާރު މި ފާހަގަކުރާ ޝަކުވާތަކެއް ކުރިން ހުށަހަޅާފައެއް ނެތް

| 16 އޮކްޓޯބަރ 2018 | އަންގާރަ 16:47 | |

މަގުބޫލް

 1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
 2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
 3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
 4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
 5. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
 6. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
 7. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
 8. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި


ރިޔާސީ އިންތިޚާބުގެ ވޯޓު ގުނި ވަގުތު ވޯޓު ކުރުދާސްކޮޅެއް ދައްކާލަނީ -- ފޮޓޯ: ޙުސައިން ޙަސަން

އިންތިޚާބުގެ ސައްހަކަމާމެދު ސުވާލު އުފައްދަނީ ހަމައެކަނި އިންތިޚާބުން ބޮޑު ބައްޔަކުން ބަލިވި ރައީސް އަބްދުﷲ ޔާމީނެވެ. ވޯޓް ކަރުދާހުގެ މައްސަލަ އާއި ފާހަގަ ގެއްލިގެންދާ މައްސަލައެވެ. އޮނގޮޓިއަކުން ވޯޓް ބާތިލުކުރެވޭ ގޮތަށް ފާހަގަޖެހުމުގެ ވާހަކައެވެ. މި ވާހަކަތައް އިންތިޚާބުގެ ކުރިން ވެސް ފެންމަތިވިއެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން އިންތިޚާބުގެ ނަތީޖާ ގަބޫލުކުރެއްވިއިރު، މިއިން އެއްވެސް މައްސަލައެއް ފާހަގައެއް ނުކުރައްވައެވެ.

އިންތިޚާބުގައި ގާތްގަނޑަކަށް3791  އޮފިޝަލުން ހަރަކާތްތެރިވިއެވެ. އޭގެތެރެއިން ގިނަ ބޭފުޅުންނަކީ ޕީޕީއެމްގެ މެމްބަރުންނެވެ. ނުވަތަ އެ ބޭފުޅުންނާ ގާތްގުޅުމެއް އޮތް މީހުންނެވެ. ސެޕްޓެމްބަރު 23 ގައި ބޭއްވި ތާރީޚީ އިންތިޚާބު އޮބްޒާވްކުރަން 2610 މީހުން ހަރަކާތްތެރިވިއިރު، މޮނިޓަރުންގެ ގޮތުގައި 3329 މީހުން ހަރަކާތްތެރިވިއެވެ. ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 944 މީހުން ދިޔައީ އިންތިޚާބު ގާތުން ބަލަމުންނެވެ. އޮފިޝަލުންނާއި މޮނިޓަރުންނާއި އޮބްޒާވަރުން އަދި މަންދޫބުންނާއެކު އިންތިޚާބު އެންމެ ގާތުން ގާތްގަނޑަކަށް21,348  ލޮލުން ބަލަމުންދިޔައެވެ.  

އިންތިޚާބުގެ ކުރިން އެތައް ބައިވަރު ޝަކުވާތަކެއް ހުއްޓަސް، ވޯޓުލީ ދުވަހު ޝަކުވާތައް ވަރަށް މަދެވެ. އިލެކްޝަންސް ކޮމިޝަންގެ ޝަކުވާއާ ބެހޭ މަރުކަޒަށް ހުށަހަޅާފައިވަނީ 423 މައްސަލައެކެވެ.

އިންތިޚާބުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ޕީޕީއެމްއިން ބުނަމުން ދިޔަ ނަމަވެސް، އެ ބުނާ މައްސަލަތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ނެތްކަން ރާއްޖެ އެމްވީއަށް ވަނީ އެނގިފައެވެ. މެޖިކް ގަލަމާއި އަނގޮޓި އާއި ނަންބަރު 1 ގެ ފާހަގަ ނަންބަރު 2 ގެ ގޮޅިއަށް ވެއްޓޭ މައްސަލައެއް ހުށަހަޅައިފައި ނެތެވެ. އަދި ވޯޓްގެ ދާއިމީ ނަތީޖާ އިއުލާނުކުރުމުގެ ކުރިން ވެސް، ރައީސް ޔާމީން ބަލި ގަބޫލު ކުރެއްވުމުގެ ކުރިން ވެސް އެއްވެސް މީހަކު އެފަދަ މައްސަލަތަކެއްގެ ވާހަކަ ދައްކާފައެއް ނެތެވެ.

އެހެންވެ، އެ މައްސަލަތައް ފާހަގަ މިވީ ކޮން ބަޔަކަށް ހެއްޔެވެ.

 

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން

ގައިމު ވެސް ފޮށިތައް ކައިރީގައި ގިނައިން ތިބީ ޕީޕީއެމް އާއި އެ ޕާޓީއާ އެކި ގޮތްގޮތުން ގުޅިފައިވާ ފަރާތްތަކެވެ. އޮބްޒާވަރުންގެ ގޮތުގައި ޕީޕީއެމްއާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ 468 އޮބްޒާވަރުންނާއި ޑީއާރުޕީގެ 509 އޮބްޒާވަރުން އަދި ޕީޕީއެމްގެ 372 އޮބްޒާވަރުން ހަރަކާތްތެރިވިއެވެ. މިއީ ޖުމުލަ 1349 އޮބްޒާވަރުންނެވެ. ދެހާސް ހަ ސަތޭކަ ނުވަދިހަ އަށް ލޮލެވެ. އެމްޑީޕީގެ އޮބްޒާވަރުންގެ އަދަދަކީ، 414 އެވެ.

އިންތިޚާބު އޮބްޒާވްކުރި ފަރާތްތައް

 1. ޑީއާރުޕީ: 509
 2. އެމްޑީއޭ: 468
 3. ޕީޕީއެމް: 372
 4. އެމްޑީޕީ: 414
 5. ޓްރާންސްޕޭރެންސީ މޯލްޑިވްސް: 320
 6. ވިމެން އެންޑް ޑިމޮކްރަސީ: 264
 7. ޖުމްހޫރީ ޕާޓީ: 122
 8. އަދާލަތު ޕާޓީ: 47
 9. އެޗްއާރުސީއެމް: 75
 10. ފަރުދުން: 14
 11. ރަފީ: 5

އިންތިޚާބު މޮނިޓަރކުރަން 3329 މީހުން ހަރަކާތްތެރިވިއިރު، އޭގެ ތެރޭގައިވެސް ގިނައީ ޕީޕީއެމްއާ ގުޅުން ހުރި ފަރާތްތަކެވެ. ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބު ހޯދައިދިނުމަށް އިންތިހާއަށް މަސައްކަތްކުރި ދައުލަތުގެ މީޑިއާގެ ޕީއެސްއެމް އާއި ޓީވީއެމް އާއި ޔެސް ޓީވީ އާއި ދިވެހިރާއްޖޭގެ އަޑުގެ މޮނިޓަރުންގެ އަދަދު 1022 އަށް އަރައެވެ. ސަރުކާރާ ގުޅުންހުރި އެހެން ބައެއް މީޑިއާތަކުން ވެސް އެތައް ސަތޭކަ މޮނިޓަރުންގެ ހަރަކާތްތެރިވަމުން ދިޔަ އެވެ. ޗެނަލް 13ގެ 462 މޮނިޓަރުންނާއި ސަން މީޑިއާ ގްރޫޕްގެ 371 މޮނިޓަރުންނާއި ވަގުތު އޮންލައިންގެ 177 މޮނިޓަރުން ވެސް ދިޔައީ އިންތިޚާބުގައި ކަން ހިންގަމުންދިޔަ ގޮތް ބަލަމުންނެވެ. މި އަދަދުތަކަށް ބަލާއިރު، އެއީ ޖުމުލަ 2032 މޮނިޓަރުން ނެވެ. 4064 ލޮލެވެ.

 

އިންތިޚާބުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ޝަރީފު އިސްތިއުފާ ދިނުމަށް ގޮވާލީ ގުޅިފައިވާ ޕާޓީތަކުން، ވޯޓަށް ފަހު ޕީޕީއެމް އަށް ޝަރީފު ރަނގަޅެއް ނުވި

މޮނިޓަރުންގެ އަދަދުތަކަށް ބަލާއިރު ވެސް ގިނައީ ސަރުކާރާ ގުޅުންހުރި މީޑިއާތަކުގެ މޮނިޓަރުންނެވެ. ދެން ހުރި ހުރިހާ މީޑިއާތަކުގެ މޮނިޓަރުންގެ އަދަދަކީ 1297 އެވެ.

މޮނިޓަރުންގެ އަދަދު

 1. ރާއްޖެ ޓީވީ: 471
 2. ޗެނަލް 13: 462
 3. ދިވެހިރާއްޖޭގެ އަޑު: 165
 4. ޓީވީއެމް: 396
 5. ޕީއެސްއެމް: 352
 6. ޔެސްޓީވީ: 109
 7. މިހާރު ނޫސް: 283
 8. ވީމީޑިއާ: 266
 9. ސަން މީޑިއާ ގްރޫޕް: 271
 10. ސަންގު ޓީވީ: 16
 11. އަވަސް އޮންލައިން: 114
 12. ވަގުތު: 177
 13. މިނިވަން97: 320
 14. އެހެން ތަންތަން: 61

މި ފަހަރުގެ އިންތިޚާބުގައި ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ހަރަކާތްތެރިވުމަށް ދަތިތަކެއް ދިމާވިޔަސް، ބައިނަލްއަގުވާނީ 30 އަށް ވުރެ ގިނަ މީހުން ވެސް އިންތިޚާބު މޮނިޓަރކުރިއެވެ.

ނާކާމިޔާބީ ގަބޫލުކުރެއްވުމަށް ފަހު ޕީޕީއެމްގެ ފިޔަވައި، އިންތިޚާބުގެ ކަންކަން ހިނގައިދިޔަ ގޮތް ބެލި އެއްވެސް ފަރާތަކުން، އިންތިހާބުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ހާމައެއް ނުކުރެއެވެ. ހުރިހާ އެންމެންވެސް ބުނެފައިވަނީ އިންސާފުވެރި އިންތިޚާބެއް ކަމަށެވެ. ނަތީޖާއަށް ބަދަލު އަންނަވަރުގެ މައްސަލައެއް ނެތް ކަމަށެވެ. އިންތިޚާބުގައި ހުރި މައްސަލަތައް ކަމަށް ބުނެ، ފާހަގަ ބަދަލުވާ ވާހަކަ ދައްކާއިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި 96,132 ވޯޓް ބަދަލު ނުވެ ހުރީ ކޮން ސިހުރެއް ހަދައިގެން ހެއްޔެވެ؟ އެފަދަ ވާހަކަ ދައްކަވާއިރު އިންތިޚާބުގެ ސައްހަކަން ކަށަވަރުކޮށްދޭން ތިބީ ސިއްރު ތިން ހެކިވެރިންނެއް ނޫނެވެ. އިންތިޚާބު ސައްހަކަމަށް ބުނުމަށް މާގިނަ މީހުން އެބަ ތިއްބެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މާނު

6 މަސް ކުރިން

ކިތަންމެ ވަރެއް ކުރިޔަސް ރަސް މާ ވަގަކު ވާނީ ހަމަ ބޮޑު ވަގަކަށް.

4
0