18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ރިޔާސީ އިންތިޚާބު 2018

އަދިވެސް މަނިކުފާނަށް ތި ދައްކަވަނީ އަވާމެންދުރު

  • 41 ޕަސެންޓަށް ވުރެ ގިނަ ވޯޓު ގިނަ ވޯޓް ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި
  • އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެންނެވި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 16 އޮކްޓޯބަރ 2018 | އަންގާރަ 13:47 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  5. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  6. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  7. ޕްރިޔަންކާ އިނީ ބަލިވެ؟
  8. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!


ރައީސް ޔާމީން -- ފޮޓޯ: ރާއްޖެ އެމްވީ

ރިޔާސީ އިންތިޚާބުގެ ނަތީޖާ ބޮޑު ތަފާތަކުން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް ބަލި ގަބޫލު ކުރެއްވީ ވޯޓު ނަގާ ވަގުތީ ނަތީޖާ އިއުލާން ކުރެއްވިތާ 24 ގަޑިއިރު ނުވަނީހެވެ.

އެމަނިކުފާނާއި އެކީ ވާދަ ކުރެއްވި ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވާ ބަލި ގަބޫލުކުރެއްވި ކަމަށާއި ދިވެހިރައްޔިތުން އެ މީހުންގެ ނިންމުން ނިންމައިފި ކަމަށެވެ. އަދި އެނިންމުން އެމަނިކުފާނު ވެސް ގަބޫލުފުޅު ކުރައްވައި އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާވެސް ދަންނަވާފައިވާ ކަމަށެވެ.

"އަޅުގަނޑު ނެތިން އެއްގޮތަކަށްވެސް އަޅުގަނޑާއި ހެދި އަޅުގަނޑު ކަން ކުރާ ގޮތުން އެހެން ދިވެހިރައްޔިތުންނަށް ތަކުލީފަކަށް ވާކަށް އަޅުގަނޑު ނެތިން،" ރައީސް ޔާމީން ވިދާޅުވިއެވެ.

އޭގެ ހަފްތާއެއްގެ ފަހުން އެމަނިކުފާނުގެ ރާގު ބަދަލުވާން ފެށިއެވެ. އެމަނިކުފާނަށް ކުރިއަށް ވަޑައިގެންނެވޭނީ މެމްބަރުންގެ ޚިޔާލާއި އެއްގޮތަށް ކަމަށް ވިދާޅުވެ ނަތީޖާ ގަބޫލު ނުކުރުއްވާކަމަށް ވިދާޅުވީ މިމަހުގެ 1 ގައި ޕީޕީއެމް އޮފީސް ދޮރުމަތީގައި ބޭއްވި މުޒާހަރާގައެވެ. ރައީސް ޔާމީން ވިދާޅުވީ އިންތިޚާބުގައި 41.6 ޕަސެންޓް ވޯޓް ލިބިވަޑައިގެންނެވިއިރު އެއަށް ވުރެ ގިނަ ވޯޓް ލިބިވަޑައިގަންނަވާނެކަމަށެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް ނަތީޖާ ގަބޫލު ނުކުރަނީކީ ނޫން. އަޅުގަނޑަކީ އެންމެ މީހެއް. އަޅުގަނޑުމެންގެ ލީގަލް ޓީމުން އެބަ މަސައްކަތް ކުރައްވާ. އަނެއްކާ މިތަނުން މި ފެންނަނީ ރައްޔިތުންގެ އިހުސާސް. އެހެން ވީމާ މިކަމުގައި އަޅުގަނޑަށް ދެން ދެވޭނީ އާންމު މެންބަރުންގެ އިހުސާސްތަކާ އެއްގޮތަށް އަޅުގަނޑަށް ކުރިއަށް ދެވޭނީ." ރައީސް ޔާމީން  އެރޭ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓު އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ، އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއްގެ މައްޗަކަށް ނޫނެވެ. އެކަން އެއޮތީ ސުޕްރީމް ކޯޓުން އެނގި ހާމަވާށެވެ.

މަނިކުފާނެވެ! އިންތިޚާބުގެ ކުރިން ވެސް ކައިރީގައި ތިއްބެވި ބޭފުޅުން ވިދާޅުވީ މަނިކުފާނަށް ތާއީދު އޮތްކަމަށެވެ. ސައިޒު ދައްކާލުމަށް ނެތް ތާއީދެއް ދެއްކުމަށް އަތްޕުޅުގައި ހުރިހާ އާރަކާއި ބާރަކާއި ވަސީލަތެއް ބޭނުންކުރައްވައިގެން މީހުން މާލެ ގެނެސް އެބޭފުޅުން މަނިކުފާނަށް ދެއްކެވީ އަވާމެންދުރެވެ. އެކަން ރިޔާސީ އިންތިޚާބުގެ ވޯޓުން އެ އޮތީ އެނގި ހާމަވާށެވެ.

 ތަފާތު ބޮޑުކޮށް މަނިކުފާނު އޮތީ ބަލިވެފައެވެ.  ދެން ވެސް ބަލި ގަބޫލު ކުރައްވާށެވެ. ބޮޑުތަނުން ނޫނެކޭ ބުނީމާ އެވީ އެކަން ގަބޫލު ކުރައްވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް