24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

މަގޭ ރިޕޯޓު

ލޮނދި ހިކައެއް ކަހަލަ ފާހަގަ

  • ފާހަގައާ ގުޅޭ ގޮތުން ތަރުޖަމާނު މުއާޒު ވަނީ ފިސާރި ވާހަކައެއް ތިލަ ކުރައްވާފައި
އާމިރު ސަލީމް | produceramir

| 15 އޮކްޓޯބަރ 2018 | ހޯމަ 18:38 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


ސެޕްޓެމްބަރު 23، 2018: ވޯޓު ގުނުމުގެ މަސައްކަތުގައި އުޅުނު އޮފިޝަލުން ވޯޓު ކަރުދާސް ވަކިވަކިން ދައްކަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބްގެ ނަތީޖާ ރައީސް ޔާމީންއަށް ގަބޫލުފުޅު ނުކުރެއްވިގެން އުޅުއްވާ ވާހަކަ އަކީ އެއްމެންދަންނަ ވާހަކަ އެކެވެ.އިންތިޚާބުން ބަލިވެ ވަޑައިގަތުމުން އެކަން ހަޖަމް ނުކުރެއްވިގެން އުޅުއްވާ ވާހަކަ އާއި ކޮއްމެ ގޮތެއް ހައްދަވައިގެން ނަމަވެސް ވެރިކަމުގައި ބަގުޑި ބައްދަވައިގެން ބާރަށް ދަތްއަޅުއްވައިގެން ހުންނަވަން އުޅުއްވާ ވާހަކަ އަކީވެސް އެއްމެން ދަންނަ ވާހަކަ ތަކަކެވެ. އަޖައިބެއް ފަދަ ވާހަކަ ތަކެއްނަމަވެސް ލިޔެވޭ އަނގޮޓިއަކާ، ކުލަފިލާ ގަލަމަކާ ،ވޯޓް ކަރުދާހުގާ އުނގުޅާ ތެލެއްގެ ވާހަކަ އަކީވެސް ޚިޔާލީގޮތުން ރައީސް ޔާމީން ގެންގުޅުއްވާ އެއްޗެހި ތަކެއްކަމީ އެއްމެންވެސް ދަންނަ ވާހަކަ އެކެވެ. 

މި ހުރިހާ ވާހަކަ ތަކެއް އިވިއިވި އެއްގޯސް ވެފާހުއްޓާ ރައީސް ޔާމީންގެ ތަރުޖަމާން މުޅިން އާވާހަކަ އެއް ދައްކާއިފި ކަމުގެ ޚަބަރު ރަށުތެރޭގައި ފަތު އަޑު ކިޔާފާ ފެތުރިގެންފިއެވެ. އެއީ ފިސާރި ވާހަކަ އެކެވެ. އެއީ ސިހުރަކަށް ވުރެ ނުބައި ޖާދޫ އަކަށް ވުރެ މޮޔަ ޚިޔާލަކަށްވުރެ ނުރައްކާ ވާހަކަ އަކަށްވުރެ އުނި ރައިވަރަކަށް ވުރެ އޮޅުން ބޮޑު ފަރިއްސަކަށް ވުރެ ދިގު ދޮގަކަށް ވުރެ ދޮގުކަން ބޮޑު ވާހަކައެކެވެ. އެވާހަކަ ހިފައިގެން މީހުން ގަނޑު ތެދުވެގަތީ ތަނެއް ދޮރެއް ބަލާފައެއް ނޫނެވެ. 

ވޯޓު ގުނުމުގެ މަސައްކަތް އޮބްޒާވަރުންނާއި މޮނީޓަރުންނާއި އާންމުންގެ ކުރިމަތީގައި ކުރިއަށް ދަނީ-- ފޮޓޯ/ ރާއްޖެއެމްވީ

ކޮންމެއަކަސް ތަރުޖަމާނު ދެއްކި މި ވާހަކައެއް އޮޅުންފިލުވާލަން ބައެއް މީހުން ގާތު ސުވާލު ކޮށްލައިފީމެވެ. އެމީހުން ބުނީ އޭނާ ދެއްކީ ވޯޓް ކަރުދާހުގާ ޖަހާ ފާހަގައެއްގެ ވާހަކަ ކަމުގައެވެ. އެއީ އަޖައިބެއްފަދަ ފާހަގައެކެވެ. ރަބަރު ދޫވެފައި އޮންނަ ހަރުވާޅެއްފަދަ އެއްޗެކެވެ. މަތީ އޮންނަ ގޮޅީގައި ޖެހުމުން ތިރިއަށް ވެއްޓެނީއެވެ. ލޮންދިކަމުން ހިފަހައްޓައެއް ނުލެވެއެވެ. މަތީއޮންނަ ގޮޅީގައި ޖެހުމުގެ ކުރިން އަތުތެރެއިން ދެމިގެންވެސް ވެއްޓެނީއެވެ. އެއީ ދިރޭރަހަ ކޮޅެއްކަހަލަ އެއްޗެކެވެ. ހުދު ކާފޫރު ކޮޅެއް ފަދައެވެ،ބިއްލޫރި ކޮޅެއް ފަދަ އެއްޗެކެވެ. 

އިންތިޚާބުން އިދިކޮޅު ކެންޑިޑޭޓް މޮޅު ކުރުމަށް އިލެކްޝަން ކޮމިޝަނުން ދިން އެ ފާހަގަ ޖެހުމުން ބަލަބަލާ ހުއްޓާ އެ ފާހަގަ ވެއްޓުނު ތަން ދުއްމީހުންނާ، ވަޔަށް އަރައިގެން ދިޔަ މަންޒަރު ދުއް މީހުންނާ ، ފާހަގަ ބިންމައްޗަށް ވެއްޓި ތަޅާއިގެން ދިޔަ ތަން ދުއްމީހުންނާ، އެއް ނަމްބަރު ގޮޅީގާ އޮތް ފާހަގަ ހުދުހިފާ ގޮސް ދެ ނަމްބަރު ގޮޅިއަށް ޖެއްސި މަންޒަރު ދުއްމީހުންނާ، ހަތަރެސްފާ ޖަހާފައި ފާގަ ދުއްވާގެން ތަން ދުއް މީހުން ތަރުޖަމާނު ގާތު އެވާހަކަ ކިޔައިދީފިޔޭ ވެސް އެމީހުން ބުންޏެވެ. ބައެއް މީހުން އަޅުގަނޑަށް ކިޔާ ދިން ގޮތުގާ ޕީޕީއެމްގެ ބައެއް މީހުން ޖެހި ފާހަގަ ހަރު ނުލައިގެން ހީރަސް ޖަހައިގެން ފާހަގަ ހިފެހެއްޓި ކަމަށާ ބަންނަ ރަބަރު އަޅުވާއިގެން ފާހަގަ ގޮޅީގައި ބަނތް ވާހަކަވެސް ތަރުޖަމާނަށް ވަނީ ކިޔާދީފަ އެވެ. އަދި ވޯޓު ލާ ނިމުނު އިރު ބައެއް މީހުން ޖެހި ފާހަގަތައް މޭޒުމަތީގައި ހުރި ވާހަކަ އާއި އެތަން ކުނިކެހި މީހުންނަށް ބިންމައްޗަށް ފައިބާފާ ހުރި އެތައް ފާހަގައެއް ފެނުނު ވާހަކައާއި، ވޯޓް ފޮށީގެ ބައެއް އޮފިޝަލުންގެ ގައިގާ ދިޔާވެފައި ހުރި ބައެއް ފާހަގަތަށް އުންގުޅިފައި ހުރި މަންޒަރު ފެނުނުކަމަށް ތަރުޖަމާނަށް ބަޔަކު މީހުން ކިޔާ ދީފިއޭވެސް އެމީހުން އަޅުގަނޑު ގާތުގައި ބުންޏެވެ. އަދި މީ ހުސް ހެކި ކަމުގަޔާ މީރައީސް ޔާމީން އަށް ލިބުނު ވޯޓްތަކެއް ކަމަށް ވެސް ތަރުޖަމާނު ގާތު ބަޔަކު ކިޔާ ދިން ކަމަށް އެ މީހުން ބުންޏެވެ.

ކޮންމެޔަކަސް މި ވާހަކަ އަޑު އިވުމާއި އެކު އޅުގަނޑަށް ވެސް ލިބުނީ ޝޮކެކެވެ. އެބުނާ ފާހަގައެއް ސިފަ ކުރަން ނޭންގި އެތެއް އިރަކު ހުރެފާ އަޅުގަނޑަށްވެސް ބުނެވުނީ ތަރުޖަމާނުވެސް އެ ބުނާ ހެންނެވެ. ތެދުފުޅެކެވެ. އެއީ ހަމަ ލޮނދި ހިކައެއްކަހަލަ ފާހަގަ އެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Shaba

6 މަސް ކުރިން

Kiyan feshi iraku liyuntheriyaa nubalan,,, ekamaku kiyamun dhiyavarakah hithan ery yageeney Amir Saleem ge liyumehkkan mi .. Hehehehe one of the best writer . ☺

1
0
ގޭްސް

6 މަސް ކުރިން

އަނެއްކާ އެބުނާ ފާހަގައެއް ދިޔައީ އަޑިން ނާއި މަތިން އާއަ ތިރިން ނޯ. ހެ ހެއް.

0
0