20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އުސެން ބޯލްޓް

ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ

  • މިހާރުހުރި ފެންވަރަށްވުރެ މައްޗަށްދާން އުދަނގޫވާނެ ކަމަށް ބުނި
  • މެޑަލް ގެއްލުނަސް މައްސަލައެއް ނޫން ކަމަށް ބުނި
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 3 ފެބުރުވަރީ 2017 | ހުކުރު 17:32 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


ބޯލްޓް އިންޓަވިއުއެއް ދެނީ، ވޯލްޑް ޗެމްޕިއަންޝިޕަށްފަހު ރިޓަޔަކުރާނެ ކަމަށްބުނޭ:_ފޮޓޯ ޔާހޫ -- ގޫގުލް

އަންނަ އަހަރު އޮސްޓްރެލިއާގައި ބާއްވާ ކޮމަންވެލްތު ގޭމްސްގައި ބައިވެރިނުވާނެކަން ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ޖެމެއިކާގެ އުސައިން ބޯލްޓް ހާމަކޮށްފިއެވެ.

 

އަށް ފަހަރު އޮލިމްޕިކް ޗެމްޕިއަންކަން ހޯދާފައިވާ އުމުރުން 30 އަހަރުގެ ބޯލްޓް ބުނެފައިވަނީ ކުރިއަށް ހުރި މުބާރާތްތަކުގައި ކާމިޔާބު ހޯދުމަށް ކުރިން ހުރި ފެންވަރަށް އައުމަށް ވަރަށް ބުރަކޮށް، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެކަމަކު މިހާރު އެވަރަށް މަސައްކަތް ކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށް އޭނަ ބުންޏެވެ.

 

ނިމިގެންދިޔަ އަހަރު ބްރެޒިލްގެ ރިއޯގައި އޮތް އޮލިމްޕިކް މުބާރާތުގެ 100 މީޓަރާއި 200 މީޓަރުގެ އިތުރުން 400 މީޓަރު ކާމިޔާބުކޮށްފައިވާ ބޯލްޓްއަށް 2008 ވަނަ އަހަރު ބެއިޖިންގގައި އޮތް އޮލިމްޕިކް މުބާރާތުގެ 400 މީޓަރު ރިލޭއިން ލިބުނު ރަންމެޑަލް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ވަނި އަތުލާފައެވެ.

 

ބޯލްޓް މެޑަލް އެ ކޮމިޓީން އަތުލާފައިވަނީ ބެއިޖިންގގައި އޮތް އޮލިމްޕިކް މުބާރާތުގެ 400 މީޓަރު ރިލޭ ކާމިޔާބުކުރި ޖެމެއިކާ ޓީމުގައި ހިމެނުނު ނެސްޓާ ކާޓަރ، ކުޅިވަރުގައި މަނާކޮށްފައިވާ ބޭހެއް ބޭނުންކޮށްފައިވާ ކަމަށް ޓެސްޓުތަކުން ދެއްކުމުންނެވެ.

 

އޮސްޓްރެލިއާގައި ބާއްވާ ކޮމަންވެލްތު ގޭމްސްގައި ބައިވެރި ނުވުމަށް ބޮލްޓް ނިންމާފައިވާއިރު މިއަހަރުގެ ފަހުކޮޅު އިނގިރޭސިވިލާތުގެ ލަންޑަނުގައި ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕް އަކީ އޭނާގެ ކެރިއަރުގެ އެންމެފަހު މުބާރާތެވެ.

 

ވޯލްޑް ޗެމްޕިއަންޝިޕަށްފަހު ރިޓަޔަރ ކުރުމަށް ބޮލްޓް ވިސްނާފައިވިޔަސް ގިނަބަޔަކު އުއްމީދު ކުރަނީ ކޮމަންވެލްތު ގޭމްސްގައި ވެސް އޭނާ ފެންނާނެ ކަމަށެވެ.

 

ބެއިޖިންގގައި އޮތް އޮލިމްޕިކް މުބާރާތުގެ 400 މީޓަރު ރިލޭއިން ލިބުނު ރަންމެޑަލް އަތުލުމުން އެކަމާއި ފުރަތަމަ ހިތްހަމަ ނުޖެހުނު ކަމަށާއި ނަމަވެސް ދިރުއުޅުމުގައި ކަންކަމާއި ދިމާވާނެ ކަމަށް ބޮލްޓް ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް