11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ބޮލީވުޑް

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

  • މި ފިލްމުގެ ޓްރެއިލާވެސް ބެލުންތެރިންނަށް މިހާރު ވަނީ ދައްކާލާފަ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 3 ފެބުރުވަރީ 2017 | ހުކުރު 16:10 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ޖެކޮލިން ފެނާންޑެޒް -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

 "ހައުސްފުލް 2" އާއި "ރޭސް2"  ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ސްރީ ލަންކާއަށް އުފަން ބޮލީވުޑް އެކްޓްރެސް ޖެކޮލިން ފެނާންޑޭޒްގެ ފުރަތަމަ ހޮލީވުޑް ފިލްމް މިއަހަރުގެ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖައްސައިފިއެވެ.

 

 އިގިރޭސި ފިލްމް އުފައްދާ ޖޭމްސް މިމްޕްސަން ލިޔެ ޑައިރެކްޓް ކޮށްފައިވާ " ޑެފިނީޝަން އޮފް ފިއާ" މި ފިލްމަކީ ޗުއްޓީ ހޭދަކޮށްލުމަށް ނިކުންނަ ޒުވާން ހަތަރު އަންހެންކުއްޖަކަށް ދިމާވާ ބިރުވެރި ހަދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމުކެވެ.

މި ފިލްމްވަނީ 2015 ވަނަ އަހަރު ދިއްލީގައި ބޭއްވި ހަތަރުވަނަ ދިއްލީ އިންޓަނޭޝަނަލް ފިލްމް ފެސްޓީވަލްގައި ދައްކާލާފައެވެ.

 

ސާރާ ފޯޑިންގެ ނަމުގައި އަކުން ޖެކޮލިން ފެނިގެން ދާ މިފލްމުގެ ތަރިންގެ ތެރޭގައި ހިމެނެނީ ކެތެރިން ބްރެލް، މާސިޑީޒް ޕަޕާލިއާ އަދި ބްލައިތް ހަބަޑް އެވެ.

 

ޔުނިވާސަލް ސްޓޫޑިއޯ އިން ޑިސްޓްރިބިއުޓްކުރާ މި ފިލްމުގެ ޓްރެއިލާވެސް ބެލުންތެރިންނަށް މިހާރު ވަނީ ދައްކާލާފައެވެ.

 

ހޮލީވުޑްގެ ފިލްމެއް ޖެކޮލިން ކުޅޭފައިވާއިރު އޭނާގެ އިތުރުން ބޮލީވުޑް ސްޓާރުން ކަމަށްވާ ޕްރިޔާންކާ ޗޯޕްޅާ އާއި ދީޕިކާ ޕްދުކޯން އަދި ނަރުގިސް ފަހުރީ ވެސް ވަނީ ހޮލީވުޑް ފިލްމުތައް ކުޅެން ފަށާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް