24 މާރޗް 2017 | ހުކުރު | ފަސްބަދުރުވަ 13 | 25 ޖުމާދުލް އާހިރަތު 1438 | މެންދުރު: 12:16

އޭސް ހާޑްވެއާ ޕްރޮމޯޝަންގެ ނަސީބްވެރިންނާ އިނާމު ހަވާލުކޮށްފި

  • އަގުހުރި އިނާމުތަކެއް ހަވާލުކޮށްފައިވޭ

| | | rushdhar | |



އޭސް ހާޑްވެއާ ސެންޓަރު -- ފޮޓޯ:އާކައިވް

އޭސް ހާޑްވެއާގެ 5 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޑިސެމްބަރު މަހު ބޭއްވި "ބޮޑު 5" ސޭލްސް ޕްރޮމޯޝަންގެ ދެ ނަސީބުވެރިންނަށް އިނާމް ހަވާލު ކޮށްފި އެވެ.

އޭސް ހާޑްވެއަރ އެންޑް ހޯމް ސެންޓަރ 5 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި "ބޮޑު 5" ސޭލްސް ޕްރޮމޯޝަންގައި ފެންވަރު ރަނގަޅު މުދާ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމުގެ އިތުރުން އަގުހުރި އިނާމްގެ ގޮތުގައި ޔަމަހާ ޖީޓީ 125 ސައިކަލްއަކާއި އެދިލަށްވާ ކޮންމެ މަންޒިލް އަކަށް ދިޔުމަށް ދެކޮޅު ޓިކެޓް ވަނީ ހަވާލުކޮށްފަ އެވެ. 

ޕްރޮމޯޝަންގެ ދަށުން ސޯޝަލް މީޑިއާގައި ހިންގި ލައިކް އެންޑް ކޮމެންޓްގެ ނަސީބު ވެރިޔާ އަލީ ރަޝީދު އަށް ލިބުނީ ލިޓަސް އޮޓޯ މޮބައިލްގެ ފަރާތުން ހަދިޔާކުރެއްވި އަގުހުރި ޔަމަހާ ޖީޓީ 125 އެވެ. އަދި މީގެ އިތުރުން  "ބޮޑު 5" ލަކީ ޑްރޯގެ ނަސީބުވެރިޔާ މިފްޒާލް ލަތީފްއަށް ލިބިވަޑައިގަތީ މެގަ މޯލްޑިސްގެ ފަރާތުން ހަދިޔާ ކުރެއްވި ދެކޮޅު ޓިކެޓެވެ. މި ޓިކެޓްގެ މަންޒިލް އަކަށް ހޮންގް ކޮންގް، ކުއަލަ ލަންޕޫރް، ޝެންހާއި، އަދި ބެއިޖިން ހިމެނެ އެވެ.

އޭސް ހާޑްވެއާ ދިވެހިރާއްޖޭގައި އިފްތިތާޙްކޮށްފައިވަނީ މީގެ 5 އަހަރު ކުރިން، 15 ޑިސެމްބަރ 2011 ގައެވެ. އެއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަރނޭޝަނަލްއާއި ދިވެހިރާއްޖޭގެ އަމިއްލަ ކުންފުންޏެއްކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާދެމެދު ވެވުނު އެއްބަސްވުމެއްގެދަށުން ފެށުނު ވިޔަފާރިއެކެވެ. މި އެއްބަސްވުމަށްފަހު އޭސް ހާޑްވެއަރ އެންޑް ހޯމް ސެންޓަރގެ ފުރަތަމަ ފިހާރަ މާލޭގައި ހުޅުވާފައިވަނީ 20 ޑިސެމްބަރ 2011 ގައެވެ. އަދި 19 ޑިސެމްބަރ 2013 ގައި ދެވަނަ ފިހާރައެއްވެސްވަނީ ހުޅުވާފައެވެ.

އެންމެ ފަހުގެ
ކޮމެންޓް