18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ނޭމާ - ޕީއެސްޖީ

ޕީއެސްޖީގެ މައްޗަށް މެޗު ފިކްސިންގެ ތުހުމަތުތަކެއް!

  • ދެ ޓީމުން ވެސް އެވާހަކަ ދޮގުކުރޭ
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 13 އޮކްޓޯބަރ 2018 | ހޮނިހިރު 13:26 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  5. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  6. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  7. ޕްރިޔަންކާ އިނީ ބަލިވެ؟
  8. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!


ޕީއެސްޖީގެ ކުޅުންތެރިން އުފާފާޅު ކުރަނީ -- ޓްވިޓަރ

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި ސާބިޔާގެ ރެޑްސްޓާ ބެލްގްރޭޑް ބައްދަލުކުރި މެޗުގައި މެޗު ފިކްސިންގެ ކަންތައްތަކެއް ހިންގާފައިވާ ކަމަށްބުނެ އެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފްރާންސްގެ ކުޅިވަރު ނޫހެއް ކަމަށްވާ ލެކުއިޕޭ އިން ރިޕޯޓުކޮށްފައިވާ ގޮތުން އެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ.

އެގޮތުން އެގައުމުގެ ނޭޝަނަލް ފައިނޭންސް ޕްރޮސެކިއުޓަރުގެ އޮފީހުން ތަހުގީގު ކުރަމުންދަނީ ފަސް ގޯލުގެ ތަފާތަކުން ބަލިވުމަށް ޝަރުތުކޮށް ބެލްގްރޭޑްގެ އޮފިޝަލަކު ފަސް މިލިއަން ޔޫރޯގެ ބެޓެއް އެޓީމުގެ ކުޅުންތެރިންނަށް ކޮށްފައިވާ މައްސަލައެކެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ހިމެނޭ ޕީއެސްޖީ އެ މެޗު ކާމިޔާބުކޮށްފައި ވަނީ 1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އެ މެޗުގައި ޕީއެސްޖީގެ ފޯވާޑް ނޭމާ ހެޓްރިކެއް ހެދިއިރު އެޓީމުގެ އަނެއް ތިން ގޯލު ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީ އާއި ކިލިއަން އެމްބާޕޭގެ އިތުރުން އެންހެލް ޑިމަރިޔާއެވެ.

ފްރާންސްގެ ނޭޝަނަލް ފައިނޭންސް ޕްރޮސެކިއުޓަރ އޮފީހުގެ ސަމާލުކަމަށް މިކަން ގެނެސްފައިވަނީ ޔުއެފާ އިންނެވެ. ލެކުއިޕޭ އިން ރިޕޯޓުކޮށްފައިވާ ގޮތުން ބެޓުކުރި އޮފިޝަލް ވަނީ ޕީއެސްޖީގެ ރައީސް ނަސީރް އަލް ހަލައިފީ އާއި ވެސް ރަސްމީކޮށް ބައްދަލުކުރުމަށް ރާވާފައެވެ.

މެޗު ފިކްސިންގެ މައްސަލަ މެޗު ކުޅުމުގެ ކުރިން ނޭޝަނަލް ފައިނޭންސް ޕްރޮސެކިއުޓަރ އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.

ފްރާންސްގެ ނޭޝަނަލް ފައިނޭންސް ޕްރޮސެކިއުޓަރ އޮފީހުން ވަނީ އެ މައްސަލައިގެ ތަހުގީގު ފަށާފައިވާކަން ބޭރުގެ ބޮޑެތި މީޑިޔާތަކަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ ދެ ކުލަބުން އެވާހަކަތައް ދޮގު ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް