21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ދިވެހި ބަސް

‏ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން ‏‏އެންމެ ރަނގަޅީ

  • އިސްލާމްދީނުގައި ވެސް ކުދިންގެ އިބްތިދާއީ ތަޢުލީމުގެ ޢުމުރުފުރާގައި އެކުދިންގެ ކިބައިގައި އެކިއެކި ކަންކަން އަށަގެންނެވުމަށާއި، ހަރުލެއްވުމަށް މައިންބަފައިންގެ މައްޗަށް ބާރުއަޅުއްވާފައި ވެއެވެ.
  • ހަރުދަނާ ކިޔަމަންތެރި ދަރިންތަކެއް ނުވަތަ ޒުވާނުންތަކެއް އުފެދެން ޖެހެއެވެ. ކުށުގެ ވެށިން ދުރުވެފައިވާ ޒުވާނުންތަކެއް އުފެދެން ޖެހެއެވެ.
އަހްމަދުﷲ ޖަމީލް | adjameel

| 12 އޮކްޓޯބަރ 2018 | ހުކުރު 20:37 | |

ސްކޫލެއްގެ ދަރިވަރުންތަކެއް: އިބްތިދާއީ ތަޢުޅިމުން ކުދިންގެ ދިރިއުޅުމަށް އަސަރު ކުރާވައެވެ. -- ފޮޓޯ: މުހައްމަދު ޝަރުހާން

(10 އޮކްޓޯބަރ 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

އިސްލާމްދީނުގައި ވެސް ކުދިންގެ އިބްތިދާއީ ތަޢުލީމުގެ ޢުމުރުފުރާގައި އެކުދިންގެ ކިބައިގައި އެކިއެކި ކަންކަން އަށަގެންނެވުމަށާއި، ހަރުލެއްވުމަށް މައިންބަފައިންގެ މައްޗަށް ބާރުއަޅުއްވާފައި ވެއެވެ. އެހެނީ އެ ޢުމުރުފުރައަކީ "ރަން ޢުމުރުފުރަ" ކަމުގައިވުމެވެ. މިޢުމުރުފުރާގައި ދެވޭ ތަރުބިއްޔަތާއި، ތަޢުލީމަކީ އެކުދިންގެ މުސްތަޤުބަލް އޭގެ މައްޗަށް ބިނާކުރެވޭނޭ ބިންގާ ކަމުގައިވަތީއެވެ. މިގޮތުން އެ ޢުމުރުފުރާގައި ނަމާދުކުރަން ބާރުއެޅުމާއި، މައިންބަފައިންނާ އެކުގައި ނަމާދުކުރުމަށާއި، އެހެނިހެން ކަންކަމުގައި މައިންބަފައިންގެ ބެލުމުގެ ދަށުންނާއި، އެކުގައި ދަރިން ޙާރަކާތްތެރިކުރުމުގެ ބޭނުމަކީ ޘަޤާފަތާއި، އާދަކާދަ އާއި، މާދަރީބަހާއި، މާޙައުލު އެކުދިންގެ ކިބައިގައި ހާނުވައި، އަށަގަނުވައި، ހަރުލެއްވުމެވެ. އެއީ އެންމެ ފައިދާ ހުރި ގޮތްކަމުގައިވާތީއެވެ. މިފަދަ ކަންކަމާއި ދުރުހެލި ކުރުވައި، ބީރައްޓެހި ކުރުވުމަށް މަގުފަހިވާނޭ ގޮތަށް ޕްރައިމަރީ ތަޢުލީމު ބައްޓަންކުރެވިފައި ވާނަމަ އޭގެ ސަބަބުން ނުނިކުމެ ނުދާނޭ ކަންތައްތަކެއް ވެއެވެ. އޭގެ ތެރޭގައި ޒުވާނުން އެބައެއްގެ ދީނަށާއި، މުޖްތަމަޢަށާއި، ދިވެހި ވަންތަކަމަށާއި، އެނޫނަސް މުހިންމު ކަންކަމަށް ފުރަސްގަސް ދެވޭނެއެވެ. އަދި މަގުއޮޅި ހަމައިންނެއްޓި ރާއްޖޭގައި މިފެންނަ ފަދަ ނުރަނގަޅު ކަންކަން އެފަދަ ޒުވާނުންގެ ފުށުން ފެނުމުގެ ސަބަބަކަށް ވެގެން ދިއުން ގާތެވެ.

ދިވެހި ދަރިވަރުން އާ އުސްމިނަކަށް ގެންދަން ބޭނުންނަމަ އިބްތިދާއީ ތަޢުލީމުގެ މަރުޙަލާއަށް މީޑިއަމް އޮފް އިސްޓްރަކްޝަން އަށް ބަދަލު ގެންނަން ޖެހެއެވެ. އެހެނީ އިބްތިދާއި މަރުޙަލާގައި މާދަރީ ބަހުން ކިޔަވައި ދިނުމުން ދަރިވަރުންނަށް އެހެނިހެން ބަސްބަސް ދަސްކުރުމަށް ވެސް އަދި މޮޅު މީހަކަށް ވުމަށް މަގުފަހިވާ ކަމުގައި ބަސްވާރުން ވިދާޅުވާކަމުގައި ޢަބުދުލް ޢަޒީޒު ޖަމާލު އަބޫބަކުރާ ޙަވާލަ ދެއްވައި މުޙައްމަދު އަފްރާޙު (2015) ލިޔުއްވާފައި ވެއެވެ. އޭނާ ލިޔުއްވާފައި ވަނީ "އެއްވެސް އިޚްތިލާފެއް ނެތި ހުރިހާ ބަސްވާރުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި އެ ބައެއްގެ މާދަރީ ބަހަށް މޮޅުވި ވަރަކަށް ދެ ވަނަ ބަހެއް ދަސްކުރުމަށް ފަސޭހަވާނެއެވެ. ދެ ވަނަ ބަހެއް ދަސްކުރި ވަރަކަށް ތިން ވަނަ ބަހެއް ދަސްކުރަން ފަސޭހަވާނެ ކަމުގައެވެ."

އެހެނީ ފަހުގެ މަރުޙަލާތަކުގައި އެހެން ބަހަކުން ކިޔަވަން ޖެހުނަސް ތަޢުލީމު ޙާޞިލުކުރުމުގެ ޤާބިލުކަން ދަރިވަރުންގެ ކިބައިގައި އެންމެ ރަނގަޅަށް އަށަގަންނަނީ އިބްތިދާއީ މަރުޙަލާގައި މާދަރީ ބަހުން ތަޢުލީމު ދިނުމުންނެވެ. ދެވަނަ ބަހަކީ ކުއްޖާ މާދަރީބަސް ދަސްކުރުމަށްފަހު ދަސްކުރާ ބަހެވެ. އެހެންކަމުން މާދަރީބަސް އަށަގެންފައިވާ ކުއްޖާއަށް ދެވަނަ ބަހަކުން ތަޢުލީމު ދެވުނުކަމުގައި ވިޔަސް އެކުދިންނަށް އެބަހުން ވިސްނައިގަތުމާއި، ދަސްކުރުމަކީ އުނދަގޫކަމަކަށް ނުވެއެވެ. އަމިއްލަ މާދަރީ ބަސް ބޭނުން ކުރުމަކީ އާންމު ވިސްނުމާއި ޚިލާފަށް މި ޒަމާނުގެ ސައިންސާއި ހިސާބާއި އެހެނިހެން ރޮނގުރޮނގުން ކުރިއަރައިގެން ދިއުމަށް ފުރުސަތު ލިބޭނެކަމެއް ކަމަށާއި، ދިވެހި ޤައުމިއްޔަތު އާލާކޮށް ދިރުވައި ދީނާއި ބަސް ހިމާޔަތް ކުރުން ކަމުގައި ޞަފޫރާ ޢަލީ (2014) އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް އާ ޙަވާލާ ދެއްވައި ލިޔުއްވާފައި ވެއެވެ.

މިއަދުގެ ދިރާސާތަކާއި، ހޯދުންތަކުންނާއި، ތަޖުރިބާއިން ފެންނަގޮތުގައި މޮޅު ކުއްޖަކު އުފެއްދުމަށް ނުވަތަ ރަނގަޅު މުވާޠިނަކު އުފައްދުމަށްޓަކައި އިބްތިދާއީ ތަޢުލީމު އެދަރިވަރެއްގެ މާދަރީބަހުން ކިޔަވައިދިނުމާއި، މުޤައްރަރު އެކުލަވާލެވިފައި އޮތުން މުހިންމެވެ. އެހެނީ އެކުއްޖެއްގެ މުސްތަޤުބަލާއި، ދިރިއުޅުމާއި، އަޚްލާޤު ބައްޓަން ކުރުމުގައި މި މަރުޙަލާގައި ދެވޭ ތަޢުލީމަކީ ވަރަށް މުހިންމު އެއްޗެކެވެ. އެކުއްޖަކަށް މާޙައުލު ދަސްވަން ޖެހެއެވެ. ނަގައިދެވޭ ފިލާވަޅު ފަހުމްވާން ޖެހެއެވެ. އެކުއްޖެއްގެ ސިކުނޑި ތަރައްޤީވާން ޖެހެއެވެ. ޤައުމިއްޔަތަށް ލޯބިކުރާ ދަރިންނާއި، މުވާޠިނުން އުފައްދަން ޖެހެއެވެ. ހަރުދަނާ ކިޔަމަންތެރި ދަރިންތަކެއް ނުވަތަ ޒުވާނުންތަކެއް އުފެދެން ޖެހެއެވެ. ކުށުގެ ވެށިން ދުރުވެފައިވާ ޒުވާނުންތަކެއް އުފެދެން ޖެހެއެވެ. ޤައުމުގައި މިހާރު ހިނގަމުންދާ ނޭދެވޭ ކަންކަން ހުއްޓުވެން އެބަ ޖެހެއެވެ. މިމަޤަޞަދުތައް ޙާޞިލްކުރުމަށްޓަކައި ތަޢުލީމުގެ އިބްތިދާއީ މަރުޙާލާއަކީ ވަރަށް މުހިންމު މަރުޙަލާއެއްކަން މިހާރުވަނީ ހޯދިފައެވެ. އިބްތިދާއީ މަރުޙަލާގައި ލިބޭ ތަޢުލީމަކީ ޚުލްޤު ރަނގަޅު ޤައުމީވަންތަ މާޙައުލަށް ފެތޭ، ލޯބިކުރާ މީހަކު ބިނާކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަން ސާބިތުވެފައިވާތީއެވެ. މި ފަދަ ބަޔަކު ނެރުމަށް ކުރެވޭ މަސައްކަތުގައި އިބްތިދާއީ މަރުޙާލާގައި ދެވޭ ތަޢުލީމަކީ މާދަރީ ބަސް ކަމުގައިވާ ދިވެހި ބަހުން ދެވޭ ތަޢުލީމަކަށް ނުވާނަމަ އެއީ ޙާޤީޤީ ދިވެހިންގެ ގޮތުގައި ފަޚުރުވެރިވާ ފަދަ ދިވެހިން ނުވަތަ ދިވެހިވަންތަ މުވާޠިނުން ނުވަތަ ދަރިންގެ ގޮތުގައި ނިކުތުމަކީ "އަލަގަހަކުން ކެޔޮނިރެއް ފެޅުން" ފަދަ ކަމެކެވެ.

ނިމުނީ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަނެއްކާ30އަހަރު އައުމާއިދެކޮޅ

6 މަސް ކުރިން

މަޢާފްކުރައްވާ. ތިޔަކަމާއި ދެކޮޅެވެ. އެހެނީ، ދިވެހިބަސް ތިގޮތަށް މަޢުމޫނުގެ ރަން 30އަހަރުގެ ކުރީކޮޅު މާލެ ނޫން ދެން ހުރި ރަށްތަކުގައި ކިޔަވައިދޭން ފެށުމުން ދެން ފެންނަންފެށީ ޖީސީއިން ފެއިލްވާތަނެވެ. ދެން އޮތް ކަމަކީ، ރާއްޖޭން ބޭރުގެ ޔުނިވާސިޓީތަކުގައި ދިވެހިބަހުން ކިޔަވައި ނުދޭތީ ދިވެހި މީޑިއަމުން އޯލެވެލް ހަދައިގެން ގޮސް ޔުނިވާސިޓީއިން ފެއިލްވުން. މިއަދު އަހަރެންގެ ދަރިއަށް ކިޔަވައިދޭ ރާއްޖޭގެ ޓީޗަރުންގެ އިނގިރޭސި ބަހުގެ ފެންވަރުދަށްކަން އެނގޭ ގެއަށް އައިސް ދަރީން ރޯ ނުބައިކޮށް ސްޕެލިންގ ބޭނުންކުރާތީ. ޚަބަރު ބަލާއިރު ރަން30އަހަރުގައި އުފެއްދި ރާއްޖެ ޓީޗަރުން. އަދިވެސް އަހަރެމެންގެ ދަރީންނަށް ވުރެ (އަލްޙަމްދު ލިލްﷲ) އަހަރެމެންގެ ޖީލުގެ އިނގިރޭސި ފެންވަރު ރަނގަޅު. އަހަރެމެން ކިޔެވީ 100% އިނގިރޭސި މީޑިއަމްގައި. ލިޔުންތެރިޔާއަކީ އަހަރެންދަންނަ ދިވެހި ޢަދީބެއް އަދި އިޙްތިރާމްވެސް ކުރަން. އެކަމަކު މިކަމުގައި ދެބަސްވަން.

1
0