21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

ހައި ކޯޓް

މައުމޫނަށް ވަކީލުން އައްޔަން ކުރަން އެކަށިގެންވާ ފުރުސަތެއް ނުދޭ ކަމަށް ދައުލަތުން އެއްބަސްވެއްޖެ

  • ހުކުމް ދަމަހައްޓަން ދައުލަތުން ނޭދެ
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 11 އޮކްޓޯބަރ 2018 | ބުރާސްފަތި 16:54 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  3. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  4. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  5. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  6. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  7. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު
  8. އެލް ޗަޕޯ ގޭންގުގެ ކުރީގެ މެމްބަރެއް މަރުވުން


ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު:-އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު މިހާރު ހިނގަމުންދޭ -- ފޮޓޯ: މުހައްމަދު ޝަރުހާން

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ މައްޗަށް ދަށު ކޯޓަށް އުފުލި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާގައި ކުރިއަށް ދިއުމަށް ދިފާއީ ވަކީލުން އައްޔަން ކުރަން އެކަށީގެންވާ ފުރުސަތެއް ނުދޭ ކަމަށް ދައުލަތުގެ ވަކީލުން ވެސް ހައި ކޯޓުގައި ވިދާޅުވެއްޖެ އެވެ.  

މައުމޫނުގެ އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކުރުމަށް ހައި ކޯޓަށް ހުށަހައަޅާފައިވާ މައްސަލާގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި މައުމޫނުގެ ވަކީލުން ވަނީ އެ އެހުކުމް ބާތިލް ކުރަންޖެހޭ ކަމަށްބުނެ މައިގަނޑު 36 ނުކުތާއެއް ފާހަގަ ކުރައްވާފައި އެވެ. އޭގެ ތެރެއިން އެއް ނުކުތާއަކީ ރައީސް މައުމޫނުގެ ވަކީލުން މައްސަލައިން ތަނާޒުލު ވުމުން ވަކީލުން އައްޔަންކުރަން ފުރުސަތު ނުދީ މައްސަލައި ކުރިއަށް ގެންގޮސްފައިވުމެވެ. އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ ވަކީލުން އައްޔަން ރައީސް މައުމޫނަށް ކޯޓުން ދީފައިވަނީ ވަރަށް ކުޑަ ވަގުތު ކޮޅެއް ކަމަށެވެ. އެއާއެކު އެއީ އެކަށީގެންވާ ވަގުތެއް ކަމަށް ދެކެންތޯ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު އަލީ ސަމީރު ވިދާޅު އެއްސެވުމުން ވަކީލާ ވިދާޅުވީ އެކަށިގެންވާ ވަގުތެއް ކަމަށް ނުދެކޭ ކަމަށެވެ. ނަމަވެސް ވަކީލުން އައްޔަން ކުރުމަށް އޮތް ފުރުސަތު އެއްކޮން ހަނިކޮށްފައިވާ ކަމަށް ނުދެކޭ ކަމަށެވެ.  

ޖިނާއީ އިޖްރާއަތުގެ ގާނޫނާ އެއްގޮތައް ޝަރީއަތްތައް ކުރިއަށް ގެންގޮސްފައިވަނީ އަޑުއެހުންތައް ކުރިއަށް ގެންދާނެ ތާވަލެއް ނަހަދާ ކަމަށް މައުމޫނުގެ ވަކީލުން ފާހަގަ ކުރެއްވި ނުކުތާ އާ ގުޅޭ ގޮތުން ވެސް ދައުލަތުގެ ވަކީލާ ވަނީ އެކަމަށް ވެސް އިއުތިރާފުވެވަޑައިގެންފަ އެވެ. ނަމަވެސް ވިދާޅުވީ ޖިނާއީ އިޖްރާއަތުގެ ގާނޫނާ އެއްގޮތަށް ޝަރީއަތް ކުރިއަށް ގެންދާނެ ތާވަލެއް އެކުލާވާ ނުލި ނަމަވެސް ރައީސް މައުމޫނުގެ އެއްވެސް ހައްގަކަށް އުނިކަން އައިސްފައިނުވާ ކަމަށެވެ.  

ސިއްރުން ހެކިބަސް ނަގާފައިވާއިރު ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ހެކިބަސް ނަގަން ވާނީ ހެކިބަސް ނެގުމާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ކަމަށް ބުނެފައިވީ ނަމަވެސް އެ ގާނޫނުގައި ސިއްރު ހެކިބަސް ނަގާނެ ގޮތެއް ބަޔާން ކޮށްފައި ނެތުމުން އެކަން ކުރެވޭނެ ކަމަށް ނުދެކޭ ކަމަށް މައުމޫނުގެ ވަކީލުން ވިދާޅުވިއެވެ. ނަމަވެސް ދައުލަތުން ވިދާޅުވެފައިވަނީ ސިއްރު ހެކިބަސް ނެގޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް މައުމޫނުގެ ޢައިރު ހާޒިރުގައި ބައެއް އަޑުއެހުންތައް ކުރިއަށް ގެންދިއުމާއި ޝަރީއަތުގެ ކުރިން ހުށައަޅާފައިވާ ކަންތައްތަކާމެދު ޝަރީއަތް ފެށި މަޖިލީހުގައި ގޮތެއް ކަނޑައެޅުން ފަދަ ކަންމަކީ ރައީސް މައުމޫނުގެ ޝަރީއަތް ހިންގިއިރު ހިނގާފައިވާ ގާނޫނާ ހިލާފުކަންތައްތައް ގޮތުގައި ދިފާއީ ވަކީލުން ވަނީ ފާހަގަ ކުރައްވާފައި އެވެ.  

ރައީސް މައުމޫނު ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން ވަދެފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އަދި އަދި ދޮގު ހެކިބަސް ދިން މީހެއްގެ ހެކިބަސް ބަލައިގެންފައިވާ ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ. ރައީސް މައުމޫނާ ދެކޮޅަށް ސިއްރުން ހެކިބަސް ދިން ކަމަށް ބެލެވޭ މީހާ މީގެ ކުރިން ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ފުލުހުން މަޖުބޫރު ކުރާ ކަމަށް ބުނެ ދެއްކި ވާހަކަތަކެއް ވެސް ފަނޑިޔާރުނަށް ވަނީ ހުށައަޅާފައި އެވެ.  ހަމަ އެހެންމެ ރައީސް މައުމޫނަށް ދޫކޮށްފައިވާ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބާތިލް ކުރުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް މައުމޫނުގެ ވަކީލުން ފާހަގަ ކުރެއްވި އެވެ.  ރައީސް މައުމޫނު ފޯނެއް ނުދިން ކަމަށް ބުނެ އުފުލި ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވަނީ އެއް އަހަރާއި ހަތް މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. 

މައުމޫނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކުރުމަށް އެދިފައިވާތީ ދައުލަތުން އެދެނީ ކޮން ގޮތަކަށްތޯ ޝަރީއަތުން ސުވާލު ކުރުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އަދުލުވެރި އިންސާފުވެރިކަމާއެކު ނިންމާދިނުމަށް އެދޭ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުން ދަމަހައްޓާދޭން އެދިފައިނުވާތީ މައުމޫނުގެ ވަކީލުން ވިދާޅުވީ ދައުލަތުން ވެސް އެ ހުކުމް ބާތިލް ކުރުމަށް އިއުތިރާޒް ނުކުރައްވާ ކަމަށެވެ. 

ފަނޑިޔާރު ވިދާޅުވީ މައްސަލައިގައި ދެން އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ އޮންނާނީ ހުކުމް ކަމަށެވެ. ރައީސް މައުމޫނު ހުންނެވީ މި އިސްތިއުނާފުގެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް