21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

އަބްދުﷲ ޝާހިދު

އާ ސަރުކާރަށް ހިދްމަތް ކުރައްވަން މަޖިލިސް މެމްބަރު ކަމުން އިސްތިއުފާ ދެއްވާނަން: އަބްދުﷲ ޝާހިދު

  • ޝާހިދަކީ މިވަގުތު އިންތިގާލީ މަރުހަލާގެ ކަންކަން ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާ ފަރާތް
  • ޝާހިދަކީ ތަޖުރިބާކާރު ސިޔާސީ ބޭފުޅެއް
  • ކުރިން ފޮރިން މިނިސްޓަރުކަން ކުރެއްވި، އަދި މިހާރުވެސް ބޭރުގެ ގުޅުންތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާ ތަޖުރިބާކާރު ބޭފުޅެއް
މުހައްމަދު ފަޒީން | phaxyn

| 11 އޮކްޓޯބަރ 2018 | ބުރާސްފަތި 16:51 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  3. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  4. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  5. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  6. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  7. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު
  8. އެލް ޗަޕޯ ގޭންގުގެ ކުރީގެ މެމްބަރެއް މަރުވުން


ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު -- ރާއްޖެއެމްވީ

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ހިދްމަތް ކުރެއްވުމަށްޓަކައި، އެމަނިކުފާނުގެ ސަރުކާރު އެކުލަވާލުމާއެކު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރުމަށްޓަކައި އެންމެ އިސް ބޭފުޅަކަށް އައްޔަން ކުރައްވާފައިވާ އަބްދުﷲ ޝާހިދު އެގޮތަށް ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޑައިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަންގެ އޮފީހުގައި ޑައިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފް އާއެކު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވެވި ބައްދަލުވުމުގައެވެ.

ޑައިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަން އޮފީހަކީ ދައުލަތުގެ އިދާރާއެކެވެ. އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމާ ހަމައަށް އެ އޮފީސް ދެމިހުންނާނެ އެވެ. 

މިދިއަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމު ފުރުއްވި އަދި މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޝާހިދު ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރައްވައި ސަރުކާރު އެކުލަވާލުމާއެކު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

 

"މީޑިއާ މެދުވެރިކޮށް ދަންނަވާލަން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާ ސަރުކާރު އުފެއްދެވުމާއެކު އަޅުގަނޑު ރައްޔިތުންގެ މަޖިލީހުން އިސްތިއުފާދީ، އެމަނިކުފާނުގެ އާ ސަރުކާރުގެ ހިދުމަތުގައި އަޅުގަނޑު ހުންނާނެ ކަމަށް. އަދި އަޅުގަނޑު މިދިޔަ 25 އަހަރު ރައްޔިތުންގެ މަޖިލީހުގައި މި ކުރަމުންގެންދިޔަ މަސައްކަތްތަކަށް ރައްޔިތުން ދެއްވި ފުރުސަތަށް، އެރައްޔިތުންނަށް ޝުކުރު ދަންނަވަން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ވަޑައިގެންނެވުނީ ވެސް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއެކު ކަމަށާއި އެގޮތުން މަޖިލީހުގައި 25 ވަރަކަށް އަހަރު ދެބޭފުޅުން އެކުގައި މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

"1995 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމުގައި ހުރެވުނީ އަޅުގަނޑާއި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ އެކުގައި ރައްޔިތުންގެ މަޖިލީހަށް ވަދެވުނީ. އެހެންވީމައި އެމަނިކުފާނު ރައްޔިތުންގެ މަޖިލިސް ދޫކުރައްވައި ރާއްޖޭގެ ރިޔާސަތަށް ހަވާލުވެވަޑައިގަންނަވާއިރު، އެމަނިކުފާނުގެ އަރިހުގައި އެމަނިކުފާނުގެ ސަރުކާރުގެ މަގާމެއް ދެއްވައިފިނަމަ އެމަގާމެއް އަޅުގަނޑު، އެމަނިކުފާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ހިދްމަތް ކުރުމުގައި ކުރިއަށް އޮތް ދުވަސްތަކުގައި ހުންނަވާނެ ވާހަކަ ދަންނަވަން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެމަނިކުފާނު މަޖިލީހުގައި ހޭދަކުރި ދުވަސްތަކުގައި ވަރަށް ތަފާތު އެކި ކަހަލަ ދުވަސްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ. ހާއްސަކޮށް މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައި ވެސް އެންމެ ކަޅު އަދި އެންމެ ދެކެން ބޭނުންނުވާ މަންޒަރު ފެންނަމުންދާ ދުވަސްތައް ކަމަށެވެ.

"އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި މިހޭދަކުރި ދުވަސްތަކަކީ ރައްޔިތުންގެ މަޖިލީހުގެ އެކިކަހަލަ މަރުހަލާތައް، އެކިކަހަލަ ދުވަސްތައް ފެނިގެން ގޮސްފައިވާ ދުވަސްތަކެއް. އެހެން ނަމަވެސް މިއަދު ރައްޔިތުންގެ މަޖިލިސް މިދެކެމުންދާ ހިތްދަތި، ކަޅު ދުވަސްތަކެއް ދުވަހަކު ވެސް ފެނިފައެއް ނެތް. ރައްޔިތުންގެ މަޖިލީހުގެ އެތައް ގިނަ މެމްބަރުންނެއް ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް، ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައި ނުގެންނެވޭ ގޮތަށް ހަދާފަ. ރައްޔިތުންގެ ބަސް ރައްޔިތުންގެ މަޖިލީހުގައި ބުނުމުގެ ފުރުސަތު މިވަނީ ހުއްޓުވާފައި،" ޝާހިދު ވިދާޅުވި އެވެ.

ނަމަވެސް ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހެޔޮފާލަށް އެޅި ރައްޔިތުންނަށްޓަކައި މަސައްކަތްކުރާތަން ދެކެން ބޭނުންވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވުމަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި ހައްގުތައް ކަށަވަރު ކުރުމަށް ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. 

"އަޅުގަނޑު އުއްމީދު ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ، އެމަޖިލީހުގެ ފުރިހަމަ އާރާބާރާއެކު ރައްޔިތުންގެ އަޑު އުފުލާ، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރަން މަސައްކަތްކަތް ކުރަމުންދާ މަޖިލީހެއް ކަމުގައިވުން. އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުގެ މެމްބަރުކަމުގެ ސިޓީ ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އޮނަރަބްލް އިބްރާހީމް މުހައްމަދު ސޯލިހު ހުވާކުރެއްވުމަށް ފަހު،" ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި 25 ވަނަ އަހަރު ހިދްމަތް ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

What

1 މަސްކުރި

Haha haha haha

0
0
ޙޙ

1 މަސްކުރި

ދެން ޝާހިދުގެ ދާއިރާ އަށް ކުރިމަތިލާނީ ރައީސް ނަޝީދު. ޢޭގެ ފަހުން ބަރުލަމާނީގެ ނިޒާމުގެ މަސައްކަތް ފެށި ބޮޑޮވަޒީރުކަމަށް ރައީސް ނަޝީދު ވަދައިގަންނަވާނެ

0
1