21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ރިޔާސީ އިންތިހާބު 2018

ރައްޔިތުންނަށް ކުޑައިމީސްވާ ގޮތަކަށް ސުޕްރީމްކޯޓްއިން ނިންމުމެއް ނިންމަވާނެ ކަމަށް އިންތިޚާބީ ރައީސް ސޯލިހު ޤަބޫލުފުޅެއް ނުކުރައްވާ:މާރިޔާ

  • ސުޕްރީމް ކޯޓުން ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރައްވާނެ
  • އިންތިގާލީ މަރްހަލާގެ ކަންތައް ވީހާވެސް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދެވުމަށް އެއްބާރުލުން ދެއްވުމަށް ރައީސް ޔާމީނަށް މާރިޔާ ވަނީ ގޮވާލައްވާފައި
ހައްވާ މުހައްމަދު | @hawwimd

| 11 އޮކްޓޯބަރ 2018 | ބުރާސްފަތި 16:40 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ތޮއްޑޫގައި ފުރަތަމަ ފަހަރަށް މޫނު ބުރުގާ އެޅި މީހަކަށް ވަޒީފާ ހަމަޖައްސައިދީފި
  8. ނާޒިމް ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި


ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން މާރިޔާ އަހްމަދު ދިދީ -- ރާއްޖެއެމްވީ

ރައްޔިތުންނަށް ކުޑައިމީސްވާ ގޮތަކަށް ސުޕްރީމްކޯޓްއިން ނިންމުމެއް ނިންމަވާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޤަބޫލުފުޅު ނުކުރައްވާނެ ކަމަށް އެ މަނިކުފާނުގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ އިންތިޚާބު ބާތިލް ކުރަން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެއް ކަމުގެ އަޑުތަކެއް ފެތުރިފައިވާ ކަމަށާއި، ނަމަވެސް ސުޕްރީމް ކޯޓުން ރައްޔިތުންނަށް ކުޑައިމީސްވާ ގޮތަކަށް ނިންމުމެއް ނިންމަވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ ސުޕްރީމް ކޯޓުން ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ނުކުރައްވާ އިންތިޚާބް ބާތިލް ކޮށްފާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެސް ރައްޔިތުންގެ ނިންމުން ޤަބޫލްކޮށް އިންތިގާލީ މަރްހަލާގެ ކަންތައް ވީހާވެސް އަމާންކަމާއި އޮމާންކަމާ އެކީ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރެއްވުމަށް ގޮވާލައްވާ ކަމަށެވެ.

 

"ޓްރާންސިޝަން ޕީރިއަޑްގައި އޮފީސްތަކުން އެއްބާރުލުން ލިބޭތަން މި ފެންނަނީ، ރައްޔިތުން ނޫނެކޭ ބުނެފައި އެއޮތީ، ރީއްޗަށް ގެއަށް ވަޑައިގަތުމަށް ގޮވާލަނީ، ޕޮލިހުންނާއި،އެންއެންޑީއެފްއިން ވެސް ރައްޔިތުންގެ ނިންމުން ޤަބޫލް ކޮށްފި" މާރިޔާ ވިދާޅުވިއެވެ.

 

24 ސެޕްޓެމްބަރުގައި ނިކުމެވަޑައިގެން ރައީސުލްޖުމްހޫރިޔާގެ ހައިސިއްޔަތުން ރައީސް އޮފީހުގައި އަމިއްލަފުޅަށް ބަލި ޤަބޫލުފުޅު ކުރައްވާފައިވާއިރު، އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމްކޯޓަށް މައްސަލަ ހުށަހަޅުއްވާ އިންތިޚާބް ބާތިލްކުރަން ކުރައްވަން ގެންދަވާ މަސައްކަތުން ސިފަވަނީ ރައީސުލް ޖުމްހޫރިއްޔާއެއްގެ ފަރާތުން ފެންނަ ވަރަށް ވުރެ އަޚްލާގީގޮތުން ދަށް ފެންވަރުގެ އަމަލުތަކެއް ކަމަށެވެ. ރައްޔިތުންގެ ނިންމުމަށް ބޯލަބަން ރައީސް ޔާމީނަށް ނަސޭހަތްތެރިވުމަށް،ރައްޔިތުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދެމުން އަންނަ ކަމަށެވެ.

 

ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް އަންނަ މީހުން އަމަލު ކުރަންޖެހެނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އެއްގޮތަށް ކަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ ގާނޫނު އަސާސީގައި 4 ވަނަ މާއްދާގައި ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމާއި ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ސާފުކޮށް ލިޔެފައިވާ ކަމަށެވެ.

 

"އެހެންކަމަށްވާއިރު ދައުލަތުގެ އެއްވެސް މުއައްސަސާއެއް އެންމެ ރަގަޅު ރައީސުލްޖުމްހޫރިއްޔާ ވިޔަސް ، ކޯޓެއް ވިޔަސް މިނިވަން މުއައްސަސާއެއް ވިޔަސް  ރައްޔިތުންނަށް ބޯލަބަންޖެހޭ ، ރައްޔިތުންގެ މެންޑޭޓެއް ނެތި މަސައްކަތް ކުރެވޭނެ ބައެއް ނޫން" މާރިޔާ ވިދާޅުވިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ފަރާތްޕުޅުން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށްވަނީ ހުށަހަޅާފައެވެ.

 

ބުދަ ދުވަހު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު، މީޑިއާއަށް މައުލޫމާތު ދެއްވަމުން މުހައްމަދު ސަލީމް (ރޭނީސް ސަލީމް) ވިދާޅުވީ އިންތިހާބާ ގުޅޭ ގިނަ ޝަކުވާތަކެއް ޕީޕީއެމް އޮފީހަށާއި ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ބޭފުޅުނަށް، ރައީސް ޔާމީނަށް ސަޕޯޓްކުރާ ފަރާތްތަކުން ހުށަހަޅާފައިވާތީ އިންތިހާބީ ޝަކުވާގެ ގޮތުގައި ސުޕްރީމް ކޯޓަށް ދުސްތޫރީ އެ މައްސަލަ ހުށަހެޅުއްވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް