19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ހުޅުމާލޭ ގޯތި ދޫކުރުން

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމުގައި ހަމަހަމަ ފުރުސަތުތަކެއް ކަނޑައަޅާދިނުމަށް އެދި ހުށަހެޅި މައްސަލަ ކޯޓުން ބަލައިގެންފި

 • މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ގާނޫނީ ވަކީލު ޝުނާނާ
 • ފޯމު ހުށަހެޅުމުގައި ހަމަހަމަ ފުރުސަތެއް ނެތް
 • މިކަމުގެ ސަބަބުން ގޯތި ހޯދުމުގެ ޝަރުތު ހަމަވާ ގިނަ ފަރާތްތަކެއްގެ ހައްގު ގެއްލޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 11 އޮކްޓޯބަރ 2018 | ބުރާސްފަތި 16:24 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 6. ޕްރިޔަންކާ އިނީ ބަލިވެ؟
 7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ހުޅުމާލެއިން ގޯތި ގަތުމަށް ފޯމު ހުށަހެޅުމަށް ކިއުގައި ޖެހިގެން -- ފޮޓޯ: މުހައްމަދު ޝަރުހާން

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމުގައި ހަމަހަމަ ފުރުސަތުތަކެއް ކަނޑައަޅާދިނުމަށް އެދި ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފިއެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ އޭޖީ އޮފީހުގެ ކުރީގެ ވަކީލެއް ކަމުގައިވާ މަރިޔަމް ޝުނާނާއެވެ.

މި މައްސަލައިގެ ދައުވާގައި ބުނެފައިވަނީ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުގެދަށުން ހުޅުމާލެއިން ގޯއްޗަށް އެދުމަށްޓަކައި ފޯމު ދޫކުރުމަށް ނިންމާފައިވާ އުސޫލަކީ ގާނޫނު އަސާސީއާއި ގާނޫނާއި ގާނޫނީ އުސޫލުތަކާ ހިލާފަށް ބޯހިޔާވަހިކަމުގެ ފުރުސަތުތައް އެދުމަށް ބޭނުންވާ ގިނަ ރައްޔިތުންނަށް އެ ފުރުސަތަށް އެދުމުގެ ހައްގުން މަހްރޫމްވާ ފަދަ ގޮތަކަށް އެކުލަވާލެވިފައިވާ އުސޫލެއް ކަމަށެވެ. އަދި އެ އުސޫލުގެ ސަބަބުން ފޯމު ހުށަހަޅަން ބޭނުންވާ ރައްޔިތުންނަށް ލާއިންސާނީ ރަހުމު ކުޑަ އަނިޔާ ލިބޭނެ ކަމަށް ދައުވާގައި ބުނެއެވެ.

ބޯހިޔާވަހިކަން ބޭނުންވެފައިވާ މީހުންގެ މަޖުބޫރީ ހާލަތުގެ ނާޖާއިޒް ފައިދާ ނަގާ އެކަށީގެންވާ ވަރަށް ވުރެ ބޮޑު ތަކްލީފްތައް އުފުލަންޖެހޭ ފަދަ އުސޫލެއް ކަމަށް ވާތީ، ހުޅުމާލެއިން ގޯއްޗަށް އެދުމަށް ޝަރުތު ހަމަވާ އެންމެހައި ރައްޔިތުންނަށް އެ ފުރުސަތު ލިބޭނެ ގޮތަށް އެކަށީގެންވާ މުއްދަތަކަށް ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމަށް ފަހު މެނުވީ ހުޅުމާލެއިން ގޯއްޗަށް އެދިފައިވާ މީހުންގެ ފޯމުތައް އިވެލުއޭޓްކޮށް ގުރު އަތުލުމުގެ ކަންކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާއި ދިނުމަށް އެދި ހުށަހަޅާ ކަމަށް ބަޔާން ކޮށްފައިވެއެވެ.

މި މައްސަލައާއި އެކު ވަގުތީ ގޮތުން ފޯމު ދޫކުރުން ހުއްޓާލުމަށް ވެސް ކޯޓުގައި ވަނީ އެދިފައެވެ. 

މައްސަލަ ހުށަހެޅުއްވި ފަރާތްކަމުގައިވާ ޝުނާނާ ވިދާޅުވީ، ވަގުތީ އަމުރަކަށް އެދުނީ، ފޯމު ބަލައިގަތުމަށް ނިންމާފައިވާ އުސޫލަކީ ގާނޫނު އަސާސީއާއި ގާނޫނީ އުސޫލުތަކާއި ހިލާފަށް އެތައް ބައެއްގެ ހައްގަށް އުނިކަން ލިބޭތީ ކަމަށެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވާ އިރު ހުޅުމާލެއިން 1000 އަކަފޫޓުގެ 400 ގޯތި ދޫކުރުމަށް އަންނަނީ ފޯމު ދޫކުރަމުންނެވެ. ފޯމު ހުށަހެޅުމަށް ގިނަ އަދަދެއްގެ ބަޔަކު ހައުސިންގ މިނިސްޓްރީގައި ފާއިތުވެދިޔަ ތިން ދުވަހުގައި ވަނީ ހުށަހަޅާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް