21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

މާރާމާރީ ހިންގުން

ރޭގެ މާރާމާރީ އާއި ގުޅިގެން ބަޔަކު ހައްޔަރު ކޮށްފި

  • ހަ އިންސިޑެންޓެއްގައި ޖުމްލަ 32 މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެނެވުނު
  • މީގެ ތެރެއިން 17 މީހަކު މީހާރުވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 11 އޮކްޓޯބަރ 2018 | ބުރާސްފަތި 16:10 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  3. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  6. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  7. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު
  8. އެލް ޗަޕޯ ގޭންގުގެ ކުރީގެ މެމްބަރެއް މަރުވުން


ފުލުހުންގެ ސްޕޯކްސްޕާސަން ސްޕްރިޓެންޑެންޓު އަހުމަދު ޝިފާން -- ފޮޓޯ: މުހައްމަދު ޝަރުހާން

ރޭ މާލޭގައި ހިނގި މާރާމާރީއާ ގުޅިގެން ތުހުމަތު ކުރެވޭ އެކި ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ފުހުލުހުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބޭސްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ސްޕޯކްސްޕާސަން ސްޕްރިޓެންޑެންޓް އަހުމަދު ޝިފާން ވިދާޅުވީ އައްޑޫ އާއި މާލޭގައި ހިނގާ ދިޔަ ހަ އިންސިޑެންޓެއްގައި ޖުމްލަ 32 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށާއި މީގެ ތެރެއިން 17 މީހަކު މީހާރު ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށެވެ.

ބުދަ ދުވަހުގެ ރޭ 14 އަހަރުގެ ކުއްޖަކު މަރާލުމުގެ ކުރިން ވެސް ވަޅިތަކަަކާ އެކު ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށް ޝިފާން ވިދާޅުވިއެވެ.

އޭގެ ތެރޭގައި ތިން ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށާއި އެ ކުދިންނަށް ޒިންމާދާރު ބައެއް ކަމަށް ވިސްނައިދިނުމަށް ފަހު މުޖްތަމައުގެ ތެރެއަށް ފޮނުވުމަށް އާއިލާތަކަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މިކަންކަމަކީ ސިޔާސީ އެއްވެސް ފަރާތަކުން އިސްވެ ސިޔާސީ އެއްވެސް ބަޔަކު ކުރުވާ ކަމެއް ކަމަކަށް ބެލިބެލުމުން ފާހަގަވެފައި ނުވާ ކަމަށާއި އެއީ ހަގީގަތާ ޚިލާފަށް ސޯޝާލް މީޑިއާގައި ދެކެވޭ ވާހަކަތަަކެއް ކަމަށް ޝިފާން ވިދާޅުވިއެވެ.

މިފަދަ ވަގުތެއްގައި ގައުމު ހަލަބޮލިވާ ގޮތަށް ކަންކަން ނުކުރުމަށް ވަނީ ޝިފާން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ވޭތިވެދިޔަ އަހަަރުތަކުގައި ސިޔާސީ އެކިއެކި ކަންކަމުގައި މަގުމަތި ހަލަބޮލިވާން ފުރުސަތު ލިބިފައި އެބަހުރި ކަމަށާއި ސްޓެޓިސްޓިކްސް އަށް ބަލާއިރު 2012 އަދި 2013 ގައި ހިނގާދިޔަ ކަންކަމުގައި މަގުމަތީގެ ކަންކަމުގައި އެންގޭޖްވާން ފުރުސަތު ހޯދަން ބޭނުން ފަރާތްތަކަށް ފުރުސަތުތަކެއް ލިބިފައިވާ ކަން ޝިފާން ފާހަގަކުރެއްވިއެވެ.

މިއަހަރު ތެރޭގައި މާރާމާރީތަކުގައި ނިޔާވި މީހުންގެ އަދަދު ތިނަކަށް އަރާފައިވާ ކަމަށާއި ވޭތިވެ ދިޔަ އަހަރުތަކާ އާޅާބަލާއިރު މިއީ ވަރަށް ކުޑަ އަދަދެއް ކަން ޝިފާން ވަނީ ފާހަގަ ކުރައްވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް