23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ޓްރަމްޕް

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

  • އޮފިޝަލުން ވަނީ އޭނާގެ ވިސާގައި 'ކެންސަލްކޮށްފައި"ވާ ކަމަށް ކަޅު ގަލަމަކުން ލިޔެފައި
އަހުމަދު މުހުސިނު | dhonbandaara

| 3 ފެބުރުވަރީ 2017 | ހުކުރު 04:47 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ޑޮނަލްޑް ޓްރަމްޕް: މުސްލިމުންނާމެދު ތަފާތު ގޮތެއް ގެންގުޅުއްވާ -- ގޫގުލް

ބައެއް ގައުމުތަކުގެ މީހުން އެމެރިކާއަށް ވަނުން މަނާ ކުރުމުގެ ސަބަބުން، އެމެރިކާގެ ވިސާ އޮތް ނަމަވެސް އެގައުމަށް ނުދެވި ޔުނައިޓެޑް އަރަބި އެމިރޭޓްސްގައި ތާށިވެފައިވާ މީހަކު ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ދައުވާކޮށްފި އެވެ.

އެމެރިކާގެ ހޮސްޕިޓަލެއްގައި ރެޒިޑެންސީ ފުރިހަމަ ކުރަމުންދާ ޑރ. އަމީރު އަލް ހޮމްސީ، ޓްރަމްޕާ ދެކޮޅަށް ކުރާ ދައުވާގައިވާ ގޮތުން އާދިއްތަ ދުވަހު އޭނާ ޔޫއޭއީން އެމެރިކާއަށް ދާން މަސައްކަތް ކުރުމުން އެމެރިކާގެ އޮފިޝަލުން ވަނީ އޭނާ ފްލައިޓަށް އެރުމުން ހުއްޓުވާފައެވެ.

އަމީރަކީ ސީރިއާގެ ރައްޔިތެއް ނަމަވެސް އޭނާ އެގައުމުގައި ދިރިއުޅެފައި ނުވެ އެވެ. އަދި ކައިވެނި ކުރުމަށް ޔޫއޭއީއަށް ދިޔަ ޑރ. އަމީރުގެ އަތުގައި ޔޫއޭއީގެ ރަށްވެހިކަން އޮންނަ އިރު އޭނާ އެމެރިކާގައި ދިރިއުޅެމުން ދިޔައީ ސްޓޫޑެންޓް ވިސާއެއްގައެވެ.

އިލިނޯއިގެ ޑިސްޓްރިކްޓް ކޯޓަކަށް ހުށަހެޅި ދައުވާގައިވާ ގޮތުން އެމެރިކާގެ އޮފިޝަލުން އޭނާ ފްލައިޓަށް އަރަން ހުއްދަ ނުދިނީ އޭނާގެ ފޯނުން ނަމާދު ވަގުތު އަންގައިދޭ އެޕެއް ފެނުމާ ގުޅިގެންނެވެ. އަދި ދެ ފަހަރެއްގެ މަތިން އޭނާ ސްކްރީން ކުރުމަށް އޮފިޝަލުންނަށް އެއްބާރުލުން ދިން ނަމަވެސް، ރައީސް ޓްރަމްޕުގެ އަމުރާ އެއްގޮތަށް އަމަލު ކުރަނީ ކަމަށް ބުނެ އޮފިޝަލުން ވަނީ އޭނާގެ ވިސާގައި 'ކެންސަލްކޮށްފައި"ވާ ކަމަށް ކަޅު ގަލަމަކުން ލިޔެފައި ކަމަށް ދައުވާގައިވެ އެވެ.

އަވަސް މުއްދަތެއްގައި ޑރ. އަމީރުގެ ވިސާ ބޭނުން ކުރެވޭ ގޮތް ނަހަދައިފި ނަމަ އޭނާ ސީރިއާއަށް ޑީޕޯޓު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ޑރ. އަމީރުގެ ޔޫއޭއީ ޕާސްޕޯޓު ބިނާވެފައި އޮތީ އޭނާ އެމެރިކާގެ މެޑިކަލް ސްކޫލުގައި ހުންނަ ހުރުމަށް ކަމުން ޔޫއޭއީގެ ޕާސްޕޯޓު ބާތިލު ކުރުމަކީ އެކަށީގެންވާ ކަމަކަށްވާތީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް