21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

ަމަރުގެ އަދަބު

މެލޭޝިއާގައި މަރުގެ އަދަބު އުވާލަނީ

  • މިހާރުވެސް 1،200 މަރުގެ ހުކުމް އިއްވިފައިއެބަތިބި
އަބުދުﷲ މުހައްމަދު | 8Abbo

| 11 އޮކްޓޯބަރ 2018 | ބުރާސްފަތި 14:52 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  3. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  6. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  7. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު
  8. އެލް ޗަޕޯ ގޭންގުގެ ކުރީގެ މެމްބަރެއް މަރުވުން


މި އަހަރުގެ ކުރީކޮޅު ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވި ބޮޑުވަޒީރު މަހާތީރު މުހައްމަދުވަނީ އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ -- އޭޕީ

މެލޭޝިއާގައި މަރުގެ އަދަބު އުވާލައި މިހާރު މަރުގެ ހުކުމް އިއްވިފައިވާ ފަރާތްތަކުގެ ހުކުމް ތަންފީޒު ނުކޮށް މަޑުޖައްސާލުމަށް އެގައުމުގެ ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

ބައިނަލްއަގްވާމީ މުޖުތަމައުއާއި ބޭރުގެ ޑިޕްލޮމޭޓުން ގެންދަވަނީ އެ ފިޔަވަޅަށް މަރުހަބާ ކިޔަމުންނެވެ.

މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓާލުމަށް މެލޭޝިއާގެ ގާނޫނުހަދާ މަޖިލީހަށް އެގައުމުގެ ސަރުކާރުން ހުށަހަޅައި ހޯމަ ދުވަހު ބަހުސްކުރާނެ ކަމަށް ބެލެވެއެވެ.

"މަރުގެ ހުރިހާ އަދަބެއް ހުއްޓާލެވޭނެ. ފުލް ސްޓޮޕް" ލޯ މިނިސްޓަރ ލިއު ވުއި ކިއޯންގއާ ހަވާލާދީ ޗެނެލް ނިއުސް އޭޝިއާގައި ރިޕޯޓް ކޮށްފައިވެއެވެ.

ކިއޯންގވަނީ ނިންމުން ތަންފީޒު ކުރެވެންދެން މަރުގެ ހުކުމް އިއްވާފައިވާ ހުރިހާ މައްސަލަތަކެެއް މަޑުޖައްސާލުމަށް އަންގަވާފައެވެ.

މެލޭޝިއާގައި މިހާރު ވެސް 1،200 މަރުގެ ހުކުމް އިއްވިފައިއެބަތިއްބެވެ. މެލޭޝިއާގައި މަރުގެ އަދަބު ދެވޭ ކުށްތަކުގެ ތެރޭގައި މަރުގެ މައްސަލަތަކާއި،ކިޑްނޭޕްކުރުމާއި ޑްރަގް ޓްރެފިކިންގ އަދި ގައުމަށް ގައްދާރުވުން ހިމެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

living dead

1 މަސްކުރި

he looks like the living dead

0
0