15 އޮކްޓޯބަރ 2018 | ހޯމަ | 12 ހިތަ
06 ޞަފަރު 1440
އިޝާ 19:06
މަޣްރިބް 17:55
އަސްރު 15:10
މެންދުރު 11:56
އިރުއަރާ 05:49
ފަތިސް 04:38

އިޓަލީ-ޔޫކްރޭން

އިޓަލީއާ ޔޫކްރޭންގެ ކުރިމަތިލުން އެއްވަރުވެއްޖެ

  • މޮޅެއް ނުލިބޭތާ ފަސް ވަނަ މެޗު
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 11 އޮކްޓޯބަރ 2018 | ބުރާސްފަތި 14:25 | |

މަގުބޫލް

  1. ކަަމަދޫ ކައުންސިލްގެ ރައީސް ރޭ ޕީޕީއެމްގެ މުޒާހަރާގައި، މިއަދު ފުލުހުންގެ ހައްޔަރުގައި!
  2. ޔަހްޔާ އާއި ޔާމީނާ ތަފާތެއް އެބަ ހުރިތަ؟
  3. އެންމެންގެ ސަމާލުކަށް ސުޕްރީމް ކޯޓަށް!
  4. ޓީވީއެމްގެ ކުރީގެ މުވައްޒަފުން އިންތިޚާބީ ރައީސް ސޯލިޙަށް މަރުހަބާ ދަންނަވައިފި
  5. ރައްޔިތުންގެ ވޯޓް ފޭރިގެންފި ނަމަ މަޑަކުން ނުތިބޭނެ: ހަސަން ލަތީފް
  6. ތިން ގަޑިއިރު ކުރިން ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވަންނަން ކިއު ހަދައިފި
  7. ޕީޕީއެމް ކެމްޕެއިންގ އަށް އެޗްޑީސީން 30 މިލިއަނަށް ވުރެ ގިނަ އިން ހަރަދުކުރިކަން ހާމަވެއްޖެ!
  8. ޮޫވޯޓު އޮޅުވާލުމަށް ގެނައި އަނގޮޓިތައް ޕީޕީއެމްގެ އެކްޓިވިސްޓުންގެ އަތުގައި މިހާރު ވެސް އެބަހުރި: ސިނާން


އިޓަލީ އާ ޔޫކްރެއިން ބައްދަލުކުރި މެޗުގެ ތެރެއިން -- އޭއެފްޕީ/ގެޓީ

ޖެނޯއާގެ ބްރިޖެއް ވެއްޓި މަރުވި މީހުންގެ ހަނދާންތައް އާކުރި، އެކުވެރިކަމުގެ މެޗެއްގައި ރޭ އިޓަލީ އާއި ޔޫކްރޭން 1-1 އިން އެއްވަރުވެއްޖެއެވެ.

މެޗުގައި ލީޑު ހޯދީ އިޓަލީންނެވެ. އެ ގޯލް 55 ވަނަ މިނެޓުގައި ޖެހީ އަލެސަންދްރޯ ފްލޮރެންޒީ ދިން ޕާހަކުން ފެޑެރިކޯ ބާނަޑެސްކީއެވެ.

އިޓަލީން ލަނޑު ޖެހިތާ ހަތް މިނެޓު ފަހުން ޔޫކްރޭނަށް އެއްވަރުކޮށްދިނީ ރުސްލަން މަލިނޮވްސްކީއެވެ.

މި ނަތީޖާއާ އެކު އިޓަލީން މިދިޔަ 12 މެޗުން އެ ލިބުނީ އެންމެ ދެ މޮޅެވެ. އާ ކޯޗު ރޮބާޓޯ މަންޗިނީއާ އެކު ވެސް އަދި މުޅިން ހަމަޔަކަށް ނޭޅެއެވެ.

އިޓަލީ އަށް މޮޅެއް ނުލިބި ފަސް މެޗު ވެފައިވާ އިރު އެޓީމަށް އެންމެ ފަހުން މޮޅެއް ހޯދިފައި ވަނީ މިއަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހުއެވެ.

އިޓަލީން ދެން އެންމެ އަވަހަށް ކުޅެނީ ޔުއެފާ ނޭޝަންސް ލީގުގެ މެޗެކެވެ. އެ މެޗުގައި އެޓީމު ނިކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ.

އިޓަލީ އާ ޔޫކްރޭންގެ މެޗު ޚާއްސަކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހު ޖެނޯއާގެ މޮރާންޑީ މޮޓޯވޭގެ ބައެއް ވެއްޓި 43 މީހުން މަރުވެ އެތައް ބަޔަކަށް އަނިޔާވި ހާދިސާއަށެވެ.

ސްޓޭޑިއޯ ލުއިޖީ ފެރާރިސްގައި ކުޅުނު މިމެޗުގައި މަރުވި މީހުންގެ ހަނދާނުގައި، މެޗުގެ 43 ވަނަ މިނެޓުގައި މެޗު މެދުކަނޑާލައި ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ވަނީ ހަނދާންތައް އާކޮށްފައެވެ.

ސަމްޕްޑޯރިއާ އަށް 15 އަހަރު ކުޅެފައިވާ އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ އެ ހާދިސާ އަކީ ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރުވި ހާދިސާއެއް ކަމަށެވެ.

ޔޫކްރޭނުގެ ކޯޗު އަދި ކުރިން އިޓަލީގެ އޭސީ މިލާނަށް ކުޅުނު އެންޑްރީ ޝެވްޗެންކޯ ބުނީ މިވަރުގެ ހިތާމައެއް ސިފަކުރާނެ ބަސްތަކެއް ހޯދަން އުނދަގޫ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް