19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

މިސްރުގެ ރައީސް ސީސި

މިސްރުގެ ކުރީގެ ރައީސް މުރުސީގެ ދަރިކަލުން ހައްޔަރުކޮށްފި

  • ހައްޔަރުކުރުމަށް ފަހު ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފައި
  • ހައްޔަރުކުރީ އޭޕީއަށް ދިން އިންޓަވިއުއަކާ ގުޅިގެން
އަބުދުﷲ މުހައްމަދު | 8Abbo

| 11 އޮކްޓޯބަރ 2018 | ބުރާސްފަތި 14:10 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


އަބްދުﷲ މުރުސީއަކީ ރައީސް މުރުސީގެ އެންމެ ހަގު ދަރިކަލުން -- އޭޕީ

ބަޣާވަތަކުން މިސްރުގެ ވެރިކަމުން ވައްޓާލެވުނު ކުރީގެ ރައީސް މުހައްމަދު މުރުސީގެ ހަގު ދަރިކަލުން ވެރިރަށް ގާހިރާގެ ކައިރީގައި އޮންނަ އަވަށެއްގައި ހުންނަ އޭނާގެ ގެއިން  ބުދަ ދުވަހު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކުރިތާ ގަޑިއިރުތަކެއްގެ ތެރޭ ކަފާލާތުގެ ދަށުން އޭނާ ވަނީ ދޫކޮށްލާފައި ކަމަށް އާއިލާ އާއި ސަލާމަތީ ޚިދުމަތްތަކުން ވެސް ވަނީ ބުނެފައެވެ.

އެޓަރނީ ޖެނެރަލް ނަބީލް ސަދަކް ބުދަދުވަހު ނެރުއްވާފައިވާ ކުރު ބަޔާނެއްގައި ވަނީ މިސްރުގެ ސުޕްރީމް ސްޓޭޓް ސިކިއުރިޓީ ޕްރޮސިކިއުޝަނުން ސުވާލުކުރުމަށް ފަހު ކަފާލާތުގެ ދަށުން 5،000 އިޖްޕްޝިއަން ޕައުންޑް ބަހައްޓައި ދޫކޮށްލުމަށް އެންގިފައިވާ ކަމަށެވެ.

ސަލާމަތީ ޚިދުމަތްތަކުން އަބްދުﷲ މުރުސީ ހައްޔަރުކުރީ އައިޑީ އާއީ މޮބައިލް ފޯނާ ވެސް އެކުގައި ކަމަށާއި ނަމަވެސް ދޫކޮށްލި އިރު ފޯނު ދީފައި ނުވާ ކަމަށް އޭނާގެ ބޭބެ އަހުމަދު ބުންޏެވެ.

ސަލާމަތީ ޚިދުމަތުގައި މަސައްކަތްކުރާ ދެ މީހަކު ބުނި ގޮތުގައި އަބްދުﷲ ހައްޔަރުކުރީ އޭނާގެ ބައްޕާފުޅުގެ ބަންދާ ގުޅޭ ގޮތުން މިދިޔަ ހަފްތާގައި އެސޯސިއޭޓެޑް ޕްރެސްއަށް ދިން އިންޓަވިއުއަކާ ގުޅިގެން "ދޮގު ޚަބަރު ފަތުރާ" ކަމަށް ބުނެއެވެ.

ކުރީގެ ރައީސް އަދި މިހާރު މަނާކުރެވިފައިވާ ސިޔާސީ ޕާޓީ މުުސުްލިމް ބްރަދަރހުޑްގެ އިސް ލީޑަރު މުރުސީގެ ވެރިކަން މިހާރުގެ ރައީސް އަދި އޭރު އަސްކަރިއްޔާގެ ވެރިޔާގެ މަގާމުގައި ހުންނެވި އަބްދުލަ ފައްތާހު އައް ސީސީ އިސްވެ ހުންނަވައި ކުރެއްވި ބަޣާވާތަކުން 2013 ވަނަ އަހަރު ވައްޓާލުމަށްފަހު މުރުސީ ހުންނަވަނީ ޖަލުގައި އެކަހެރިކޮށް ބަންދުކުރެވިފައެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް