19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އަންހެން ގައުމީ ފުޓުބޯޅަ ޓީމު

ގައުމީ ޓީމަށް ބޯނަސް ފައިސާގެ ގޮތުގައި ލިބޭނީ 25 ހާސް

  • ކުރިން 35000 ރުފިޔާ ދޭނެ ކަމަށް ބުނި
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 11 އޮކްޓޯބަރ 2018 | ބުރާސްފަތި 13:34 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ސާފް ސުޒުކީ ކަޕްގެ ތައްޓާ އެކު ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް -- އިމޭޖަސް.އެމްވީ

ސާފް ސުޒުކީ ކަޕްގެ ތަށި ހޯދި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ބޯނަސް ފައިސާގެ ގޮތުގައި 35،000ރ. ދިނުމަށް ކުރިން ހަމަޖެހިފައި ވިޔަސް ކޮންމެ ކުޅުންތެރިޔަކަށް ލިބޭނީ 25،000ރ. ކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ކުޅިވަރާ ބެހޭ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވެފައި ވަނީ ބޯނަސްގެ ގޮތުގައި ކޮންމެ ކުޅުންތެރިޔަކަށް 35،000ރ. ލިބޭނެ ކަމަށް ނޫސްތަކުގައި ލިޔުނަސް އެއަދަދަށް ބޯނަސް ފައިސާ ނުދޭނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ކޮންމެ ކުޅުންތެރިއަކަށް ވެސް ބޯނަސް ފައިސާ ލިބޭނީ ސްޕޯޓްސް ކައުންސިލުން ފާސްކޮށްފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ.

ސްޕޯޓްސް ކައުންސިލުން ފާސްކޮށްފައިވާ އުސޫލުގެ ދަށުން ކޮންމެ ކުޅުންތެރިއަކަށް ލިބޭނީ 25،000ރ. އެވެ. އެގޮތަށް ނިންމީ އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ދިން ބޯނަސްތައް އެއީ ބޭސް ލައިނެއް ކަމަށް ބަލާފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކުރިން އޮންނަ ގޮތުން ބައިނަލްއަގްވާމީ މުބާރާތްތަކުން ކާމިޔާބީ ހޯދުމުން ބޯނަސް ދޭން ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް 35،000ރ. ދޭން ޖެހެއެވެ.

މީގެ އިތުރުން ފައިނަލަށް ދިއުމުންނާއި ތަށި ހޯދުމުން ވަކިވަކި ބޯނަސްތަކެއް ދޭން އެފްއޭއެމުން ވެސް ކުޅުންތެރިންނަށް ވައުދުތަކެއް ވިއެވެ. އަދި ޗެމްޕިއަންކަން ހޯދުމުން ލިބުނު އިނާމް ފައިސާ ކަމަށްވާ 50،000 ޑޮލަރު (771،000ރ.) ގެ ތެރެއިން ވެސް ބައެއް ދިނުމަށް ވާހަކަ ދެކެވިފައި ވެއެވެ.

އޮފިޝަލް ވިދާޅުވީ ސަރުކާރުންދޭ ބޯނަސް ފައިސާ ދިނުމަށްޓަކައި، ކުޅުންތެރިންގެ ތަފްސީލް ވެސް އެފްއޭއެމުން ފޮނުވީ ވަރަށް ފަހުން ކަމަށެވެ.

ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ފަހުން އެފްއޭއެމާއި ސަރުކާރުގެ ފަރާތުން އެއްވެސް އަޅާލުމެއް ނެތް ކަމަށާއި އަދި މުސާރަ އާއި ބޯނަސް ވެސް ހަމަނުޖެހޭ ކަމަށް ބުނެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް