21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

ކްރިމިނަލް ކޯޓު

ގާސިމްގެ މައްޗަށް ހިންގި ޝަރީއަތް ރަނގަޅު ނޫން ކަމަށް ޕީޖީ އިން ވެސް އެއްބަސްވެއްޖެ

  • އިސްތިއުނާފީ 13 ނުކުތާއެއް ހުށައަޅާފައިވޭ
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 11 އޮކްޓޯބަރ 2018 | ބުރާސްފަތި 13:19 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  3. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  4. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  5. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  6. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  7. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު
  8. އެލް ޗަޕޯ ގޭންގުގެ ކުރީގެ މެމްބަރެއް މަރުވުން


ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: -ރާއްޖެއެމްވީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގި ގޮތަކީ ގާނޫނުތަކަށް ބަލާއިރު އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ބުނެފިއެވެ.  

ރިޝްވަތު ހުށައެޅުމުގެ ކުށުގައި ގާސިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކޮށްދޭން ހައިކޯޓަށް ހުށައެޅި މައްސަލައިގައި ގާސިމްގެ ވަކީލުން ވަނީ އެ ހުކުމް ބާތިލް ކޮށްދޭން އެދި 13 ނުކުތާއެއް ހުށައަޅާފައެވެ. އޭގެ ތެރެއިން އެއް ނުކުތާއަކީ ގާސިމްގެ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގާ ހުކުމް ކޮށްފައިވުމެވެ.

އެ ނުކުތާއާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލާ ނިއުމާ މުހައްމަދު ވަހީދު ވިދާޅުވީ ގާނޫނު އަސާސީ އާއި ޖިނާޢީ އިޖްރާއަތުގެ ގާނޫނަށް ބެލި ނަމަވެސް އެކަން އެ ގޮތަށް ކުރެވޭނެ ކަމަށް ފެންނަން ނެތް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ދައުލަތުން ފެންނަ ގޮތް ވިދާޅުވުމަށް މައްސަލަ ބައްލަވާ ބެންޗްގެ އިސް ގާޒީ ޝުޖާއު އުސްމާން އެކި ފަހަރު އެދިވަޑައިގަތުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެގޮތަށް ކުރިއަށް ގެންދެވިދާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

އެއާ އެކު އެކަން ދަށު ކޯޓުގައި ދައުލަތުގެ ވަކީލުން ފާހަގަކުރިތޯ ފަނޑިޔާރު އެއްސެވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެރޭ ގާސިމްގެ ޣައިރު ހާޒިރުގައި ޝަރީއަތް ގެންދަން ނިންމައި ދައުލަތައް އެންގީ ހުލާސާ ބަޔާން އިއްވަން ކަމަށެވެ. ނަމަވެސް ދަށު ކޯޓުގައި ޣައިރު ހާޒިރުގައި ޝަރީއަތް ނުގެންދެވޭނެ ކަމަށް ވިދާޅުނުވީ ކީއްވެތޯ އެކި ފަހަރު ސުވާލު ކުރުމުން ސީދާ ޖަވާބެއް ދައުލަތުން ނުދެއްކުމުން ފަނޑިޔާރު ވަނީ ސުވާލަށް ޖަވާބު ނުދެއްވާ ކަމަށް ވެސް ފާހަގަ ކުރައްވާފައެވެ. 

މި މައްސަލައިގައި ދައުލަތުން ބޭނުންވަނީ ކޮން ގޮތައްކަށް ނިންމަންތޯ ކުރި ސުވާލަށް ވެސް ނިއުމާ ސީދާ ޖަވާބެއް ނުދެއްވި އެވެ. ހަމަ އެކަނި ވިދާޅުވަމުން ގެންދެވީ "އަދުލުވެރި، އިންސާފުވެރި ހުކުމެއް އިއްވައި ދިނުމަށް" ކަމަށެވެ. އެގޮތަށް އޭނާ ވިދާޅުވުމުން އިސް ފަނޑިޔާރު ޝުޖާއު ވަނީ "އަދުލުވެރި، އިންސާފުވެރި ގޮތަކީ ކޮބައިތޯ" ސުވާލު ކުރައްވައިފަ އެވެ. މީގެ ކުރިން އެހެން މައްސަލަތަކުގައި ދައުލަތުން އެދެނީ ދަށު ކޯޓުގެ ނިންމުން ބާތިލް ކުރުމަށް ނުވަތަ ތާއީދު ކުރުމަށް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

ޖަވާބުގައި ވަކީލާ ނިއުމާ ވިދާޅުވީ ހައި ކޯޓުން މައްސަލަ ނިންމާނީ ގާނޫނާ އެއްގޮތަށް ކަމަށް ދައުލަތުން ގަބޫލު ކުރާ ކަމަށާއި އެގޮތަށް ދައުލަތުން އެދެނީ އެ ސަބަބާ ހެދި ކަމަށެވެ. ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ގާސިމްގެ ފަރާތުން ފާހަގަކުރި އެންމެ މުހިންމު ނުކުތާއަށް ދައުލަތުން އެއްބަސްވީ ކަމަށާއި އެހެންވެ އިތުރަށް ދައްކަން ބޭނުންވާ ވާހަކައެއް ނެތް ކަމަށެވެ. އެހެންވެ، ދަށު ކޯޓުގެ ހުކުމް ބާތިލް ކޮށްދޭން އޭނާ އެދިވަޑައިގަތެވެ.

ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވީ ދައުލަތުގެ ވާހަކަތަކުން އެނގުނީ ދައުލަތުން ދަށު ކޯޓުގައި ޒިންމާ އަދާކޮށްފައި ނެތް ކަން ކަމަށާއި ގާނޫނާ ޚިލާފަށް ދަށު ކޯޓުން ޝަރީއަތް ހިންގި ކަމަށް ދައުލަތުން ވެސް މިހާރު އެއްބަސްވީ ކަމަށެވެ. އޭނާ ވެސް އެދިވަޑައިގަތީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް ދިނުމަށެވެ. ދެ ފަރާތުގެ ވާހަކަތަކަށް ފަހު ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިމުނީ ކަމަށާއި އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ. އަދި ވަރަށް އަވަހަށް މައްސަލަ ނިންމޭތޯ ބައްލަވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.

އިސް ފަނޑިޔާރު ޝުޖާއުގެ އިތުރުން އެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން އަލީ އެވެ.  އެ މައްސަލަ ހައި ކޯޓުން ނިމެންދެން ކަފާލާތުގެ ދަށުން ގާސިމް ހުންނެވީ މިނިވަންކޮށްފަ އެވެ. ޖަރުމަނު ވިލާތުގައި ހުންނެވުމަށް ފަހު އޭނާ ދާދި ފަހުން ރާއްޖެ ވަޑައިގަތީ ވެސް ކަފާލާތުގެ ދަށުން މިނިވަން ކުރުމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް