15 ޑިސެންބަރު 2018 | ހޮނިހިރު | 06 މުލަ
08 ރަބީޢުލްއާޚިރު 1440
ފަތިސް 04:46
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:17

އަންހެން ގައުމީ ފުޓުބޯޅަ ޓީމު

ކުޅުންތެރިންގެ މުސާރަ ލަސްވަނީ އެފްއޭއެމްގެ ސަބަބުން!

  • ބުރާސްފަތި ދުވަހު މުސާރަ ޖަމާވެދާނެ ކަމަށް ވިދާޅުވި
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 11 އޮކްޓޯބަރ 2018 | ބުރާސްފަތި 12:56 | |

މަގުބޫލް

  1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
  2. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  3. ޓޫރިސްޓް ވިސާގައި އިންޑިއާއަށް ގޮސް، ސިއްހީކަމެއް ދިމާވެއްޖެނަމަ މެޑިކަލް ވިސާއަށް ބަދަލުކޮށްދެނީ!
  4. މިހާރު އައްޔަން ކޮށްފައި ތިބި ފަނޑިޔާރުންނަކީ ގާނޫނު އަސާސީއާ ހިލާފަށް އައްޔަން ކުރައްވާފައިވާފައިވާ ފަނޑިޔާރުންތަކެއް: ސިރާޖް
  5. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި
  6. ހިތަދޫ ހޮސްޕިޓަލްގެ އިހްމާލުން ކުއްޖަކު ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަންފަށައިފި
  7. ނާޒިމް ބޭނުންވަނީ އަނިޔާ ދިން މީހުނަށް ހައްގު އަދަބު ލިބެން
  8. ސްރީލަންކަންގެ ފްލައިޓަށް ދިމާވި މައްސަލައެއްގެ ސަބަބުން ކޮޗިން އެއާޕޯޓުގައި ދިވެހިން ތާށިވެފައި!


އެމްއޭއެމްގެ މައި އިދާރާ -- ވީނިއުސް

ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް މުސާރަ އާއި ބޯނަސް ލަސްވަމުން އަންނަނީ އެފްއޭއެމްގެ ސަބަބުން ކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީގެ އިސް އޮފިޝަލަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ ކުޅުންތެރިންގެ މުސާރައާ ބޯނަސް ލަސް ވަނީ އެފްއޭއެމް އިން ތަފްސީލް ފޮނުވުން ލަސްވުމުން ކަމަށެވެ.

އޮފިޝަލް ވިދާޅުވެފައި ވަނީ އާއްމު އުސޫލަކީ ނިމުނު މަހުގެ މުސާރަ ޝީޓް ފެށޭ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ފޮނުވުން ކަމަށެވެ. ނަމަވެސް އެފްއޭއެމް އިން ތަފްސީލުތައް ފޮނުވަނީ ކޮންމެ ތިން މަހުން އެއް މަހު ކަމަށް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

އެފްއޭއެމް އިން އެގޮތަށް ކަންތައްކުރަނީ ކުޅުންތެރިން ބޭނުންވެގެން ކަމަށް ބުނެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އެގޮތަށް ކުޅުންތެރިން ބޭނުންވަނީ އެއް ފަހަރާ ލިބޭ އަދަދު ބޮޑުވުމުން އެގޮތް ބޭނުންވާތީ ކަމަށް އެފްއޭއެމުން ބުނެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މި ފަހަރުގެ ތަފްސީލުތައް ފޮނުވީ މިދިޔަ އާދީއްތަ ދުވަހު ކަމަށާއި، ޓެކްނިކަލް މައްސަލައަކާ ހެދި ލަސްވި ނަމަވެސް ފަހަރުގައި ބުރާސްފަތި ދުވަސް (މިއަދު) ވެސް މުސާރަ ޖަމާވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ތިން މަހުން ފޮނުވީ މި ފަހަރު އެކަނި ކަމަށާއި އެގޮތަށް ހެދީ ސާފް ސުޒުކީ ކަޕުގެ ޓްރެއިނިންގެ ކޭމްޕް އޮތުމުން ފައިނަލް 23 ކުޅުންތެރިން ކުރީ ބައިގައި އެނގިދާނެތީ ކަމަށެވެ.

ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ޓީމުގެ ކުޅުންތެރިން ވަނީ މިދިޔަ ތިން މަހުގެ މުސާރަ ނުލިބޭ ކަމަށާއި އަދި ތަށި ހޯދުމުން ސަރުކާރުން ދޭން ޖެހޭ ބޯނަސް އާއި އެފްއޭއެމުން ދޭން ބުނި ބޯނަސް ނުދޭ ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް