15 އޮކްޓޯބަރ 2018 | ހޯމަ | 12 ހިތަ
06 ޞަފަރު 1440
އިޝާ 19:06
މަޣްރިބް 17:55
އަސްރު 15:10
މެންދުރު 11:56
އިރުއަރާ 05:49
ފަތިސް 04:38

ރިޔާސީ އިންތިހާބު 2018

ރައްޔިތުންގެ ނިންމުން ބޮލާލާ ޖަހައި ޑިމޮކްރެޓިކް ނިޒާމް ގަޑުބަޑުކުރާ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާ އިންދީފި

  • ދުސްތޫރީ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ޖޭއެސްސީގައި އިންނަވާ ރައީސްގެ މަންދޫބު
އަބުދުﷲ މުހައްމަދު | 8Abbo

| 11 އޮކްޓޯބަރ 2018 | ބުރާސްފަތި 09:14 | |

މަގުބޫލް

  1. ކަަމަދޫ ކައުންސިލްގެ ރައީސް ރޭ ޕީޕީއެމްގެ މުޒާހަރާގައި، މިއަދު ފުލުހުންގެ ހައްޔަރުގައި!
  2. ޔަހްޔާ އާއި ޔާމީނާ ތަފާތެއް އެބަ ހުރިތަ؟
  3. އެންމެންގެ ސަމާލުކަށް ސުޕްރީމް ކޯޓަށް!
  4. ޓީވީއެމްގެ ކުރީގެ މުވައްޒަފުން އިންތިޚާބީ ރައީސް ސޯލިޙަށް މަރުހަބާ ދަންނަވައިފި
  5. ރައްޔިތުންގެ ވޯޓް ފޭރިގެންފި ނަމަ މަޑަކުން ނުތިބޭނެ: ހަސަން ލަތީފް
  6. ތިން ގަޑިއިރު ކުރިން ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވަންނަން ކިއު ހަދައިފި
  7. ޕީޕީއެމް ކެމްޕެއިންގ އަށް އެޗްޑީސީން 30 މިލިއަނަށް ވުރެ ގިނަ އިން ހަރަދުކުރިކަން ހާމަވެއްޖެ!
  8. ޮޫވޯޓު އޮޅުވާލުމަށް ގެނައި އަނގޮޓިތައް ޕީޕީއެމްގެ އެކްޓިވިސްޓުންގެ އަތުގައި މިހާރު ވެސް އެބަހުރި: ސިނާން


އެމެރިކާގެ އިސް ޑިޕްލޮމޭޓް, ސްޓޭޓް ޑިޕާޓްމަންޓްގެ ބިއުރޯ ފޯރ ސައުތު އެންޑް ސެންޓްރަލް އޭޝިއާގެ ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އެލިސް ވެލްސް އާއި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު -- އާކައިވް

ރައްޔިތުންގެ ނިންމުން ބޮލާލާ ޖަހައި ޑިމޮކްރެޓިކް ނިޒާމް ގަޑުބަޑުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާ އިން އިންޒާރުދީފިއެވެ.

އެމެރިކާއިން މި އިންޒާރު ދީފައި ވަނީ ބުދަ ދުވަހު ރާއްޖެ ވަޑައިގެންނެވި އެމެރިކާގެ އިސް ޑިޕްލޮމޭޓް, ސްޓޭޓް ޑިޕާޓްމަންޓްގެ ބިއުރޯ ފޯރ ސައުތު އެންޑް ސެންޓްރަލް އޭޝިއާގެ ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އެލިސް ވެލްސް ރާއްޖޭގެ އިސްލީޑަރުންނާއިި އޮފިޝަލުންނާ އެކު ބޭއްވެވި ބައްދަލުވުންތަކުގައި ކަމަށް އިންޑިއަން އެކްސްޕްރެސްގައި ރިޕޯޓްކޮށްފައި ވެއެވެ.

އެމްބެސެޑަރ ވެލްސް ރާއްޖެއަށް ކުރެއްވި އެއް ދުވަހުގެ ދަތުރުފުޅުގައި ރާއްޖެޓީވީއަށް ބުދަ ދުވަހު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އިންތިހާބާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ދުސްތޫރީ މައްސަލައެއް ބުދަ ދުވަހު ހުށަހަޅާފައިވާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެ މައްސަލައިގެ ތަފްސީލު އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް، ދިވެހި ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

"އެމެރިކާ އާއި އެ ގައުމުގެ ބަިއވެރިން ވަރަށް ކަންބޮޑުވާނެ ޑިމޮކްރެޓިކް ނިޒާމް ގަޑުބަޑުކުރާނަމަ.ދިވެހި ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރެވެންޖެހޭނެ އަދި އެ ނިންމުން ދިފާއުކުރެވޭނެ،" ރައީސް ޔާމީންގެ ފަރާތްޕުޅުން ދުސްތޫރީ މައްސަލައެއް ކޯޓަށް ހުށަހެޅުމާ އެކު ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވިދާޅުވިއެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުގައި އެ ކަމަނާ ވަނީ ދިވެހި ރައްޔިތުންނަށް މަރުހަބާ ވިދާޅުވެ މި އިންތިޚާބަކީ ވަރަށް ފުރިހަމަ ޑިމޮކްރެޓިކް އެކްސްޕެރިމެންޓެއް ކަމަށާއި، މި ނިންމުމާ އެކު އެންމެހާ ދިވެހި ރައްޔިތުންނަށް އިތުރަށް ފާގަތިކަން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެމްބެސެޑަރ އެލިސް ވެލްސް ވަނީ ވެލާނާ އިންޓަރނޭޝަނަލްގެ ވީވީއައިޕީ ލޯންޖްގައި އިންތިޚާބީ ރައީސް ސޯލިހްއާ ބައްދަލު ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް