
| 11 އޮކްޓޯބަރ 2018 | ބުރާސްފަތި 07:34 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން އެ ބޭންކުން ބުދަ ދުވަހުގެ ރޭ އެވޯޑް ދީފިއެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި މި ޚާއްސަ ހަފްލާގައި ބޭންކަށް 15، 20، 25، 30 އަދި 35 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައި ވަނީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީއެވެ.
ޖުމްލަ 37 މުވައްޒަފަކަށް މި އެވޯޑު ލިބިގެން ދިޔައިރު، 35 އަހަރު ބޭންކަށް ޚިދުމަތްކޮށްދީފައިވާ ހެޑް އޮފް އިންޓަރނަލް އޮޑިޓް, ފާތިމަތު ރަޝީދާ އަށް ވަނީ ޚާއްސަ އެވޯޑެއް ދީފައެވެ. މީގެ އިތުރުން ބޭންކަށް 30 އަހަރު ޚިދުމަތްކޮށްދީފައި ވާތީ ޑެޕިއުޓީ ސީނިއަރ އޮފިސަރ، އާމިނަތު ނަސީރު އާއި އިންޓަރނަލް އޮޑިޓް މެނޭޖަރ އާމިނަތު ހަސަން އަދި ކްލަސްޓަރ ބްރާންޗް މެނޭޖަރ، ޙުސައިން ރަޝީދަށް ވަނީ އެވޯޑް ދީފައެވެ.
ދިގު މުއްދަތަށް ބޭންކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެކަން ފާހަގަކުރުމަށް ފުރަތަމަ އެވޯޑް ދީފައި ވަނީ 2015 ވަނަ އަހަރުގައެވެ. އެ ހަފްލާގައި ކޮންމެ އަހަރަކު އެއް ފަހަރު މިފަދަ ހަފްލާއެއް ބާއްވާ، ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ދިނުމަށް ބޭންކުން ވަނީ ނިންމާފައެވެ. ބީއެމްއެލް އިން ގެންގުޅެމުންދާ ކުރިއަރާފައިވާ އިންސާނީ ވަސީލަތްތަކުގެ ސިޔާސަތުތައް އަގުވަޒަންކުރުމުގެ ގޮތުން ދޭ " އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" މިއަހަރު ކުރީކޮޅު ބީއެމްއެލް އިން ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް