21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07

ބޯހިޔާވަހިކަން

ގޯތި ކިޔޫގައި ތިބި މީހުންގެ ތަންމައްޗަކަށް މަގުމަތި!

  • ކުނާ އަޅައިގެން އެއް ބަޔަކު ނިދީވެސް އެތަނުގައި
  • އެކަން ކުރިއަށް ގެންދާ ގޮތާމެދު ހައުންސިންއަށް ފާޑުކިޔުން
  • މަސައްކަތް ކުރިއަށް ގެންދަނީ އޭސީސީގެ އެންގުމާ ހިލާފަށް
ޙުސައިން ޙަސަން | hucenhassan

| 11 އޮކްޓޯބަރ 2018 | ބުރާސްފަތި 02:25 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  3. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  4. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  5. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  6. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  7. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު
  8. އެލް ޗަޕޯ ގޭންގުގެ ކުރީގެ މެމްބަރެއް މަރުވުން


ހުޅުމާލެ ދެ ވަނަ ފިޔަވަހިން ގޯތި ގަންނަން ކިއު ހެދި މީހުން އެ ސަރަހައްދުގައި ނިދާފައި -- ފޮޓޯ: މުހައްމަދު ޝަރުހާން

ރޭގަނޑުގެ ނިދިން މަހުރޫމުވެގެން އެތައް ބަޔަކު ޖަމާވެފައި އެ ތިބީ ހުޅުމާލެ ދެ ވަނަ ފިޔަވަހިން ގޯތި ގަތުމަށް ފޯމު ހުށަހެޅުމަށެވެ. ކިއު ނަމްބަރު ހޯދުމަށް ކިއުގައި ޖެހިގެން އެ ތިބީ މާލޭ ރައްޔިތުންނާއި މާލޭ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނެވެ. އެ މީހުންނަކީ އެއް ދުވަސް ކުރިން، އެތަނުގައި ގޮނޑި އަޅައިގެން ތިބި މީހުންނެވެ.

"އަޅުގަނޑު ބޭނުންވަނީ މިއަށް ވުރެ ރަނގަޅަށް މިކަން އިންތިޒާމު ކުރެވިގެން މިކަން ކުރިއަށް ގެންދަން. އަޅުގަނޑުމެން ކާން ވެސް ޖެހެނީ މިތާނގައި. ފާހާނަކުރަން ވެސް މި ޖެހެނީ މިތާނގައި. އަހަރުމެންނަކީ ދިވެހިން ރައްޔިތުން. މިހާ ދެރަ ގޮތަކަށް ނޫން މިކަން ކުރިއަށް ގެންދަން ޖެހޭނީ،" ބުދަ ދުވަހުގެ މެންދުރުފަހުން ފެށިގެން ކިއުގައި ޖެހިގެން ހުރި މީހަކު ބުންޏެވެ.

ބުދަ ދުވަހުގެ ރޭ ދަންވަރު ގޯތި ކިޔޫގައި ޖެހިފައި ތިބި މީހުން

މާލޭ ފުޑްކޯޓުތައް ހިމެނޭ ސަރަހައްދުގައި ހުންނަ ހައުސިން މިނިސްޓްރީ ކައިރީގައި ހަދާފައިވާ ކިއު ވަނީ ކަޅުތުއްކަލާ ކޮއްޓާ ހިސާބަށް ހަދައިފަ އެވެ. ކިއުގައި އެއް ބަޔަކު ތިބީ ކުނާ އަޅައިގެންނެވެ. ކޮންމެ ދުވަހު ދޫކުރާ 500 ނަމްބަރު ހޯދަން، އެތައް ސަތޭކަ ބަޔަކު ކިއުގައި ޖެހިގެން ތިބީ މަގުމަތީގައި ތަންމަތި އަޅައިގެންނެވެ. ދުވަހުގެ މަސައްކަތް ހުއްޓާލުމަށްފަހު، މުޅި ދުވަސް އެކީގައި އެކަމަށް ހުސްވެގެން ތިބި ބައެއް މީހުން ރާއްޖެއެމްވީއަށް ބުނީ އެތަނުގައި ރޭދުވާ ހޭދަ ކުރިޔަސް އުންމީދެއް ނެތް ކަމަށެވެ.

ބުދަ ދުވަހުގެ ރޭ ދަންވަރު ގޯތި ކިޔޫގައި ޖެހިފައި ތިބި މީހުން

"ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް. އަދި މިވީތަނަކަށް އުންމީދެއް އާލާވެފައެއް ނެތް. އެކަމަކު މަސައްކަތް ކުރާނީ ލިބޭނެ ކަމަށް. ހަ މީހުން ލައިގެން [ފްލެޓަށް ކުރިމަތިލައިގެން] ވެސް މިދިޔަ ބުރު ނުލިބުނު. މިފަހަރު ފަސް މީހުން ލައިގެން ނުލިބުނު. ދެން ކޯއްޗެއް ލިބޭނީ،" ކިއުގައި ޖެހިގެން ހުރި ހަސީނާ ހަސަން ބުންޏެވެ.

ބުދަ ދުވަހުގެ މެންދުރުފަހުން ފެށިގެން ކިއުގައި ޖެހިގެން ހުރި ސަފްރަތު އިސްމާއިލް ބުނީ ހުޅުމާލެއިން ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ. ގޯއްޗަށް ކުރިމަތިލާ މީހުން ގުރުއަތަށް ދާ ގޮތާއި، އެކަމުގައި އަވަސް އަރުވާލުން އުޅޭތީ، އިންސާފުވެރިކޮށް އެކަން ކުރިއަށްދާނެ ކަމަށް ވެސް ނުބެލެވޭ ކަމަށް އޭނާ ބުންޏެވެ.

"ޕާޓީއަކަށް ސޮއިކޮށްގެން ނަފްސު ވިއްކާލައިގެނެއް ދުވަހަކު ވެސް އަޅުގަނޑުމެންނަށް ބޯހިޔާވަހިކަމެއް ނުލިބުނަސް. އަޅުގަނޑުމެންގެ ނަފްސު ވިއްކައެއް ނުލާނަން. އަޅުގަނޑުމެން ތިބޭނީ އަޅުގަނޑުމެންގެ ގޮތުގައި ތިބެގެން، އިރާދަ ކުރެއްވިއްޔާ ދެން ވެރިކަމެއްގައި ވެސް ހަމަ މިގޮތަަށް ހޭލާ ތިބެންޖެހިއްޖެއްޔާ ތިބޭނަން. ތިބެގެން އަނެއްކާވެސް ފްލެޓަށް މަސައްކަތް ކުރާނަން މީގެ ކޮޅެއް ފެންނަންދެން،" ސަފްފަތު ބުންޏެވެ.

ބުދަ ދުވަހުގެ ރޭ ދަންވަރު ގޯތި ކިޔޫގައި ޖެހިފައި ތިބި މީހުން

ހުޅުމާލެ ދެ ވަނަ ފިޔަވަހިން ވިއްކާ 400 ގޯއްޗަށް ހުޅުވާލި ފަހުން ކޮންމެ ދުވަހު އެތަނަށް އެތައް ސަތޭކަ ބަޔަކު ޖަމާވެއެވެ. ފޯމު ހުށަހެޅުމަށް ނަމްބަރު ދޫ ކުރުމުގައި އިންތިޒާމެއް ނެތްކަން އެ މަންޒަރުތަކުން އެނގެއެވެ. އޮންލައިންކޮށް ނަމްބަރު ދޫ ކުރުމުގައި ވެސް ދެފުށް ފެންނަ ނިޒާމެއް ނެތެވެ. އަންހެނުންނާއި ދޮށީ އުމުރުގެ މީހުންނަށް ބެލުމެއް ނެތި، ކިއު ފަޅާލުމަށްފަހު ނަމްބަރު ހޯދައިގެން ދިޔަ މީހުން މަދެއް ނޫނެވެ.

ހައުސިން މިނިސްޓްރީން އެ މަސައްކަތް ކުރިއަށް ގެންދަނީ އޭސީސީން އެންގި އެންގުމާ ހިލާފަށެވެ. ރިޝްވަތާއި ކޮރަޕްޝަނަށް މަގުފަހިވާ އަމުލުތައް ހުއްޓުވުމުގެ ގާނޫނީ ބާރު ލިބިފައިވާ މުއައްސަސާގެ އެންގުމަށް ފަރުވާލެއް ނެތި ހައުސިން މިނިސްޓްރީން އެ މަސައްކަތް ކުރިއަށް ގެންދިއަޔަސް، އާންމުން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މިންވަރު އެ މަންޒަރުތަކުން ސާފެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Rahumaa

1 މަސްކުރި

Bala muiz Mikan mikuranee yaameenu bunegen yaameenu laarifoshithah pack kohgen filan vegan rayyithun focus flat thakaai dhimaalah anburaalai ekamugai rayyithun busy kohffa hurihaa jareemaathah foruvumaai liyekiyu thah andhaalumuga yaameenu busy koh ulhenee, rayyithun, Nikan visnabala,,

1
0