16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ޔަމަނުގެ ހަނގުރާމަ

ޔަމަނުގެ ހޫޘީންގެ ދެ ލީޑަރަކާއެކު އެ ޖަމާއަތުގެ 20 ހަނގުރާމަވެރިން މަރާލައިފި

  • މަރުވި އެއް ލީޑަރަކީ ހޫޘީންގެ އެންމެ އިސް އެކަކު
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 10 އޮކްޓޯބަރ 2018 | ބުދަ 19:18 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


ހޫޘީންގެ ދެ ލީޑަރުން މަރާލީ ކުއްލިއަކަށް ދިން ހަމަލާ ތަކެއްގައި -- އޭއެފްޕީ

ޔަމަނުގެ ހޫޘީންގެ ދެ ލީޑަރަކާ އެކު އެ ޖަމާއަތުގެ 20 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ޔަމަނުގެ ސިފައިން ބުނެފިއެވެ.

ޔަމަނުގެ ސިފައިން ބުނީ ހޫޘީންގެ ދެ ލީޑަރުން މަރާލީ އެ ގައުމުގެ އެންމެ ބޮޑު ސިޓީ، ސާދާގެ ދެކުނުގައި އޮންނަ ބާގިމް ޑިސްޓްރިކްޓްގައި ކަމަށެވެ. އެ ވާހަކަ އެ ސަރަހައްދުގެ ނޫސް އިދާރާތަކުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. އެ މީހުން ބުނާގޮތުން މަރުވެފައިވާ ހޫޘީންގެ ދެ ލީޑަރުންނަކީ ކޮމާންޑަރ އަބްދުﷲ ޔޫސުފް ހުސެއިން ތައުރާއި އަބޫ އަލީ އަލް ނަވާރިއެވެ.

ނޫސް ރިޕޯޓްތައް ބުނާގޮތުން ކޮމާންޑަރ އަބްދުﷲ އަކީ ހޫޘީންގެ އެންމެ އިސް އެކަކު އަދި ސާނާގައި ކުރިއަށްދާ ހަނގުރާމަތަކުގައި އެންމެ އިސް ސަފުގައި އުޅޭ މީހެކެވެ. އޭނާ މަރާލީ ބާގިމް ޑިސްޓްރިކްޓްގެ ދެކުނު ހުޅަނގުގައި ހުންނަ އުދައިދާ ފަރުބަދައިގެ ފަހަތުގައި އުޅެނިކޮށް ކަމަށް އެ ނޫސް ރިޕޯޓްތައް ބުނެއެވެ

ދެވަނައަށް މަރުވި ކޮމާންޑަރ ނަވާރީ އަކީ 'ކޮމާންޑަރެއް'ގެ މަގާމަށް އަލަށް އިސް ކުރެވުނު މީހެއްކަމަށާއި އޭނާއަށް އެ މާގާމުގައި ހޭދަ ކުރެވުނީ އެންމެ 10 ދުވަހު ކަމަށް ވެސް އެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އުދައިދާ ފަރުބަދައިގެ ބިއްދޮށުގައިވާ ހޫޘީންގެ މަންޒިލްތަކަށް ހޯމަ ދުވަހު ޔަމަނުގެ ސިފައިން ހަމަލާދީފައި ވަނީ ކުއްލިއަކަށެވެ. އެ ހަމަލާގައި އެ ހަނގުރާމަވެރިންގެ އަތުގައިވާ ގިނަ ބަރުހަތިޔާރުތައް ވަނީ ހަލާކުކޮށް ނެތިކޮށްލާފައެވެ.

ޔަމަނުގައި 2014 އިން ފެށިގެން ދާހިލީ ހަނގުރާމަ ހިނގަމުންދާއިރު، އެ ހަނގުރާމަ ފެށެން ދިމާވީ ހޫޘީންގެ ޝީއީ ހަނގުރާމަވެރިން ވެރިރަށް ސަންޢާ އަށް އަރައި، ބައިނަލްއަގްވާމީ މުޖުތަމައު އިން ބަލައިގެންފައިވާ ރައީސް އަބްދުއް-ރައްބޫ މަންސޫރު ހާދީގެ ސަރުކާރު ވެރިކަމުން ވައްޓާލުމާ ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް