21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

މީރާ

ސެޕްޓެމްބަރު މަހު މީރާއަށް 1.3 ބިލިއަން ރުފިޔާ ލިބިފައިވޭ

  • ސެޕްޓެމްބަރު މަހު ބަލައިގަތް އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީ
  • ދެވަނަ އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިމު ކުލިން
ސިމާހާ ނަސީމް | sim_kamana

| 10 އޮކްޓޯބަރ 2018 | ބުދަ 18:14 | |

މަގުބޫލް

  1. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  2. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  3. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  4. ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ފޮތެއް ނެރިފައިވާ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި
  5. 11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން: ފެނަކަ
  6. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  7. މާލެ ތެރޭގައި ތެޔޮ ވިއްކުން ހުއްޓުމަކަށް ގެނެސް، ޕެޓްރޯލް ޝެޑްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަނީ
  8. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ


މީރާ ހިންގާ އިމާރާތް -- ފޮޓޯ: މުހައްމަދު ޝަރުހާން

މިއަހަރުގެ ސެޕްޓެމްބަރު މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 1.3 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

އެ އޮތޯރިޓީން ބުނީ މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 25.9 އިންސައްތަ އިތުރު އަދެދެއް ކަމަށެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ މި އަހަރު ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓް، ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީ އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާގެ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ބަލައިގަތް އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީއެވެ. އެއީ 39.9 އިންސައްތަ ނުވަތަ 507.83 މިލިއަން ރުފިޔާއެވެ. ދެވަނަ އެންމެ ބޮޑު އާމްދަނީއެއް ބަލައިގެންފައި ވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. ޓޫރިޒަމް ލޭންޑް ރެންޓަށް މީރާ އިން ވަނީ 326.77 މިލިއަން ރުފިޔާ ބަލައިގެންފައެވެ.

މީގެ އިތުރުން ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި ދައުލަތަށް 82.36 މިލިއަން ރުފިޔާ ލިބިފައިވާއިރު ގްރީން ޓެކްސްގެ ގޮތުގައި 63.12 މިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ. އަދި އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 61.10 މިލިއަން ރުފިޔާ ބަލައިގެންފައިވާއިރު އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި މީރާއަށް ވަނީ 231.18 މިލިއަން ރުފިޔާ ލިބިފައެވެ.

ސެޕްޓެމްބަރު މަހު މީރާ އިން ބަލައިގަތް އާމްދަނީގެ ތެރޭގައި 59.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މި އަހަރުގެ އޮގަސްޓް މަހު މީރާ މެދުވެރިކޮށް ދައުލަތަށް ވަނީ އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އަންދާޒާ ކުރި ވަރަށް ވުރެ ގިނަ އިން އޮގަސްޓް މަހު އާމްދަނީ ލިބުނީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 10 އިންސައްތަ މައްޗަށް ދިއުމާއި ޓެކްސްތަކުގެ ފީތައް އިތުރުވުމާއި، ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރި ތަންތަނުގެ ލީޒް މުއްދަތު އިތުރުކުރުމުގެ ފީ އިން ކަމަށް މީރާ އިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް