21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

ރިޕޯޓް

ބަލިވި މީހުންނަށް ހަޖަމް ނުވެ ޙައްޤުގެ ވާހަކަ އިދިކޮޅަށް ދެއްކީމާ އަންނަނީ ހިނި!

  • އިންތިޚާބާ ބެހޭ ދުސްތޫރީ މައްސަލައެއް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި
  • މިހާރު ކުރާ ތުހުމަތުތަކަކީ ކުރިން އިދިކޮޅު މީހުން ދެއްކި ވާހަކަތަކެއް
  • ވޯޓު ފޮށިދޮށުގައި ޕީޕީއެމްގެ މީހުން ބައިތިއްބައިގެން މުޅި އިންތިޚާބު ކުރިއަށް ގެންދިޔައީ ޕީޕީއެމްގެ ބާރުގައި
އަހުމަދު މުހުސިނު | dhonbandaara

| 10 އޮކްޓޯބަރ 2018 | ބުދަ 17:26 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  3. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  6. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  7. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު
  8. އެލް ޗަޕޯ ގޭންގުގެ ކުރީގެ މެމްބަރެއް މަރުވުން


ރައީސް ޔާމީން ޕީޕީއެމުން ބާއްވާ މުޒާހަރާގައި -- އަވަސް

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ބަލިވީ މާ ބޮޑުތަނުންނެވެ. އިސްއުފުލާލަން ކެރޭ ވަރަށް ވުރެ ވެސް ފަރަގު ބޮޑުކޮށެވެ. ބާތިލް ވޯޓާއި ވޯޓު ނުލާ ތިބި މީހުންގެ ވޯޓު ހިލޭ ދިނަސް ވެސް މޮޅު ނުވާވަރަށެވެ. މައްސަލަ ޖެހުނު ކަމަށް ތުހުމަތުކުރެވޭ ހުރިހާ ފޮއްޓެއްގެ ވޯޓު ދިނަސް މޮޅުވާނެ ހިސާބެއް ނުދެއްކެއެވެ. 

ދެންވާ ގޮތެއް ނެތިގެން ރިޔާސީ އިންތިޚާބުގެ ބޮޑު ބަލި ރައީސް އަބްދުﷲ ޔާމީން ޤަބޫލުފުޅު ކުރެއްވިކަން މީޑިޔާގައި އިއުލާން ކުރެއްވިއެވެ. ނަމަވެސް އެ އަށް ފަހު ދެން ކުރައްވާން ފެއްޓެވި ކަންކަމުން ފެންނާން ފެށީ މުޅިން އެހެން މަންޒަރެކެވެ. ނަތީޖާ ޤަބޫލު ނުކުރާ ކަމަށް ބުނެ ހައެއްކަ މީހުން ލައިގެން ކޮންމެ ރެއަކު ހޯބޯ ލައްވަން ފެށިއެވެ. ތަރުޖަމާނު ގެންދަވަނީ ރެއަކު ބޭޤަރާރެއް ފާސްކުރަމުންނެވެ. އިންތިޚާބުގެ ކުރިން ހުރި ރައީސް ސުލައިމާނު ބޭރުކޮށް އިތުބާރުކޮށްފައި ލީ ޝަރީފަށާއި ކޮމިޝަނަށް ވަގަށް ގޮވަމުންނެވެ. މައިގަނޑު ނަމަކަށް ބޭނުން ތިޔަ ކުރަނީ އޮޅުވާލި ވޯޓެވެ. 96 ހާސް މީހުންގެ ޙައްޤުގެ ވާހަކައެވެ.

ނިކަން ރަނގަޅަށް ތިޔަ ވާހަކަ ދައްކަމާ ހިނގާށެވެ. އިންތިޚާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96 ހާސް ވޯޓެވެ. އެ މީހުންގެ ޙައްޤުގައި އިންތިޚާބު ބާތިލް ކުރަން ތިޔަ ގޮވާއިރު އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް 134 ހާސް މީހުން ވޯޓުލިއެވެ. ތިޔަ ގޮތައް ގޮވާއިރު އެމީހުންގެ ޙައްޤު ކޮބާ ހެއްޔެވެ؟ ގިނައީ ކޮންބައެއް ހެއްޔެވެ؟ ގިނަ ބައެއްގެ ޙައްޤަށް ވުރެ މަދު ބައެއްގެ ޙައްޤުތައް އިސްވާކަމެއް ނުދެނެހުރީމެވެ. އަމްދުން ޑިމޮކްރަސީގެ ހަމަތަކާ ވެސް މުޅިން ހިލާފެވެ. 

ތިޔައުޅެނީ ކޮން ހައްޤެއް ގެއްލިގެން ހެއްޔެވެ؟ އިންތިޚާބަށް ބޯމަތިވެގެން އައިއިރު ކުއްލިއަކަށް ކޮމިޝަންގެ ރައީސް ބަދަލުކޮށްލީ ކިހާ ބަޔަކު އެހެން ނުހަދާށޭ ގޮވަގޮވާ އޮއްވައެވެ. މަޖިލީހުން އެކަން ކުރީ ކަންކުރަން އޮންނަ ގޮތަކަށް ނޫނޭ ބުނެ ކިހާ ބަޔަކު އަޑު އުފުލި ހެއްޔެވެ؟ ތިޔަގޮވަނީ މަށަށް ހެއްޔޭ ވެސް އެދުވަހު އަހައެއް ނުލައެވެ. ޖެހީ އިސްދަށަށެވެ. އެހެން ގޮވި މީހުންގެ ހައްގު ކޮބައި ހެއްޔެވެ؟

ވޯޓު ލިސްޓުގައި ފޮޓޯ ޖަހަން އޮތް އޮތުން ބާތިލްކުރީ އެތައް ބަޔަކު އެކަން ނުކުރަން ގޮވަގޮވާ އޮއްވައެވެ. ބައެއްގެ ޙައްޤަށް ނުބަލާ އެކަން ބާތިލްކުރީ ޕީޕީއެމް މެޖޯރިޓީންނެވެ.

ރީރަޖިސްޓްރޭޝަނަށް ހުޅުވާލީމާ ދެމަފިރިން އެ އުޅުއްވި "އައްޗި ގޮތް" މިއަދު ދައްކާކަށް ނެތީމެވެ. އިތުރަށް ފަޟީޙަތް ކުރަން ބޭނުން ނުވާތީއެވެ. އޮފީސްތަކުގައި ޖެހި ސަކަރާތާއި ކުންފުނިތަކުން ހުށަހެޅި ބޮޑެތި އިނާމާއި އަމިއްލަ ޖަގަހައަށް ވައްދަމުން ދިޔަ ފޯމުތަކުގެ ވާހަކަ ބާއްވާށެވެ. ފަހު ވަގުތު އިލެކްޝަނަށް ވެއްދި ފޯމުތަކާއި އިލެކްޝަންގެ ސަރވާއާ ކުޅެން އުޅުނު ގޮތުގެ ވާހަކަ އޭރު ވެސް އިދިކޮޅު މީހުން ދެއްކިއެވެ. ބާރު ހުރީތީ ކަހާތަން ހިރުވައެއް ވެސް ނުލައެވެ. އެ ވާހަކަ ދެއްކި މީހުންގެ ހައްގު ކޮބައި ހެއްޔެވެ؟

ވޯޓުފޮށި ދޮށަށް މުޅިން އަލަށް ބަޔަކު ނެގި ވާހަކައާ ޒަމާނުންސުރެ އިންތިޚާބުތަކުގައި އުޅުނު މީހުން އެކަމަށް ލީ ފޯމުތައް ވީތަނެއް ނޭނގުނު ވާހަކަ އޭރު ވެސް ހައްޤުގެ ގޮތުގައި އެތައް ބަޔަކު ދެއްކިއެވެ. ޕާޓީ އޮފީހުން ނަންފޮނުވުމުން ފޮށިދޮށަށް އިލެކްޝަނުން ކަނޑައަލާފައި ތިބި ކަމަށް ބުނާ މީހުން ތަމްރީނަށް ޕީޕީއެމްގެ ޖަގަހަތަކުގަ އާއި ކެމްޕޭން ހަރަކާތްތަކުގައި ގެންގުޅުނު ވާހަކަ އާއި ސައިޒް ދައްކާލަން އެވެރިން މާލެ ގެނައިކަން އެހެރީ މިއަދުވެސް ފޮޓޯތަކާއި ވީޑިއޯތަކުން ފެންނާށެވެ. ގޯސްވީ އެ ދުވަހު އެވާހަކަ ދެއްކި މީހުންނެވެ. އެ ވާހަކަ ދެއްކި މީހުންގެ ހައްގު ކޮބައި ހެއްޔެވެ؟

ނޮވެލްޓީން ޗާޕްނުކޮށް އެމްސެވަންއިން އެކަން ކުރާ ކަމަށާއި ޕްރިންޓްގެ އަގު ބޮޑު ވާހަކަ އިދިކޮޅު މީހުން އޭރު ދެއްކީމާ އަޅާނުލާފައި މިއަދު ބަލިވުމުން ހަމަ އެ އެވާހަކަ ދެއްކީމާ އަންނަނީ އަމަށަކު ހިންޏެއް ނޫނެވެ. ޖަހާ ފާހަގަ އިދިކޮޅަށް ބަދަލުވެގެންދާ ކަމުގެ ޝައްކުތަކެއް ކުރީމާ ހީނހީނފައި އެ ދުވަހު ޖެހީ އަތެއް ނޫންތޯއެވެ. އިދިކޮޅު މީހުން ދެއްކީ ދުނިޔޭގައި ނުވެސް އުފައްދާ ކެމިކަލެއްގެ ވާހަކަ ކަމާއި އެއީ މުއިޖިޒާތަކުން ނޫނީ ނުވާނެ ކަމެއް ކަމަށް ބުނީ ވެސް ހަމަ މިއަދު ހައްގު ގެއްލިގެން ކަމަށް ބުނެ މަގު މައްޗަށް އެއްވާ ވިއްސަކަށް ތިރީހަކަށް މީހުން ނޫން ހެއްޔެވެ؟ އޭރު ތިޔަ ބުނާ ހައްގު ކޮބައި ހެއްޔެވެ؟

ސޮއިކުރި ލިސްޓް ފޮށިދޮށުގައި ނޯންނަ ވާހަކަޔާއި ލިސްޓާ މެދު ޔަޤީން ކަމެއް ނެތް ވާހަކަ ދެއްކީމާ ދެމުންދިޔަ އިންޒާރުތަކުން ތިޔަ ހަނދާން ނެތުނީ މާ އަވަހަށެވެ. ވޯޓް ގާތްވީވީހެން ރައީސް ޔާމީނަށް ތާއީދުކުރާ މީހުންނާއި ސަރުކާރާއި ޕާޓީގެ ބޮޑުން ބުނަމުންދިޔަ ވާހަކަ ހަނދާން އެބަހުރި ހެއްޔެވެ؟ އޭރު ބުނަމުން ދިޔައީ ވޯޓުން ރައީސް ޔާމީނަށް މޮޅު ނުވެވުނަސް އިންތިޚާބު ކާމިޔާބު ކުރާނީ ރައީސް ޔާމީން ކަމަށެވެ. މިއީ ދެއްކި ވާހަކައެކެވެ. ބާރުލާފައި ބުނަމުންދިޔަ ވާހަކައެކެވެ. ދެމުންދިޔަ އިންޒާރެކެވެ. އަދި އެއަށް ބާރުދޭ އެހެން ވާހަކައެއް ވެސް އޭރު ކިޔެވެ. ވޯޓުލާ ދުވަހުގެ މެންދުރެއްހާއިރަށް ދާންވާއިރަށް އުފާވެރި ޚަބަރެއް ލިބޭނެ ކަމަށް ޕާޓީ ކުދިންކޮޅު ގާތު ބުނަމުންދިޔަ ވާހަކައެވެ. މަޖިލީހުގެ ބައެއް މެންބަރުން އެވާހަކަ ދެއްކެވި މައްޒަރުތައް އަދި ވެސް އެހުރީ ސޯޝަލް މީޑިއާގައި ފެންނާންށެވެ.

އެ ހުރިޔާ ޝަކުވާތަކާއި މައްސަލަތައް ހުއްޓާ ވެސް ރައްޔިތުން ބުނަމުން ދިޔައީ އެންމެ ވާހަކައެކެވެ. ވޯޓު ކަރުދާސްކޮޅު އަތަށް ދިނުމަށެވެ. އިސާހިތަކު ރައްޔިތުން ނުކުމެ ގޮތް ނިންމައިފިއެވެ. ވޯޓުން އެ މީހުންގެ ބަސް ބުނެފިއެވެ. އެއްލައްކަ ތިރީސް ހަތަރު ހާހަށް ވުރެ ގިނަ މީހުން އެ މީހުންގެ ޙައްޤު ބޭނުންކޮށްގެން ރައީސް ޔާމީނަށް ނޫނެކޭ ބުނެފިއެވެ. ބޯ ނުހިކޭ ވަރަށް ބަލިވީމާ ދެން ކޮން ޙައްޤެއްގެ ވާހަކައެއްތޯ އެވެ. ވޯޓުން މޮޅު ނުވެވުނަސް ހުވާ ކުރައްވާނީ ރައީސް ޔާމީނޭ ބުނެ 134 ހާސް މީހުންގެ ޙައްޤު ނިގުޅައިގަނެ އެންމެ މީހެއްގެ ނުވަތަ 96 ހާސް މީހުންނަށްޓަކައި ދެން ކޮން ސަކަރާތެއް ޖަހާކަށް ހެއްޔެވެ؟ ހައްޤުގެ ވާހަކަ ތިޔަ ދައްކަނީ އަދި ރަނގަޅަކަށް ނޫނެވެ. ތިޔަ ވާހަކަ ތިގޮތަށް ދެއްކީމާ އިތުރަށް ފަޟީޙަތްވެ އިތުރަށް ރައްޔިތުން ރުޅިއައުން ނޫން ގޮތެއް ނޯންނާނެއެވެ. ޙައްޤު ހޯދަން ގިނަ މީހުން ނުކުމެ އިންސާފް ހޯދަން އުޅުނަ ނުދީ ތިޔަ ކުޅިގަނޑު އަވަހަށް ހުއްޓާލާށެވެ. ޑިމޮކްރަސީގެ މާނައަކީ ތިޔަ ބުނާ ގޮތަށް ދެ ދައުރު ދިނުމެއް ނޫނެވެ. ޑިމޮކްރަސީގެ މާނައަކީ ގިނަ ބަޔަކު ނިންމާ ގޮތަކަށް އިހްތިރާމްކުރުމެވެ. އަދި އެއްވެސް ބޮޑު ތަފާތަކުން ބަލިވީމައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Moya

1 މަސްކުރި

Keehvebaa gasim miadhu retweet kuri khabaru mi newsga nethy. Koalition roolhen maagina dhuvaheh nei. Mihaaru efennany kolhumathi. Athah govaathan dhen fennaany

0
0