22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

މާދަރީ ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ 'ދިވެހި ބަސް'

  • މިފަދަ ދަރިވަރުންގެ ކިބައިން ނޭދެވޭ، ވިޔާނުދާ ކަންކަން ފެނުން މަދުކަމަށް ތަޖުރިބާއިން ހޯދިފައިވާ ކަމުގައި ވެއެވެ.
  • މިފަދައިން ދިމާވުމުގައި ބެލެނިވެރިންނާއި، ސްކޫލު ވެސް ބަރާބަރަށް ޒިންމާވާން ޖެހެއެވެ.
އަހްމަދުﷲ ޖަމީލް | adjameel

| 10 އޮކްޓޯބަރ 2018 | ބުދަ 17:03 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


އަމީނިްޔާ ސްކޫލުގެ ދަރިވަރުން: މާދަރީ ބަހުން ފަށާތަޢުލީމު ދެވިފައިވާ ދަރިވަރުންގެ ކިބައިގައި ޤައުމިއްޔަތާއި، ޘަޤާފަތާއި، ވަޙުދަތު އަށަގެންނެވޭ. -- ފޮޓޯ: މުހައްމަދު ޝަރުހާން

(06 އޮކްޓޯބަރ 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ)

މިގޮތަށް މާދަރީބަހުން ކިޔަވައިދިނުމުން ދަރިވަރުންނަށް ލިބޭ ފައިދާ އަކީ ހަމައެކަނި ތަޢުލީމީ ޙަޔާތް ބާއްޖަވެރިވުމެއް އެކަންޏެއް ނޫނެވެ. ދިރިއުޅުމުގެ އެހެނިހެން ކަންތައްތައް ވެސް ތަރައްޤީވުމެވެ. ހަމަ އެފަދައިން ޤައުމީ މަޞްލަޙަތު ވެސް މިކަމުގައި އެކުލެވިގެން ވެއެވެ. އެހެނީ މާދަރީ ބަހުން ފަށާތަޢުލީމު ދެވިފައިވާ ދަރިވަރުންގެ ކިބައިގައި ޤައުމިއްޔަތާއި، ޘަޤާފަތާއި، ވަޙުދަތު އަށަގެންނެވޭކަމަށާއި، އެބައިމީހުންގެ ކިބައިން ނޭދެވޭ، ވިޔާނުދާ ކަންކަން ފެނުން މަދުކަމަށް ތަޖުރިބާއިން ހޯދިފައިވާ ކަމުގައި ވެއެވެ. މިހެންކަމުން ދިވެހިރާއްޖޭގެ ޘަޤާފަތާއި ވަޙުދަތަށް ފޯރާފައިވާ ނުރަނގަޅު އަސަރަކީ ފަށާތަޢުލީމު މާދަރީބަހުން ނުދެވޭތީ ކުރިމަތި ވެފައިވާ ކަމެއްކަމުގައި މިހާރު ދުނިޔޭގައި ހޯދިފައިވާ ތަޖުރިބަގެ އަލީގައި ދެންނެވުމުގެ ފުރުސަތު އެބައޮތެވެ. މިހެންކަމުން ދިވެހިރާއްޖޭގެ ޘަޤާފަތާއި، ޤައުމީ އެއްބައި ވަންތަކަމާއި، އަމިއްލަވަންތަ ކަން ދެމެހެއްޓުމަށްޓަކައި އިބްތިދާއީ މަރުޙަލާގައި ތަޢުލީމު ދިނުމުގައި މާދަރީ ބަހުން ކިޔަވައި ދިނުމަށް ބާރުއަޅައި އިނގިރޭސި ބަހުން ކިޔަވައިދިނުން ހުއްޓާލަން އެބަޖެހެއެވެ.

ޢިލްމީ ދިރާސާތަކުން ދައްކާގޮތުގައި ފަށާ ތަޢުލީމު މާދަރީ ބަހުން ނުދެވޭ ނަމަ އޭގެ ނުބައި އަސަރު އެކިކަންކަމުން އެކުދިންނަށް ކުރެއެވެ. މިފަދައިން ދިމާވުމުގައި ބެލެނިވެރިންނާއި، ސްކޫލު ވެސް ބަރާބަރަށް ޒިންމާވާން ޖެހެއެވެ. ބަސްބަހުގެ ޢިލްމުވެރިއެއް ކަމުގައިވާ އެނާ ޕައުލާ ވިދާޅުވެފައިވެއެވެ. "އަހަންނާ ދިމާވާ ގިނަ ބެލެނިވެރިން، އެބައި މީހުންގެ ދަރިންނާ މާދަރީބަހުން ވާހަކަދެއްކުން ހުއްޓާލިކަން އެއީ، އަހަރެންނަށް ކުއްލި ޙައިރާންކަމެއް ލިބުނު ކަމެކެވެ. އެމީހުން އެގޮތަށް އެ ކަންކުރަނީ އެ މީހުންގެ ދަރިންނަށް ސްކޫލުގައި ކިޔަވައިދެނީ މާދަރީބަސް ނޫން އެހެން ބަހަކުން ކަމުގައިވާތީއެވެ. ސްކޫލްގައި ކިޔަވައިދޭ ބަހަށް މޮޅުވުމަށް އެޅިދާނެ ހުރަހަކަށް އެކަން ވާނެކަމަށް ހީކޮށެވެ. އެކުދިންނާ ސްކޫލްގައި ކިޔަވައިދޭ ބަހާ ތަފާތު ބަހަކުން ވާހަކަ ދައްކާނަމަ އިޖްތިމާޢީ ގޮތުންނާއި ތަޢުލީމީގޮތުން ނުރަނގަޅު އަސަރުކުރާނެ ކަމަށް ކޮންމެވެސް ބަޔަކު އެބައިމީހުންނަށް ވިސްނައިދީފައި ވާތީއެވެ."

މާދަރީބަހުން ދަރިންނާ ވާހަކަ ދައްކަން ބޭނުން ނުވާ މައިންބަފައިން ދުވަހުން ދުވަހަށް ގިނަވަމުން ދާކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންނަމަ ވެސް މިއީ ރަނގަޅުކަމެއް ނޫންކަމަށް އެނާ ޕައުލާ (2013) ލިޔުއްވައެވެ. އޭނާ ވިދާޅުވާ ގޮތުގައި ކުދިންނަށް އެންމެ ރަނގަޅަށް ދޭހެވާނީ މާދަރީ ބަހުންނެވެ. އަދި އެންމެ ނުފޫޒު ގަދަވެފައި، އެންމެ ރަނގަޅަށް ފަހުމްވެ، އެންމެ ބޮޑަށް އަސަރުކުރުވަނީ މާދަރީ ބަހުން ހުށަހަޅައި ދިނުމުން ކަމުގައެވެ. މިހެންވުމުން ބޭރު ބަސް ބަސް ދަންނަ މައިންބަފައިންނަށް ވެސް އެމީހުން ދަންނަ ބަސްބަހުގެ ބަސްކޮށާރުގެ މުއްސަނދިކަމާއި ބަސްބަހުގެ ޤަވާޢިދުތަކާއި އެބަހަކުން މުޢާމަލާތުކުރުމުގެ ފަސޭހަކަން އަބަދު ވެސް އޮންނާނީ އަލަށް ދަސްކުރެވުނު ބަސްބަހަކު ނޫނެވެ. ހަމަޔަޤީނުން ވެސް މާދަރީ ބަހުގައެވެ. ވުމާއެކު ބޭރުބަހަކުން ދީފައިވާ ފިލާވަޅެއް ނަމަވެސް މާދަރީބަހުން ބުނެދިނުމުން ފަހުމްވާލެއް އަވަސްވެފައި ފައިދާބޮޑުވާނެއެވެ. އަދި ސުވާލުތައް ދޭހަ ކޮށްދިނުމަށާއި ލަފާދިނުމުގައި މާދަރީބަސް ބޭނުންކުރުން ފައިދާބޮޑެވެ. ޢިބާރާތްތަކާއި އޭގެ މާނައާމެދު މާދަރީބަހުން މަޝްވަރާކުރުމުން އޭގެ ފައިދާ ބޮޑެވެ.

މިހެންވުމުން ދަރިވަރުންނަށް ދޭހަވާ އެއްޗަކާއި، ވިސްނައި ގަނެވޭ އެއްޗަކާއި، ދެނަގަނެވޭ އެއްޗަކާއި، އެކަމެއް ތަޙުލީލުކުރެވޭ އެއްޗަކާއި، މިފަދަކަންކަން އޭގެ އެންމެ މަތީފެންވަރުގައި ތަރައްޤީކުރެވޭނީ މަދަރީބަސް ބޭނުންކޮށްގެން ކުރެވޭ މުޢާމަލާތުތަކުގައެވެ. މާދަރީބަހުން ހުށަހަޅައި ދިނުމުންނެވެ. އެހެނީ އިބްތިދާއީ ތަޢުލީމުގެ މަރުޙާލާއަކީ ފަހުމްވުމާއި، ދެނަގަތުމާއި، ތަޖްރިބާކުރުމާއި، ތަޙުލީލުކުރުމުގެ މަރުޙަލާކަމުގައި ޢިލްމުވެރިން ވިދާޅުވާތީއެވެ. މި މަރުޙަލާގައި މާދަރީބަހުން ކިޔަވައި ނުދިނުމުގެ ސަބަބުން ތަޢުލީމީ މައްސަލައިގެ އިތުރުން މައިވަންތަކަމާއި، ބަފައިވަންތަކަމުގެ ގުޅުމަށް ވެސް ނުރަނގަޅު އަސަރުކުރެއެވެ. އެއީ ދަރިންނާއި، މައިންބަފައިންނާއި، ޢާއިލާއާ އެކު އޮންނަ ގުޅުމަށް ކުރާ ނޭދެވޭ އަސަރެވެ. މައިންބަފައިންނަށް އެހާ ރަނގަޅަށް ނޭނގޭ ބަހަކުން އިބްތިދާއީ ތަޢުލީމު ދިނުމުން އެކުދިންނަށް ޓިއުޝަންދިނުމަށް މައިންބަފައިންނަށް މަޖުބޫރުވެއެވެ. އަދި ޓިއުޝަނަށް ފޮނުވައެވެ. މިހެންވުމުން މާލީގޮތުން ނުރަނގަޅު އަސަރު ޢާއިލާއަށް ފޯރައެވެ. އަދި މައިންބަފައިންނާއި އެކުގައި ހޭދަކުރަން ލިބޭ ވަގުތު މަދުވެގެން ދެއެވެ. މައިންބަފައިންނާއި ޢާއިލާގެ އެހެން މެންމަރުންނާ އެކު އޮންނަ ގުޅުމަށް ހީނަރުކަން އާދެއެވެ. އަދި ޓިއުޝަނަށް ދާމަގުމަތީގައި ނުވަތަ ޓިއުޝަން ގުރޫޕުން ގޮތް ނޭނގޭ ހިލޭ ބަޔަކާ ގާތް ގުޅުން އުފެދޭގޮތް ވެއެވެ. އޭގެތެރޭގައި ރަނގަޅު ބަޔަކުވެސް ތިބެދާނެއެވެ. ނަމަވެސް ގިނަފަހަރަށް ހިނގާ މަގުމަތިންނާއި، ގުރޫޕުގެ ތެރެއިން އެފަދަ ކުދިން ލަންބުވަނީ ވިޔާނުދާ ކުދިން ނުވަތަ ހަމައިން ނެއްޓިފައިވާ ގުރޫޕުތަކުންނެވެ.  މިހެންވުމުން މައިންބަފައިންނާއި ކުދިންނާ އޮންނަންޖެހޭ ގުޅުން ހީނަރުވެ ނުވަތަ ގުޅުން ކެނޑިގެންދާ ކަމުގައި ޑރ. ޙަސަން ޙަމީދު (2002) ހާމަކުރައްވައެވެ. މިހެން ދިމާވުމުން ޤައުމަށް ނުރަނގަޅު ބުރަބޮޑުވާނޭ ދަރިއަކު އުފެދުނީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް