24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ހޭންޑްބޯލް

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

  • މުބާރާތުގައި ފިރިހެން 10 ޓީމާއި އަންހެން 4 ޓީމު ވާދަކުރޭ
  • މުބާރާތުގައި މިރޭވެސް ދެ މެޗެއް ކުޅޭނެ
ނާފިއު ރަޝީދު | NaphiuR

| 3 ފެބުރުވަރީ 2017 | ހުކުރު 00:33 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


އޮފީސް ހޭންޑްބޯޅަ މުބާރާތުގައި ޕޮލިހާއި މޯލްޑިވް ގޭސް ބައްދަލުކުރި މެޗުގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

މިހާރު ކުރިއަށްދާ ދެވަނަ އޮފީސް ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުތައް ޕޮލިސް ކްލަބާއި ފިނޭންސް މިނިސްޓްރީން ކާމިޔާބުކޮށްފި އެވެ.

މާފަންނު ސްޓޭޑިއަމްގެ ވެލި ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ފިރިހެން ޑިވިޝަނުގެ ޕޮލިސް ކްލަބާއި މޯލްޑިވްސް ގޭހެވެ. މި މެޗު ފޯރިގަދަ ކުޅުމަކަށްފަހު 30 ލަނޑު 20 ލަނޑުން ކާމިޔާބުކުރީ ޕޮލިސް ކްލަބެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކްލަބުގެ އިސްމާއިލް އަހުމަދެވެ.

ޖުމްލަ 14 އޮފީހަކުން 10 އަންހެން ޓީމާއި 4 ފިރިހެން ޓީމު ވާދަކުރާ މި މުބާރާތުގައި މިއަދު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ އަންހެން ޑިވިޝަނުގެ ފިނޭންސް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އެވެ. މި މެޗު ވާދަވެރި ކުޅުމަކަށްފަހު 8 ލަނޑު 6 ލަނޑުން ކާމިޔާބުކުރީ ފިނޭންސް މިނިސްޓްރީ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފިނޭންސްގެ މަލްހާ އާދަމެވެ.

މި މުބާރާތުގައި އޮފީސްތަކަށް ކުޅޭވޭނީ ހޭންޑްބޯލް މޯލްޑިވްސް އިން އެންމެ ފަހުން ސެލެކްޝަން ހަދާފައިވާ ގައުމީ ޓީމުގެ ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިއަކަށެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމުތަކަކީ ޕޮލިސް ކްލަބު، އެމްޕީއެލް، ސްޓެލްކޯ އަދި ޓޫރިޒަމް މިނިސްޓްރީ އެވެ. މީގެ އިތުރުން މުބާރާތުގައި ވާދަކުރާ އަންހެން ޓީމުތަކަކީ އައިޖީއެމްއެޗް، އިމިގްރޭޝަން، ޕޮލިސް ކްލަބު، ޓޫރިޒަމް މިނިސްޓްރީ، ކަސްޓަމްސް، ވިލާ، އެޑިއުކޭޝަން، ޔޫތު މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި އެސްޓީއޯ އެވެ.

މި މުބާރާތުގެ މިދިޔަ އަހަރުގެ އަންހެން ޗެމްޕިއަންކަން ހޯދީ ކްލަބު އިމިގްރޭޝަނެވެ. އަދި ފިރިހެން ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް