16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

މަގޭ ރިޕޯޓް

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ނިމުނުއިރު މުޅި ގައުމުގެ ކޭޝް ފްލޯ ރަނގަޅު ކުރަންޖެހިފަ!

 • ރައްޔިތުން ނިކުމެ ވޯޓުލައި ބޮޑުތަނުން ސަރުކާރުން ފެއިލް ވެފައިވާ ކަމަށް ބުނުމުން ވެސް، ފިތުނަ ފަސާދަ އުފައްދަން ސަރުކާރުން މަސައްކަތް ކުރަނީ
 • އެޗްޑީސީއާއި ސަރުކާރު ކުންފުނިތަކުން ޕީޕީއެމަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވޭ
 • ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފައި
މުހައްމަދު ފަޒީން | phaxyn

| 10 އޮކްޓޯބަރ 2018 | ބުދަ 12:33 | |

މަގުބޫލް

 1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
 2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
 3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
 4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
 5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
 6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
 7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
 8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގާ -- އާކައިވް

ރައީސް އަބްދުﷲ ޔާމީންއަކީ އިގްތިސާދީ މާހިރެކޭ ބުނާތީ އަޑުއިވެ އެވެ. އެހެން އެންމެގިނައިން ވިދާޅުވަމުން ގެންދެވީ އެމަނިކުފާނުގެ އަރިހުގައި އުޅުއްވާ ނިހާނުމެން މިނިސްޓަރު މުއިއްޒުމެން ފަދަ ބޭބޭފުޅުންނެވެ.

އެވިދާޅުވާ އިގްތިސާދީ މާހިރުގެ ފަސް އަހަރުގެ ވެރިކަން ނިމުނުއިރު، ރައީސް ޔާމީނަކީ އިގްތިސާދީ މާހިރެއް ކަމަށް ގަބޫލު ކުރެވޭ ކަމެއް ރާއްޖެއިން ފެންނާކަށް ނެތެވެ. އެހެނެއް ނޫނެވެ. އިގްތިސާދީ ފޮނި ބައިސާ ކެނޑުމުގައި އެވަރެއް ނެތެވެ. އިގްތިސާދީ މޮޅެތި ބަސްތައް ވިދާޅުވަމުން ގޮސް ތިމާއަށް ތިމާ އޮޅޭ ހިސާބަށް ކަންތައް ދިޔައެވެ. އިގްތިސާދު ކުރުމަކީ ވައްކަން ކުރުން ކަމަށް ދޭހަވާ ކިތަންމެ ކަމެއް ކުރައްވައިފި އެވެ. ވެރިކަމުގެ ފަސް އަހަރު ނިމުނުއިރު، ބޮޑުތަނުން ދައުލަތް ދަރަނިވެރިކޮށް، ދައުލަތުގެ ފައިސާއިން ބޮޑުތަނުން ހިޔާނާތްވި ސަރުކާރެއް މިނޫނިއްޔާ ނުފެނެ އެވެ.

އެވަރުން ނިމުނީކީ ނޫނެވެ. އަންނަ އޮތް ފަސް އަހަރު، ވެރިކަމަށް ވަޑައިގެންނެވުމަށް ކެމްޕެއިން ކުރެއްވި ކުރެއްވީނުން، މުޅި ދައުލަތުގެ ކޭޝް ފްލޯ ކައި ހުސްކޮށްލައިފި އެވެ. ދައުލަތުގެ ކޭޝް ފްލޯ ރަނގަޅު ކުރުމުގައި އަވަދި ނެތި އުޅުއްވަނީ މުއިއްޒުއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަކީ މުއިއްޒުއާ ވާ ބެހޭ ވެސް ކުންފުންޏެއް ނޫނެވެ. އަމިއްލައަށް ދައުވާ ކުރުމާއި ދައުވާ ލިބިގަތުގެ ގާނޫނީ ބާރު އޮތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކޭޝް ފްލޯ ރަނގަޅު ކުރަން މުއިއްޒުތީ ކޮން ބޭފުޅެއްތޯ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑަށް ދެކެވެމުންދިޔަ ވާހަކައަކީ ވައްކަމުގެ ވާހަކަ އެވެ. ދައުލަތުގެ ފައިސާއަށް ވާނުވާ ނޭނގޭގޮތަށް ކައި ހުސްކޮށްލަމުންދާ ވާހަކައެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް އުޅުއްވި ދުވަސްވަރު، ކެމްޕެއިންގެ ތެރޭގައިވެސް އެންމެ ބޮޑަށް އަޑު ފެތުރިފައިވަނީ ދައުލަތުގެ ތިޖޫރީ ނުހުންނާނެ ކަމުގެ ވާހަކަތަކެވެ.

ކަމަކުދާކަށް ނެތެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ނިމި، ކުރިއަށް އޮތް ފަސް އަހަރަށް ވެރިކަމަށް ވަޑައިގެންނެވުމަށް ހިންގެވި ކެމްޕެއިން ނިމުނުއިރު، ބޮޑުތަނުން ދައުލަތް ދަރުވާލީ އެކަންޏެއް ނޫނެވެ. އިންތިހާބީ ރައީސާއި ވެރިކަމަށް ހަވާލު ކުރަން މިއޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި މިނިސްޓަރުންނަށް ޖެހިފައިމިވަނީ ވޭތުވެދިޔަ ފަސް އަހަރު ކުރެވިފައިވާ ވައްކަމާއި ހިޔާނާތް ފޮރުވާށެވެ. ދައުލަތުގެ ކޭޝް ފްލޯ ރަނގަޅު ކުރާށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ ކުންފުނިތައް ވަރަށް ބޮޑަށް ބޭނުން ކުރަމުންދިޔަ އެވެ. ހާއްސަކޮށް، ރައީސް ޔާމީންގެ ކެމްޕެއިންނަށް ސަރުކާރުގެ ކުންފުނިތަކުން ދިޔައީ އެއެއްމިޔެއް ނުބަލާ ޚަރަދު ކުރަމުންނެވެ. އެގޮތުން އެޗްޑީސީއަކީ އޭގެ ތެރެއިން އެއް ކުންފުންޏެވެ. އެކުންފުނީގެ ބެލުމުގެ ދަށުން ހިންގާ ހުޅުމާލެ އަކީ ރައީސް ޔާމީންގެ ކެމްޕެއިންގައި އެންމެ ނުފޫޒު ފޯރުވަމުންދިޔަ މާލެސިޓީގެ އަވަށެކެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު، ހައުސިން މިނިސްޓްރީން ވަނީ އެޗްޑީސީގެ ކޭޝްފްލޯ ހުސްވެފައިވާކަން ކަށަވަރު ކޮށްދީފައެވެ. މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅާވާ ގޮތުންނަމަ ހުޅުމާލެއިން ގޯތި ވިއްކުމުގެ ބޭނުމަކީ އެޗްޑީސީގެ ކޭޝްފްލޯ ހުސްވެފައި ވާތީ އެޗްޑީސީއަށް ބަޖެޓް ހޯދުމެވެ. ހަމަ އެގޮތަށް ރައީސް އޮފީހުގައި އެކުލަވާލެވިފައިވާ އެކޮނޮމިކް ކޮމިޓީންވެސް ނިންމާފައި ވަނީ އެޗްޑީސީއަށް ދިމާވެފައިވާ ފައިސާ ދަތިކަން ހައްލު ކުރުމަށް ގޯތި ވިއްކުމަށެވެ.

އެވާހަތަކަށް ބަލާއިރު ކަންބޮޑުވާންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. ކުއްލިއަށް އެޗްޑީސީން ފައިސާ ހުސްވެ، ކުންފުންޏަށް މާލީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހުނީ ކީއްވެތޯ ބަލަންޖެހެ އެވެ. މިހާރުން މިހާރަށް އެޗްޑީސީގެ އޮޑިޓެއް ހަދަންޖެހޭ ކަމަށް ގަބޫލު ކުރަމެވެ. މީހަކު ނުބުންޏަށް ދައުލަތުގެ މާލީ އިދާރާތަކުން ހާއްސަކޮށް، އޮޑިޓް އޮފީހުން އެޗްޑީސީއަށް ދިމާވެފައިވާ ފައިނޭޝަލް ކްރައިސަސް ބަލަންޖެހެ އެވެ. އޮޑިޓް ކުރަންޖެހެ އެވެ.

އެނގޭ އެއްޗަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެޗްޑީސީގެ ބޭނުން ފިސާރި ރަނގަޅަށް ސަރުކާރުން ހިފާފައިވާ ކަމެވެ. އެޗްޑީސީއިން ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެ އޮފީހުގެ ފައިސާއާއި ތަކެތި ބޭނުންކޮށްގެން ކެމްޕޭން ކުރި ކަމުގެ ޝަކުވާ ގިނަ ބަޔަކު ދިޔައީ ކުރަމުންނެވެ.

އެޗްޑީސީގެ ކޭޝްފްލޯ ހުސްވެއްޖެ ކަމަށް ބުނުމާއެކު ބައެއް މީހުން ބުނަމުން ދިޔައީ ހުޅުމާލޭގައި ހުރި ޕީޕީއެމް ހަރުގޭތަކުގެ ކުރަމުންދިޔަ ކެމްޕޭނުގައި ކެއުމުގެ ކަންކަންމަށް އެކަނިވެސް އެޗްޑީސީން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރި ކަމަށެވެ.

މީގެއިތުރުން، ކެމްޕެއިންގެ ދުވަސްވަރު މުޅި ހުޅުމާލެއަށް ބަލާލިއަސް ޕީޕީއެމްގެ ކެމްޕެއިނަށް ބޭނުންކޮށްފައިވާ ތަކެތި ފިޔަވާ އިތުރު އެއްޗެއް ނުފެނެ އެވެ. ހުޅުމާލޭގައި ޕީޕީއެމުން ކެމްޕެއިން ކުރުމުގެ ހުރިހާ ޚަރަދު ކޮށްފައިވަނީ އެޗްޑީސީން ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގީ ކުލަ ޖައްސާ ދިނީ ހައުންސިންގ މިނިސްޓަރު އެވެ. އޮޅިގެންވިޔަސް ދެބަންދިހާރަ ވިޔަސް މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވަނީ ހުޅުމާލެއިން ނުއަގުގައި ގޯތި ވިއްކަން ނިންމާފައިވަނީ އެޗްޑީސީގެ ކޭޝް ފްލޯ ރަނގަޅު ކުރުމަށް ކަމަށެވެ.

ޕީޕީއެމްގެ ކެމްޕެއިންނަށް އެޗްޑީސީން ބޮޑެތި ޚަރަދުތަކެއް ކުރި ވާހަތަކާއި، ހައުންސިން މިނިސްޓަރު އެ ވިދާޅުވި ވާހަކަތަކާއި ގުޅިގެން އެޗްޑީސީ ބަހެއް ނުބުނެ އޮތުމަކީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ އަމަލުތަކަށް ބަލާނަމަ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ސަރުކާރުގެ ކޮންމެ ކުންފުންޏެއްގެ ހާލަތަކީ ވެސް އެއީ އެވެ.

އެޗްޑީސީގެ ކޭޝް ފްލޯ ރަނގަޅު ކުރަންޖެހިފައިވާއިރު، އެހެން ކުންފުނިތަކުގެ ހާލަތު އަދި މާބޮޑުތަނުން ގޯސްވާނެ ކަމަށް ބެލެވެއެވެ. އެގޮތުން އައިލެންޑް އޭވިއޭޝަންގެ ބޯޓުތަކުން ކުރި ދަތުރުތަކާއި އެމްޕީއެލާއި އެސްޓީއޯ އަދި ފެނަކަ ކޯޕަރޭޝަން ފަދަ ކުންފުނިތަކުން ކުރި ޚަރަދު ރަގަނޅަށް ބަލާލައިފިއްޔާ މުއިއްޒު އެވިދާޅުވާ ކޭޝް ފްލޯ ރަނގަޅު ކުރަން ނުޖެހޭ ކުންފުންޏެއް ނޯންނާނެ އެވެ. މުޅި ހުޅުމާލެއިން ނެގެން އޮތް ގޯއްޗެއް ނަގައި، ނުއަގުގައި ވިއްކައިގެންވިޔަސް ތިޔަ ކުންފުނިތަކުގެ ކޭޝް ފްލޯ ރަނގަޅު ކުރެވިދާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. ސަރުކާރުންގެ ކޮރަޕްޝާނާއި ހިޔާނާތުގެ މައްސަލަތައް އޮތީ ތިޔަހެނެއް ނޫނެވެ.

ބުނެލަން އޮތީ، ދެން ކޮންމެހެން ކޭޝް ފްލޯ ރަނގަޅު ކުރަންކަމަށްބުނެ، ހުޅުމާލެއިން ގޯތި ދޫކުރުމުގެ ބަދަލުގައި ތުހުމަތު ކުރެވޭ މައްސަލަތަކަށް ޖަވާބުދާރީވުމަށް ތައްޔާރު ވުމަށެވެ. ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނުމުން، ދެން ނިކުމެ، ރައްޔިތުންގެ މެދުގައި އިތުރަށް ފިތުނަފަސާދަ އުފައްދަން ނޫޅޭށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް